މައިކްރޮސޮފްޓުން އެ ކުންފުނީގެ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އިން، އިމޯޝަން ރިކޮގްނިޝަންގެ ބައެއް ފީޗާސް ވަރަށް އަވަހަށް ނައްތާލާނެކަމަށް ބުނެފިއެވެ.
މައިކްރޮސޮފްޓުން މިދިޔަ ހަފްތާގައި ޖަޒުބާތާ ގުޅޭ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގެ ބައެއް ފީޗާސްތައް ނައްތާލާނެކަން އިއުލާންކުރިއިރު، އެ ކުންފުނީގެ ޒިންމާދާރު އާޓިފިޝަލް އިންޓެލިޖެންސް މަސައްކަތުގެ ވެރިޔާ ވަނީ އެކަމާއި ގުޅިގެން ވަރުގަދަ އިންޒާރެއް ދީފަ އެވެ.
"ކުންފުނީގެ އެތެރެއާއި ބޭރުގެ ތަޖުރިބާކާރުން ވަނީ 'ޖަޒުބާތުތައް' ގެ މާނަކުރުމާ މެދު ސައިންޓިފިކް އިއްތިފާގެއް ނެތުމާއި، ޔޫސް ކޭސްތަކާއި ސަރަހައްދުތަކާއި ޑިމޮގްރަފިކްސް ހުރަސްކޮށް އިންފެރެންސްތައް ޖެނެރަލައިޒް ކުރުމުގައި ހުރި ގޮންޖެހުންތަކާއި، މި ބާވަތުގެ ގާބިލްކަމުގެ ވަށައިގެންވާ ޕްރައިވެސީ ކަންބޮޑުވުންތައް ބޮޑުކަން ފާހަގަކޮށްފައި،" މައިކްރޮސޮފްޓްގެ ޗީފް ރެސްޕޮންސިބަލް އޭއައި އޮފިސަރު ނަތާޝާ ކްރެމްޕްޓަން ލިޔެފައިވާ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.
މައިކްރޮސޮފްޓުން ކުރިއަށް ގެންދިޔަ "ރެސްޕޮންސިބަލް އޭއައި ސްޓޭންޑަޑް" ގެ އިސްނެގުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި އިއުލާން ކުރުމުން އެކަން ވެގެން ދިޔައީ ކުންފުންޏަކުން ފޯކަސް ކުރެވިފައިވާ ނިސްބަތުން ކުޑަ ޓެކްނޮލޮޖީއެއް ކަމަށްވާ އިމޯޝަން ރިކޮގްނިޝަން އޭއައި އާއި ދުރަށް ދިއުމުގެ އެންމެ މަތީ ފެންވަރުގެ މިސާލަށެވެ. އެކަމާގުޅިގެން އެކިއެކި ފާޑުކިޔުން ތައް އެކުންފުންޏަށް ވަނީ އަމާޒުވެފައިވެއެވެ.
އިމޯޝަން ރިކޮގްނިޝަން ޓެކްނޮލޮޖީ އާންމުކޮށް ބަރޯސާވެފައިވަނީ ޖަޒުބާތީ ހާލަތު އޮޓޮމެޓިކުން ދެނެގަތުމުގެ މަސައްކަތުގައި މޫނު މަތީގެ ހަރަކާތްތަކާއި، ސިފަތައް، މޫނުމަތީގެ ކުލަވަރު، އަޑު، އިޚްތިޔާރުކުރާ ރާގު ނުވަތަ ބަސް ހޮވުމަށް ކަނޑައެޅިފައިވާ ސޮފްޓްވެއާ އަށެވެ.
ގިނަ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ވިޔަފާރިއާއި ތައުލީމާއި ކަސްޓަމަރ ސާވިސްގައި ބޭނުންކުރުމަށް ޖަޒުބާތުތައް ކިޔައި، ދެނެގަނެވޭނެ ނުވަތަ މިންކުރެވޭނެ ކަމަށް ބުނާ ސޮފްޓްވެއާއެއް ނެރެފަ އެވެ. މިފަދަ އެއް ނިޒާމަކުން ބުނަނީ ކަސްޓަމަރ ސާވިސް ލައިންތަކަށް ގުޅާ މީހުންގެ ޖަޒުބާތުތައް ލައިވް އެނަލިސިސް ފޯރުކޮށްދީ، ކޯލް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެގޮތަށް ސުލޫކު ބަދަލުކުރެވޭނެ ކަމަށެވެ.
އަނެއް ހިދުމަތަކުން ކްލާސްރޫމް ވީޑިއޯ ކޯލް ކުރާއިރު ދަރިވަރުންގެ ޖަޒުބާތުތައް ޓްރެކްކޮށް މުދައްރިސުންނަށް އެމީހުންގެ ޕާފޯމަންސާއި ޝައުގުވެރިކަމާއި އެންގޭޖްމަންޓް ވަޒަން ކުރެވޭނެ އެވެ.
މި ޓެކްނޮލޮޖީއާ މެދު ބައެއް ސައިންސް ވެރިން ޝައްކު އުފެދިފައިވާއިރު، އެންމެ ކުޑަމިނުން އެ ޓެކްނޮލޮޖީގެ ފައިދާ އަކީ ކޮބައިކަމާއެމެދުވެސް ވަނީ ޝައްކު އުފެދިފައެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ އެސޯސިއޭޓް ޕްރޮފެސަރެއް އަދި ސީނިއާ ރިސާޗް ފެލޯއެއް ކަމަށްވާ ސަންޑްރާ ވޮޗްޓަރ ވިދާޅުވީ އިމޯޝަން އޭއައި އަށް "އެންމެ ރަނގަޅު ގޮތުގައި ސައިންސްގެ އެއްވެސް ސާބިތު އަސާސެއް ނެތް ކަމަށާއި އެންމެ ގޯސް ހާލަތުގައި ވެސް މުޅިން ސޫޑޯސައިންސް" ކަމަށެވެ.
"އޭއައި އަކީ އިތުބާރުހުރި ގޮތެއްގައި ޖަޒުބާތުތައް ނިންމުމަށް ކުޅަދާނަ އެއްޗެއް ކަމުގެ ހެކި ހޯދި ނަމަވެސް، އަދިވެސް ހަމަ އެކަނި އޭއައިއަށް ބަރޯސާވެގެން ކަމެއް ޖަސްޓިފައި ނުވާނެ،" ކްރިޕްޓޯން ބުނެފައިވެ އެވެ.
“އަޅުގަނޑުމެންގެ ފިކުރުތަކާއި ޖަޒުބާތުތަކަކީ އަޅުގަނޑުމެންގެ ޝަޚުޞިއްޔަތުގެ އެންމެ ގާތް ބައިތަކެއް ކަމަށާއި، އެއީ ޕްރައިވެސީގެ ހައްގު ފަދަ އިންސާނީ ހައްޤުތަކުން ރައްކާތެރިކޮށްފައިވާ އެއްޗެއް ކަމަށެވެ.” ކްރިޕްޓޯން އިތުރަށް ހާމަކުރިއެވެ.
އިންސާނުންގެ ޖަޒުބާތުތައް ދެނެގަތުމަށް ބިނާކޮށްފައިވާ ސިސްޓަމްތައް ބޭނުން ކުރަމުންދަނީ ބޮޑެތި ކިތައް ޓެކް ކުންފުނިތަކުން ކަމެއް މުޅިން ސާފެއް ނުވެ އެވެ. މެއި މަހު އިންސާނީ ހައްގުތަކާ ބެހޭ 25 އަށް ވުރެ ގިނަ ޖަމާއަތަކުން ވަނީ ޒޫމްގެ ސީއީއޯ އެރިކް ޔުއާން އަށް އިމޯޝަން އޭއައި ޓެކްނޮލޮޖީ ބޭނުން ނުކުރުމަށް އިލްތިމާސްކޮށް ސިޓީއެއް ޝާއިއުކޮށްފަ އެވެ. މި ސިޓީ ފޮނުވީ ޓެކް ނިއުސް ވެބްސައިޓް ޕްރޮޓޮކޯލް އިން ނެރުނު ރިޕޯޓެއްގައި ޒޫމް އިން އެފަދަ ޓެކްނޮލޮޖީއެއް ގެންގުޅޭކަން ދާދި ފަހުން އެ ދާއިރާއާ ބެހޭ ގޮތުން ކުރި ދިރާސާތަކުން އެނގުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އެކަމަކު ޒޫމްއިން މިކަމާގުޅޭގޮތުން ރަސްމީއެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
އިމޯޝަން އޭއައިގެ ސައިންޓިފިކް އަސާސަށް ފާޑުކިޔުމުގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ އިމޯޝަން އޭއައި އަކީ މެނިޕުލޭޓިވް އަދި ޑިސްކްރިމިނޭޓިވް އެއްޗެއް ކަމަށް ވެސް ސާބިތުކޮށްދީފަ އެވެ. ޔުނިވާސިޓީ އޮފް މެރީލޭންޑްގެ ރޮބަޓް އެޗް ސްމިތު ސްކޫލް އޮފް ބިޒްނަސްގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް އިންފޮމޭޝަން ސިސްޓަމްސް ލޯރެން ރޫ ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މޫނު ދެނެގަތުމުގެ ތަފާތު ދެ ސޮފްޓްވެއާއެއްގެ ތެރެއިން (މައިކްރޮސޮފްޓްގެ ސޮފްޓްވެއާ ހިމެނޭ ގޮތަށް) އިމޯޝަން އޭއައި އިން ޕޮޒިޓިވް ސަބްޖެކްޓްތަކަށް ވުރެ ގިނައިން ނެގެޓިވް އިމޯޝަންތައް މާނަކުރެއެވެ. އެއް އޭއައި އިން އުފާވެރި ސަބްޖެކްޓްތަކަށް ވުރެ ރުޅިގަދަ ސަބްޖެކްޓްތައް ފާހަގަކޮށްފައިވާއިރު މައިކްރޮސޮފްޓްގެ އޭއައި އިން ލިޔެފައި ވަނީ ބްލެކް އަދި ނެގެޓިވް ސަބްޖެކްޓްތަކުން މާ ފުރައްސާރަ ދައްކުވައިދޭ ކަމަށެވެ.
މައިކްރޮސޮފްޓްގެ ސިޔާސަތަށް އަންނަ ބަދަލުތައް މުހިންމު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ސޮފްޓްވެއާ އާއި އެހެނިހެން ހިދުމަތްތައް މާކެޓްކުރާ އެ ކުންފުނީގެ ކްލައުޑް ޕްލެޓްފޯމް ކަމަށްވާ އެޒޫރް އަށެވެ. އަޒޫރުގެ އިމޯޝަން ރިކޮގްނިޝަން އޭއައި 2016 ވަނަ އަހަރު އިއުލާންކުރިއިރު، އެއީ “އުފާވެރިކަމާއި، ހިތާމައާއި، ބިރުވެރިކަމާއި، ރުޅިވެރިކަމާއި، އަދި އެހެނިހެން” ޖަޒުބާތުތައް ދެނެގަތުމަށް ކުޅަދާނަ ސިސްޓަމެއްކަމަށް ބެލެވުނެވެ.
އަދި މައިކްރޮސޮފްޓުން ވަނީ އެކި ދާއިރާތަކުން ޓެކްނޮލޮޖީގެ ނުރައްކާތަކާއި ފައިދާތައް ދެނެގަތުމަށްޓަކައި އެ ކުންފުނީގެ ހުރިހާ ސިސްޓަމްތަކެއްގައި އިމޯޝަން ރިކޮގްނިޝަން އޭއައި އަލުން ވަޒަންކުރާނެ ކަމަށް ވެސް ވައުދުވެފަ އެވެ. މައިކްރޮސޮފްޓުން އުންމީދުކުރާ ގޮތުގައި އިމޯޝަން ޑިޓެކްޓިން އޭއައިގެ އެއް ބޭނުންކުރުމަކީ ވަށައިގެންވާ ދުނިޔެ އަނގަބަހުން ސިފަކޮށްދިނުމުން ފެނުން ދަށް މީހުންނަށް އެހީތެރިވެދޭ ސީއިންގް އެއައިގައި ބޭނުންކުރުމެވެ.
ބެންގޯރ ޔުނިވާސިޓީގެ ޑިޖިޓަލް ލައިފްގެ ޕްރޮފެސަރު އަދި އިމޯޝަނަލް އޭއައި ލެބްގެ ލީޑަރު އެންޑްރޫ މެކްސްޓޭ ލިޔުއްވި ބަޔާނެއްގައި ވިދާޅުވީ މައިކްރޮސޮފްޓުން އިމޯޝަން އޭއައިގެ ހުރިހާ ތަރައްގީއެއް ހުއްޓާލުން ރަނގަޅުވީސް ކަމަށެވެ. އިމޯޝަން އޭއައި އަކީ ޑިސްފެންޝަނަލް އެއްޗެއްކަން އެނގޭތީ، ޕްރޮޑަކްޓްތަކުގައި ބޭނުން ކުރަމުން ގެންދިއުމުގެ ބޭނުމެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.