ޖީމެއިލް ގެ ޚިދުމަތް މިހާރު އޮފްލައިން ކޮށް ބޭނުންކުރެވޭ

ހަސަން ޒަޔާން 30 ޖޫން 2022

ގޫގުލްގެ ޖީމެއިލް އަކީ ޝައްކެއް ވެސް ނެތް ގޮތުގައި މާކެޓުގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އީމެއިލް ހިދުމަތެވެ.

މިހާރު މައުންޓަން ވިއު ޖަޔަންޓް ވަނީ އެކްޓިވް އިންޓަނެޓް ކަނެކްޝަނެއް ނެތި، ޖީމެއިލް އޮފްލައިންކޮށް ބޭނުން ކުރުމުގެ ގާބިލްކަން އިތުރުކޮށްފަ އެވެ.

ޖީމެއިލް އޮފްލައިން ބޭނުން ކުރާނެ ގޮތް

މެކް، ލިނަކްސް، ނުވަތަ ވިންޑޯސް ޕީސީގައި ޖީމެއިލް އެކައުންޓް ހުޅުވައި، އެންމެ މަތީ ކަނާތް ފަރާތުގައި ވާ ސެޓިންގ އައިކަން ބޭނުންކޮށްގެން ސެޓިންތަކަށް އެކްސެސް ވާށެވެ. ޕޮޕް-އަޕް މެނޫގައި، ސެޓިންގްސް މެނޫ ހުޅުވުމަށް "ހުރިހާ ސެޓިންއެއް ބަލާ" ޚިޔާރުކުރާށެވެ.

އެންމެ މަތީ ނެވިގޭޝަން ބާރ އިން "އޮފްލައިން" ޓެބަށް ދާށެވެ.

މި ޕޭޖުގައި، ޖީމެއިލް އަށް އޮފްލައިން މޯޑް އޮން ކުރުމަށް "އިނޭބަލް އޮފްލައިން މެއިލް" ބޮކްސް ގައި ޗެކް ކޮށްލާށެވެ. އަދި މި ފީޗަރ އަށް ބޭނުންވާ ސެޓިންތައް ވެސް އިޚްތިޔާރު ކުރެވިދާނެއެވެ.

ނިމުމުން، ތިރީގައިވާ "ސޭވް ޗޭންޖެސް" ބަޓަން އަށް ފިތާލާށެވެ.

އޮފްލައިން މޯޑް އޮން ކޮށްލުމުން، ޖީމެއިލް އިން އޮފްލައިން އެކްސެސް އަށް ޓަކައި ތިބާގެ އެންމެ ފަހުގެ އީމެއިލްތައް އޮޓޮމެޓިކުން ސިންކްކޮށް، 7 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ބެހެއްޓޭނެއެވެ.

ނަމަވެސް އޮފްލައިން މޯޑްގައި އީމެއިލް އެއް ފޮނުވުމުން މެއިލް ލިބޭ ފަރާތަކަށް މެއިލް ރިސީވް ނުވެއެވެ. ގޫގުލް އިން ވެސް ލަފާދެނީ އޮފްލައިންކޮށް ހުންނައިރު ފަސޭހަކަމާ އެކު ޕްލެޓްފޯމަށް ވަނުމަށާއި ބޭނުން ކުރުމަށެވެ.

ވީމާ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އޮފްލައިން މޯޑް މި ފީޗަރ އަދިވެސް ރަނގަޅަކަށް (ޔޫޒަރ ފްރެންޑްލީކޮށް) ރިލީސް ނުވާކަމެވެ. އެކަމަކު މިއީ ވެސް ގޫގުލް އިން ނެރުނު ރަނގަޅު ފީޗަރ އެއް ކަމަށް ޤަބޫލު ކުރަންޖެހެއެވެ.

ގޫގުލްގެ ރަސްމީ ސަޕޯޓް ޕޭޖުގައި ޖީމެއިލް އޮފްލައިން މޯޑް އާ ބެހޭ އިތުރު މައުލޫމާތު ލިބިގަނެވޭނެ އެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.