އިންޓަނެޓް އެކްސްޕްލޯރާގެ މަގްބަރާއެއް ވައިރަލް ވެއްޖެ

އަޙްމަދު ދާއޫދު 17 ޖޫން 2022

ދެކުނު ކޮރެއާގެ ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ޖަންގް ކީ ޔަންގް ތައްޔާރުކުރި މޮޑެލް "އިންޓަނެޓް އެކްސްޕްލޯރަރގެ މަގްބަރާ" އެއް ދެކުނު ކޮރެއާގައި ވައިރަލްވެއްޖެ އެވެ.

މަކްރޯސޮފްޓްގެ ދުވަސްވީ ސަރޗް އިންޖީން އިންޓަނެޓް އެކްސްޕްލޯރަރގެ ހަނދާނުގައި 430،000 ވޮން (330 ޑޮލަރު) ހޭދަކޮށްގެން އެކްސްޕްލޯރަރުގެ "އީ" ލޯގޯ އާއި އިނގިރޭސި އެޕިޓޭފް ޖަހާފައިވާ ހެޑްސްޓޯން ޑިޒައިން ކޮށްފައިވާއިރު މަހާނަ ގަލުގައި "އެއީ އެހެން ބްރައުޒާތައް ޑައުންލޯޑް ކުރުމަށް ރަނގަޅު ވަސީލަތެކެވެ." މިހެން ލިޔެފައި ވެއެވެ.

ދެކުނު ކޮރެއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ގިއޮންޖޫގައި ހުންނަ އޭނާގެ ބޭބެ ހިންގާ ކެފޭއެއްގައި ތައްޔާރުކުރި މި ހަނދާނީ ބިނާ ދައްކާލުމަށް ފަހު، މަހާނަގަލުގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އެ ފޮޓޯ މިހާރުވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

މައިކްރޮސޮފްޓުން ވަނީ 27 އަހަރު ދުވަހުގެ މުއްދަތަކަށް ފަހު އެކުންފުނީގެ އެންމެ ޒަމާންވީ ސަރޗް އިންޖީނަށް ސަޕޯޓްދިން މިންވަރު ބުދަ ދުވަހު ކުޑަކޮށް، އެ ކުންފުނީގެ އަވަސް ބްރައުޒާ މައިކްރޮސޮފްޓް އެޖަށް ފޯކަސްކޮށްފަ އެވެ.

ޖަންގް ބުނީ މި ހަނދާނީ ބިނާއިން ދައްކުވައިދެނީ އޭނާގެ މަސައްކަތުގެ ދިރިއުޅުމުގައި އެހާ ބޮޑު ދައުރެއް އަދާކޮށްފައިވާ ދުވަސްވީ ސޮފްޓްވެއާއާ މެދު އުފެދިފައިވާ އޭނާގެ އިހުސާސްތައް ކަމަށެވެ.

"އެއީ ފުއްޕާމޭގައި ރިއްސާ ކަމެއް، އެކަމަކު އަހަރެން ކިޔާނީ ލޯތްބާއި ނަފްރަތުގެ ގުޅުމެއް ކަމަށް، ސަބަބަކީ އެކްސްޕްލޯރަރ އެއް ޒަމާނެއްގައި މުޅިދުނިޔޭގައި ވެރިކަން ކުރީތީ،" ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ވެބްސައިޓްތަކާއި އޮންލައިން އެޕްތައް އެކްސްޕްލޯރަރ އާއި އެކު މަސައްކަތް ކުރުމަށް އެހެން ބްރައުޒާތަކަށް ވުރެ ގިނަ ވަގުތު ނަގާ ކަމަށް އޭނާއަށް ފެނުނު ކަމަށެވެ.

ދެކުނު ކޮރެއާގެ ސޮފްޓްވެއާ އިންޖިނިއަރ ޖަންގް ކީ-ޔަންގް ގާއިމްކުރި އިންޓަނެޓް އެކްސްޕްލޯރަރ ބްރައުޒާގެ ޓޮމްބްސްޓޯން، ދެކުނު ކޮރެއާގެ ގިއޮންގްޖޫގައި ހުންނަ ކެފޭއެއްގެ ފުރާޅެއްގައި ހުރި ފޮޓޯއެއް، ޖޫން 17، 2022. ފޮޓޯ- ރޮއިޓާސް

މައިކްރޯސޮފްޓުން އެކްސްޕްލޯރަރ ހުއްޓާލިނަމަވެސް ދެކުނު ކޮރެއާގެ ސަރުކާރުގެ އޮފީސްތަކާއި ގިނަ ބޭންކުތަކުގައި އަހަރުތަކެއް ވަންދެން ޑިފޯލްޓް ބްރައުޒާއެއްގެ ގޮތުގައި ދެމިއޮތް އެކްސްޕްލޯރަރުގައި އެމީހުންގެ ވެބްސައިޓްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ދަނީ ބަލަމުންނެވެ. އޭގެ މާނައަކީ އެމީހުން އަދިވެސް އެ ބްރައުޒާ ދޫކޮށްނުލައި ބޭނުން ކުރުމުގެ ޚިޔާލު ގެންގުޅޭ ކަމެވެ.

1995 ވަނަ އަހަރު ތައާރަފްކުރި އެކްސްޕްލޯރަރަކީ އެތައް ބިލިއަން ކޮމްޕިއުޓަރެއްގައި ޕްރީ އިންސްޓޯލްގެ ގޮތުގައި މައިކްރޮސޮފްޓްގެ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމާ ބަންޑްލް ކޮށްފައިވާ ބްރައުޒާއެކެވެ. އެ ބްރައުޒާ ވެގެން ދިޔައީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބްރައުޒާއަށެވެ.

އެކަމަކު 2000 ގެ އަހަރުތަކުގެ ފަހުކޮޅު ގޫގަލްގެ ކްރޯމް ތަޢާރަފްވެ އިންޓަނެޓް މީމްތަކުގެ މައުޟޫއަކަށް އެކަން ވެގެން ދިޔައިރު ބައެއް ޑިވެލޮޕަރުން ބުނީ ވާދަވެރިންނާ އަޅާބަލާއިރު އެކްސްޕްލޯރަރ މާބޮޑަށްވެސް ސްލޯ ކަމަށެވެ.

ޖަންގް ބުނީ އޭނާ ތައްޔާރުކުރި މަޤްބަރާއަކީ މީހުން ހެއްވާލުމުގެ ނިޔަތުގައި ކުރިކަމެއްކަމަށެވެ. ނަމަވެސް އެ ސަމާސާ އޮންލައިން، މިހާބޮޑަށް ވައިރަލްވެގެން ދިއުމުން ހައިރާންވާ ކަމަށެވެ.

"އެއީ އަހަރެން އެކްސްޕްލޯރއަށް ޝުކުރު އަދާކުރަން ޖެހޭ އަނެއް ސަބަބު، އެއީ މިހާރު އަހަންނަށް ދުނިޔޭގެ ފެންވަރުގެ ޖޯކެއް ހެދުމުގެ ފުރުސަތު ލިބިއްޖެ،" އޭނާ ބުންޏެވެ.

"އަހަރެން ހިތާމަކުރަން އެ ބްރައުޒަރ ނެތިގެން ދިޔައީމަ، އެކަމަކު އެކަން ގެއްލިގެން ނުދާނެ. އެހެންވީމަ އޭގެ ރިޓަޔާމަންޓަކީ، އަހަންނަށްޓަކައި، ރަނގަޅު މަރެއް." އޭނާ އިތުރަށް ހާމަކުރިއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.