އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ގޫގުލް އިން ތަސްވީރު އުފައްދަނީ

އަޙްމަދު ދާއޫދު 02 ޖޫން 2022

ތަސްވީރުތައް އުފައްދާ އާރޓިފިޝަލް އިންޓެލިޖެންސް ސިސްޓަމެއް ގޫގުލް އިން ތައާރަފްކޮށްފިއެވެ.

ގޫގުލް އިން ތައާރަފްކުރީ "އިމޭޖަން" ކިޔާ ޑިސްކްރިޕްޝަނަކުން ތަސްވީރުތައް އުފައްދާ ނިއުރަލް ނެޓްވޯކެކެވެ. ގޫގުލްގެ މި އޭއައި ސިސްޓަމްގެ ސަބަބުން "ކުރިން ނުފެންނަ މިންވަރަކަށް ފޮޓޯރިއަލިޒަމް" ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ޑޯލް-އީ އަކީ ޑިސްކްރިޕްޝަނެއް ބޭނުންކޮށްގެން ރިއަލިސްޓިކް އިމޭޖްތަކާއި އާޓް އުފެއްދުމަށް ގޫގުލްއިން މީގެ ކުރިން އުފައްދާފައިވާ އޯޕަން އޭއައި ސިސްޓަމެކެވެ. މީގެ މާގިނަ ދުވަހެއް ނުވެ، އެ ޓީމުން މިވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ނުވަތަ ހަގީގީ ދިރިއުޅުމުގައި ނުފެންނަ ކޮންސެޕްޓްތަކާއި އެޓްރިބިއުޓްތަކާއި ސްޓައިލްތައް އުފެއްދުމުގެ ގާބިލްކަން ހުރި އަދި ކުރިއެރުންތަކުގެ ސަބަބުން އަޖައިބުވާފަދަ އަޕްޑޭޓް ވަރޝަނެއް ކަމަށްވާ ޑަލް-އީ 2 ނެރެފައެވެ. މި އާ ވާޝަން އިން ލިޔެލާ ކެޕްޝަނަކުން މިހާރު ހުރި ތަސްވީރުތަކަށް ރިއަލިސްޓިކް އެޑިޓްތައް ހެދިދާނެއެވެ.

ގޫގުލް އިން އިމޭޖަން ކިޔާ ޑިސްކްރިޕްޝަނަކުން ތަސްވީރުތައް އުފައްދާ އަމިއްލަ ނިއުރަލް ނެޓްވޯކެއް ތައާރަފްކޮށްފާވާއިރު، މި ޓޫލް އުފެއްދީ ގޫގުލް އޭއައިގެ ޑީޕް ލާނިން އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ޓީމެއް ކަމަށްވާ ގޫގުލް ބްރޭން އިންނެވެ.

ޑިވެލޮޕަރުން ބުނާ ގޮތުގައި އާ އޭއައި ސިސްޓަމަކީ "ކުރިން ނުފެންނަ މިންވަރަކަށް ފޮޓޯރިއަލިޒަމް އާއި ވިސްނުމުގެ ގާބިލްކަން ލިބިފައިވާ ސިސްޓަމެކެވެ.

ނިއުރަލް ނެޓްވޯކުން ބޮޑެތި ޓްރާންސްފޯމަރ ލޭންގުއޭޖް މޮޑެލްތައް ބޭނުންކޮށްގެން ޓެކްސްޓް ދެނެގަނެ، ލިބޭ ޑޭޓާއަށް ބަލައިގެން 64x64 ޕިކްސެލްގެ އިމޭޖް އުފައްދައެވެ. އަދި މި ސިސްޓަމަކީ އިތުރަށް ޓެކްސްޓް ކޮންޑިޝަނަލް ސުޕަރ ރިޒޮލިއުޝަން ޑިފިއުޝަން މޮޑެލްތައް ބޭނުންކޮށްގެން 256x256 އަށް އަދި 1024x1024 ޕިކްސެލް އަށް ރިޒޮލިއުޝަން އިތުރުކޮށް، ތަސްވީރަށް އިތުރު ތަފްސީލުތައް އިތުރުކޮށްދޭ އެއްޗެކެވެ.

އެ ކުންފުނިން ވަނީ އިމޭޖަން، ޑަލް-އީ 2، ވީކިޔު-ގޭން+ކްލިޕް، އަދި ލެޓެންޓް ޑިފިއުޝަން މޮޑެލްސް އިން އުފައްދާފައިވާ ތަސްވީރުތައް އަޅާކިޔުމަށް ޓެސްޓަރުންގެ ގްރޫޕަކަށް ދައުވަތު ދީފަ އެވެ.

މި ތަޖުރިބާއިން ދައްކާ ގޮތުގައި މީހުން އެންމެ ގިނައިން އިސްކަންދެނީ ގޫގުލް ނިއުރަލް ނެޓްވޯކުން އުފައްދާ ތަސްވީރުތަކަށްކަމަށް ވަނީ އެނގިފައެވެ. ސަބަބަކަށް ވެފައިވަނީ އެ ސިސްޓަމުން އުފެދޭ ތަސްވީރުގެ ޙަޤީޤީ ސިފަތަކާއި، ފެންވަރުގެ ގޮތުންނާއި ތަސްވީރު-ޓެކްސްޓް އެލައިންމަންޓްގެ ގޮތުން މޮޅުވުން ކަމުގައި ބެލެވެއެވެ.

ގޫގުލްގެ މި އައު އުފެއްދުމާއެކު އެ ކުންފުނިން ހުށަހެޅި އިމޭޖަންގެ ވެބްސައިޓުގައި ލިމިޓެޑް ޓެކް ޑެމޯއެއްގައި ނިއުރަލް ނެޓްވޯކް ޓްރައިކޮށްލެވެއެވެ. ނަމަވެސް މިހާތަނަށް ޔޫޒަރުންނަށް އަމިއްލައަށް ސުވާލުތައް އެންޓަރ ނުކުރެވޭނެ ކަމަށާއި އެކަމަކު ހުށަހަޅާފައިވާ ލަފުޒުތަކުގެ ތެރެއިން ހޮވާލެވޭ ވަކި ބަސްތަކަކަށް ސިސްޓަމް ވޯކް ކުރާނެ ކަމަށް ގޫގުލްއިން ވަނީ ބުނެފައެވެ.

އިމޭޖަން އެންމެ ފުރިހަމައަށް ބޭނުން ކުރެވޭވަރު ވާނީ ކޮންއިރަކުންކަމެއް ގޫގުލް އިން ހާމަކޮށްފައެއް ނުވެ އެވެ. މި މަޝްރޫއު އަދި އޮތީ ތަޖުރިބާގެ މަރުހަލާގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.