އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް 'ހަރމިޓް ސްޕައިވެއާ' އިންފެކްޓް ކުރާނެ ކަމުގެ އިންޒާރު ގޫގުލް އިން ދީފި އެވެ.
ވިޔަފާރި ސްޕައިވެއާ ވިއްކާ ފަރާތްތަކުގެ ހަރަކާތްތައް ޓްރެކް ކުރުމަށް ގޫގަލް އިން ކުރާ މަސައްކަތުގެ ތެރެއިން އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސްޕައިވެއާ ކެމްޕޭންތައް ހިންގާ ގޮތުގެ ރިޕޯޓެއް ބުރާސްފަތި ދުވަހު އެ ކުންފުނީގެ ތްރެޓް އެނަލިސިސް ގްރޫޕް (ޓެގް) އިން ވަނީ އާންމުކޮށްފަ އެވެ.
ގޫގުލް ޓެގްގެ ދިރާސާވެރިން ކަމަށްވާ ބެނޮއިޓް ސެވަންސް އާއި ކްލެމެންޓް ލެސިގްނޭ "ހަރމިޓް" ގެ ނަމުން ނަންދީފައިވާ ސްޕައިވެއާ އެއް ދައުރުވަމުން ދިއުމާ ބެހޭ ގޮތުން ވަނީ މަޢުލޫމާތު ދީފަ އެވެ. މި ތަޖުރިބާކާރު ސްޕައިވޭއާ ޓޫލްގެ ސަބަބުން ހަމަލާދޭ ފަރާތްތަކަށް ޑޭޓާ ވަގަށް ނަގައި، ޕްރައިވެޓް މެސެޖުތައް ވަގަށް ނެގުމުގެ އިތުރުން ފޯނުގެ ވެރިފަރާތުގެ ހުއްދަނެތި ކޯލްވެސް ކުރެވޭނެ އެވެ.
ޓެގްގެ ދިރާސާވެރިން އެމީހުންގެ ރިޕޯޓުގައި ހަރމިޓް ނިސްބަތްކޮށްފައިވަނީ އިޓަލީގައި ހުންނަ ވިޔަފާރި ސްޕައިވެއާ ވެންޑަރެއް ކަމަށްވާ އާރުސީއެސް ލެބްސް އަށެވެ.
ހަރމިޓްގެ ސަބަބުން ފާހަގަކޮށްލެވޭ އެތައް ނުރައްކަލެއް ކުރިމަތިވެއެވެ. މޮޑިއުލަރިޓީގެ ސަބަބުން ހަރމިޓަކީ ފުދޭވަރަކަށް ކަސްޓަމައިޒް ކުރެވޭ އެއްޗަކަށް ވާތީ، ސްޕައިވެއާގެ ފަންކްޝަންތަކަށް އޭގެ ބޭނުންކުރާ މީހާގެ އިހުތިޔާރަށް ބަދަލު ގެނެވޭނެ އެވެ. ޓާގެޓެއްގެ ފޯނުގައި ފުރިހަމައަށް ބެހެއްޓިއްޖެނަމަ، ހަމަލާދޭ މީހުންނަށް ކޯލް ލޮގް، ކޮންޓެކްޓް، ފޮޓޯ، ސީދާ ލޮކޭޝަން، އަދި އެސްއެމްއެސް މެސެޖުތައް ފަދަ ނާޒުކު މައުލޫމާތުތައް ހޯދައިލެވޭނެ އެވެ.
ސެވަންސް އާއި ލެސިންގެ ރިޕޯޓުގައި ތަފްސީލުކޮށްފައިވަނީ ހަމަލާދޭ ފަރާތްތަކަށް އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވެސް ހުޝިޔާރު ޓްރިކްތަކާއި ޑްރައިވް ބައި އެޓޭކްތައް ބޭނުންކޮށްގެން ވަދެވޭނެ ގޮތްތަކެވެ.
މި ސްކޭމްގެ ޕޮޓެންޝަލް ޓާގެޓްތަކަށް ޓެކްސްޓް މެދުވެރިކޮށް ގޯސް ލިންކެއް ފޮނުވުމުގެ ކުރިން އެމީހުންގެ އައިއެސްޕީ ކެރިއަރ މެދުވެރިކޮށް އެމީހުންގެ ޑޭޓާ ޑިސެބިލްކޮށް، އެމީހުންނަށް މައްސަލަ ‘ހައްލު’ ކުރެވޭނެއެވެ. އެކަން ނުކުރެވިއްޖެނަމަ ޓާގެޓްތަކަށް އޮޅުވާލައިގެން މެސެޖިން އެޕްލިކޭޝަންތަކެއްގެ ގޮތުގައި ހެދިފައިވާ ގޯސް އެޕްތައް ޑައުންލޯޑް ކުރެވޭނެ އެވެ.
ހަމަ މިދިޔަ ހަފްތާގައި ސައިބަރ ސެކިއުރިޓީ ކުންފުނި ލޫކައުޓް އިން ރިޕޯޓްކޮށްފައިވަނީ ކަޒަކިސްތާނާއި ސީރިއާ އަދި އިޓަލީގެ ސަރުކާރުތަކުގައި މަސައްކަތްކުރާ އޭޖެންޓުން ހެރމިޓް ބޭނުންކުރާ ކަމަށެވެ. ގޫގުލް އިން މިހާރުވެސް މި ގައުމުތަކުގައި ޝިކާރައަކަށް ވެފައިވާ މީހުން ދެނެގަނެ، ޓެގް އިން ދަނީ ސަރުކާރުގެ ތާއީދު ލިބޭ ފަރާތްތަކަށް އެކްސްޕްލޮއިޓް ނުވަތަ ސަރވޭލަންސް ކެޕޭސިޓީ ވިއްކާ ތަފާތު ފެންވަރުގެ ސޮފިސްޓިކޭޝަން އަދި ޕަބްލިކް އެކްސްޕޯޝަރ ތަކެއް ހުރި 30 އަށް ވުރެ ގިނަ ވެންޑަރުން ފަރުވާތެރި ކަމާއެކު ޓްރެކް ކުރަމުން ކަމަށް ގޫގުލް އިން ބުނެއެވެ.
މިލާނުގައި ހުންނަ އެ ކުންފުނިން ބުނަނީ "ދުނިޔޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވިހި އަހަރަށް ވުރެ ގިނަ ދުވަހު ގާނޫނީ ގޮތުން އިންޓަސެޕްޝަންގެ ދާއިރާއިން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހައްލުތަކާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ" ކަމަށެވެ. ޔޫރަޕްގައި އެކަނިވެސް ދުވާލަކު 10،000 އަށް ވުރެ ގިނަ އިންޓަސެޕްޓް ޓާގެޓްތައް ބެލެހެއްޓޭނެ ކަމަށް ބެލެވެ އެވެ.
ދަ ހެކަރ ނިއުސް އިން ކޮމެންޓަށް ގުޅުމުން އާރުސީއެސް ލެބްސް އިން ބުނީ "ކޯ ބިޒްނަސް އަކީ ގާނޫނީ ގޮތުން އިންޓަސެޕްޝަން، ފޮރެންސިކް އިންޓެލިޖެންސް، އަދި ޑޭޓާ އެނަލިސިސް އަށް ޚާއްސަ ސޮފްޓްވެއާ ޕްލެޓްފޯމްތައް ޑިޒައިންކޮށް، އުފެއްދުމާއި، ތަންފީޒުކުރުން" ކަމަށާއި އެއީ "ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހުއްޓުވުމަށާއި ތަހުގީގު ކުރުމަށް އެހީތެރިވެދޭ ކަމެއް" ކަމަށެވެ.
އަދިވެސް ސްޓޭޓް ސަރުކާރުގެ އެޖެންޓުން ސްޕައިވެއާ ބޭނުން ކުރަމުންދާ ޚަބަރަކީ ކަންބޮޑުވާ ޚަބަރެކެވެ. އިންޓަނެޓްގެ ސަލާމަތަށް ކުރާ އިތުބާރު ގެއްލިގެން ދިއުމާއި އެކު ސަރުކާރަކުން ދައުލަތުގެ ދުޝްމަނެއްގެ ގޮތުގައި ދެކޭ ކޮންމެ މީހެއްގެ ފުރާނަ ވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލަ އެވެ.
"ވިޔަފާރި ސަރވޭލަންސް އިންޑަސްޓްރީގެ ގެއްލުން ހުރި ކަންކަމާ ކުރިމަތިލުމަށް ބޭނުންވާނީ ތެރެޓް އިންޓެލިޖެންސް ޓީމުތަކާއި ނެޓްވޯކް ޑިފެންޑަރުންނާއި އެކަޑަމިކް ރިސާޗަރުންނާއި ސަރުކާރުތަކާއި ޓެކްނޮލޮޖީ ޕްލެޓްފޯމްތަކުގެ މެދުގައި އެއްބާރުލުން ދިނުން ހިމެނޭ ވަރުގަދަ، ފުރިހަމަ ގޮތެއް،" ގޫގަލް ޓެގްގެ ދިރާސާވެރިން ލިޔެފައިވެ އެވެ. "އަޅުގަނޑުމެން އިންތިޒާރު ކުރަނީ މި ޖާގަގައި އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ޔޫޒަރުންގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް." ގޫގަލްގެ ޓެގް ރިޕޯޓްގައި އިތުރަށް ބުނެފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.