މާލީ އެކްސްޗޭންޖްތައް ކްލައުޑް ކޮމްޕިއުޓިންއާއި ދިމާލަށް

ޝުޖާޢަތު ރަޝީދު 11 ޖޫން 2022

ދުނިޔޭގެ އެންމެ ބޮޑެތި މާލީ އެކްސްޗޭންޖްތަކުގެ ތެރެއިން ގިނަ އެކްސްޗޭންޖްތަކަކީ ކްލައުޑް ކޮމްޕިއުޓިން ޓެކްނޮލޮޖީތައް އެޑޮޕްޓްކޮށްގެން ދުނިޔޭގެ ކެޕިޓަލް މާކެޓްތައް ހިންގާ ގޮތް ބަދަލުކުރަމުން އަންނަ އެކްސްޗޭންޖްތަކެކެވެ.

ނޮވެމްބަރު މަހު ފައިނޭންޝަލް ޑެރިވޭޓިވްސް އެކްސްޗޭންޖް ސީ.އެމް.އީ ގްރޫޕުން ގޫގުލްއާއެކު 10 އަހަރުގެ ޕާޓްނާޝިޕެއް ހަދައި، ސީއެމްއީގެ އައިޓީ އިންފްރާސްޓްރަކްޗާ އާއި މާކެޓުތައް ކްލައުޑަށް ބަދަލުކުރާނެ ކަމަށް ބުނެފައިވެއެވެ.

ސީ.އެމް.އީން ހާމަކުރަނީ މީގެ ސަބަބުން އެމީހުންނަށް އައު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް އަވަހަށް އުފެއްދުމަށް މަގުފަހި ވެގެންދާނެއެވެ.

އޭގެ ހަފްތާއެއް ފަހުން، ނެސްޑަކް އެމޭޒަން ވެބް ސާވިސްއިން އިއުލާން ކުރީ މިފަދަ ގުޅުމެކެވެ.

ގިނަ އަހަރުދުވަހުގެ ޕާޓްނަރޝިޕެއްގެ ދަށުން އޭ.ޑަބްލިއު.އެސްއިން ނެސްޑަކް އާއި ގުޅިގެން މަސައްކަތް ކުރާނީ ފަހުގެ އުތުރު އެމެރިކާގައި އުފެދިފައިވާ މާކެޓްތައް ކްލައުޑް ކޮމްޕިއުޓިންގ މާހައުލަކަށް ބަދަލުކުރުމަށެވެ.

ޓްރެޑިޝަނަލް އިންސްޓިޓިއުޓްތަކުން ހާއްސަކޮށް ފައިނޭންޝަލް އެކްސްޗޭންޖްތަކުން ކްލައުޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާއަށް އެމީހުންގެ ނަޒަރު ބަދަލުކޮށްފައިވެއެވެ.

މާކެޓް އަށް ވަދެވޭ މީހުން ގިނަ ކުރުމަށާއި އޮޕަރޭޝަންތައް ފަސޭހަކުރުމަށް ކްލައުޑް ކޮމްޕިއުޓިން މާހައުލަކަށް ބަދަލުވާން ބޭނުންވާ ކަމަށް އޭޑްރިއަން ޕޫލޭ، ގޫގަލް ކްލައުޑް ޔޫކޭގެ ފައިނޭންޝަލް ހެޑް ބުނެފައިވެއެވެ.

މީގެ އިތުރަށް އޭނާ ބުނެފައިވަނީ ކްލައުޑް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ލަނޑުދަޑިތައް ހާސިލްކޮށް ވިޔަފާރި ފުޅާ ކުރުމަށް އެހީ ވެދޭނެ ކަމަށެވެ.

ނަމަވެސް ކްލައުޑް ކޮމްޕިއުޓިންއާއި ދިމާލަށް މިސްރާބު ޖަހަނީ ހަމަ އެކަނި އިންފްރާސްޓްރަކްޗާ ހަމަޔަކަށް އެޅުމަކަށް ނޫން ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ކްލައުޑް ކޮމްޕިއުޓިންގެ ސަބަބު ސެކިއުރިޓީއާއި ޕްރައިވެސީ ވަރުގަދަވެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކަށް ފަސޭހަ ވެގެންދާނެއެވެ. މީގެ އެންމެ ބޮޑު އެއް ފައިދާ އަކީ ސައިބާ ކްރިމިނަލުންގެ ކިބައިން ސަލާމަތް ވާން މަގު ފަހިވުމެވެ.

ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އެމީހުންގެ ޓެކްނިކަލް އިންފްރާސްޓްރަކްޗާ ކްލައުޑަށް ބަދަލު ކުރާނަމަ އެމޭޒަން، ގޫގަލް، ނުވަތަ މައިކްރޮސޮފްޓުގެ ގަވާއިދުތަކަށް ބަލައި މި ކުންފުނިތަކުގެ ރެގިއުލޭޝަނާއި އެއް ގޮތައް ކަންތައްތައް ބައްޓަން ކުރަންވާނެއެވެ.

ޕޫލޭ އޭނާގެ ވާހަކަތަކުގައި އިތުރަށް ބުނެފައިވަނީ "ޚިދުމަތް ލިބެން ހުރުމާއި، ސެކިއުރިޓީ އަކީ އެންމެ ބޮޑު އަހަންމިއްޔަތު ދޭންޖެހޭ ކަންތައް ކަމަށްވާތީ، މާލީ އެކްސްޗޭންޖަށް ސަމާލުވާން އެބަޖެހޭ، އެއް ކްލައުޑް ސާވިސް ޕްރޮވައިޑަރެއްގައި ހުރުމުން ޚިދުމަތް މެދުކެނޑުމުގެ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަންވެސް ދެނެގަންނަން އެބަޖެހޭ" ކަމަށެވެ.

ކްލައުޑް ކޮމްޕިއުޓިން ދާއިރާގެ މާހިރުން ހާމަ ކުރާގޮތުގައި އެންމެ ފަހުގެ ވަރުގަދަ އޭއައި ޓޫލްތަކަކީ މާލީ މުއައްސަސާތަކަށް އެހީވާނެ ޓެކްނޮލޮޖީތަކެވެ. އެއީ ރިއަލްޓައިމް އެނެލައިސިސް ހަދައި ޓްރޭޑިންގެ ހައިލައިޓްތައް ދައްކައި ދިމާވެދާނެ މައްސަލަތައް ކުރީބައިގައި ދެއްކުމުން މައްސަލަތައް މަދު ކުރުމަށް މާލީ މުއައްސަސާތަކަށް ފަސޭހަ ވާނެތީވެއެވެ.

ކްރިސް ވެސްޓަން، އައި.ޑީ.ސީގެ އެޑްވައިސަރީ އެނެލިސްޓެއް ބުނާ ގޮތުގައި އޭ.އައި އާއި ކުއަންޓަމް ކޮމްޕިއުޓިން "ކުރިއަށް އޮތް ފަސް އަހަރާއި ދިހަ އަހަރު ތެރޭގައި އެކި ޖަމާޢަތްތަކުގެ ޓެކްނޮލޮޖީ ރޯޑް މެޕްތަކުގައި ހިމެނިގެން ދާނެކަން ޔަޤީން" އެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.