ސައޫދީން "ސްމާޓް ޕިލްގްރިމް" އެޕެއް ތައާރަފްކުރަނީ

އަޙްމަދު ދާއޫދު 20 ޖޫން 2022

ސައޫދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓްރީގެ ހިދުމަތުގައި ޓެކްނޮލޮޖީ އިތުރަށް ފުޅާ ކުރުމަށް މަގު ފަހިކުރުމުގެ ގޮތުން "ސްމާޓް ޕިލްގްރިމް" އެޕެއް މި އަހަރު ތައާރަފުކުރާނެކަން ހާމަކޮށްފިއެވެ.

މި އެޕްގެ ސަބަބުން ހައްޖުވެރިންނަށް އެމީހުންގެ ހިދުމަތްދޭ ފަރާތްތަކާ މުއާމަލާތްކޮށް، ގަވާއިދާ ހިލާފުވާ އެއްވެސް ކަމެއްއުޅޭނަމަ މިނިސްޓްރީއަށް ރިޕޯޓް ކުރެވޭނެ ކަމަށާއި، ހައްޖުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާ މެދުވެސް ލަސްނުކޮށް ނުވަތަ ލަދުވެތިކަމެއް ނެތި އެ ވާހަކަތަކާއި ޝަކުވާތައް މި އެޕް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.

ހައްޖު އެންޑް އުމްރާ ސާވިސަސް މިނިސްޓްރީގެ އެސިސްޓެންޓް އަންޑަސެކްރެޓަރީ ހިޝާމް ސައީދު ވިދާޅުވީ ކުރިއަށް އޮތް ހައްޖު ސީޒަނުގައި ހައްޖުވެރިންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އަސާސީ ތިން އެޕް ތައާރަފް ކުރުމުގެ އިތުރުން ހައްޖު ސްމާޓް ކާޑުގެ ހިދުމަތްވެސް ފުޅާކުރާނެ ކަމަށެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނުކަން ވެސް ކުރައްވާ ސައީދު ލޯކަލް ޓީވީ ޗެނަލަކަށް ވިދާޅުވީ އެ ކުންފުނީގެ ޓެކްނިކަލް ޕްލޭންތަކުގެ ސަބަބުން މިއަހަރުގެ ހައްޖުވެރިންގެ ތަޖުރިބާ އިތުރުވާނެ ކަމަށެވެ.

“ހައްޖު އަދި އުމްރާ މިނިސްޓްރީގައި ކޯލް ސެންޓަރެއް ހުރެގެން ހައްޖުވެރިންގެ ސުވާލުތަކާއި، ޝަކުވާތަކާއި، ހުށަހެޅުންތައް 24 ގަޑިއިރު ލިބޭނެ. މީގެ އިތުރުން ހައްޖުވެރިއަކަށް ގިނަ ހިދުމަތްތަކެއް ލިބޭ ސްމާޓް ޕިލްގްރިމް އެޕް އޭނާގެ ސްމާޓްފޯނަށް ޑައުންލޯޑްކޮށް އެމީހުންގެ ހައްޖުގެ ހިދުމަތްދޭ ފަރާތާ ޗެޓްކޮށް އެއްވެސް ގަވާއިދާ ހިލާފު ކަމެއް އުޅޭނަމަ ރިޕޯޓް ކުރެވޭނެ ނުވަތަ ޝަކުވާ ހުށަހެޅޭނެ،” އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަގުތުން މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އޮޓޮމެޓިކުން މިނިސްޓްރީގައި ހުންނަ އޮޕަރޭޝަން ސެންޓަރަށް ޝަކުވާ ފޮނުވުމުން ވަގުތުން ޓީމަކުން ގަވާއިދާ ހިލާފުވި ތަނަށް ގޮސް އިސްލާހީ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ހައްޖާއި އުމްރާއާއި ވިޒިޓް ސިސްޓަމްގެ ޑިޖިޓަލް ޓްރާންސްފޯމަޝަނަށް ފޯކަސްކޮށްގެން މިދިޔަ މަހު މަދީނާގައި ބޭއްވި 21 ވަނަ ސައިންޓިފިކް ފޯރަމް ފޯ ހައްޖު، އުމްރާ، ވިޒިޓް ރިސާޗް އިފްތިތާހު ކުރުމަށް ފަހު އެވެ.

މި ފޯރަމްގައި މައިގަނޑު ތިން މައްސަލައެއް ދިރާސާކޮށްފައިވެ އެވެ. ހައްޖާއި އުމްރާ ނިޒާމުގައި ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ވެރިކަމާއި، ހައްޖުވެރިންނާއި މާތް ދެ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ޑިޖިޓަލް ޓްރާންސްފޯމަޝަނަށް އަމަލުކުރުމާއި، ހިދުމަތްތަކަށް އެހީތެރިވުމަށް ނިންމުންތައް ނިންމުމުގެ ޕްރޮސެސްތައް ތަރައްގީ ކުރުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.