އެކްސްޕެޓް ސިސްޓަމް އަދި އިމިގްރޭޝަންގެ ފޭކު ލިންކުތައް

ހުސެއިން އާރިފް 04 ޖުލައި 2022

ދިވެހިރާއްޖޭއަށް ބިދޭސީން ގެނައުމުގެ ކަންތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ހުޅުވާލާފައިވާ ޕޯރޓަލް https://xpat.egov.mv ނަކަލުކޮށް، އޮންލައިން ޕޯރޓަލްތަކެއް ބަޔަކު ހަދަމުންދާކަން މިނިސްޓްރީއިން ހާމަކޮށްފިއެވެ. ގިނަފަހަރަށް މިފަދަ ވެެބްސައިޓްތަކަކީ އޮޅުވާލާއިގެން މީހުންގެ ޒާތީ މައުލޫމާތު ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާ ކުރެވިފައިވާ ޕޯރޓަލް/ ވެބްސައިޓްތަކެވެ. މިނިސްޓްރީއިން ހާމަކޮށްފައިވާ ވެބްސައިޓްތަކުގެ ތެރޭގައި:

http://immigrationgovmv.org .1

http://xpat-egovmv.com .2

https://xpategov.com .3

https://www.xpat-gov.com .4

https://www.xpat-egov.online .5

http://xpategovmv.org .6

‎ވީމާ، ދިވެހިރާއްޖޭގއި މަސައްކަތްކުރާ ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯރޓަލް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކެއްވެސް މި ލިންކުތަކަށް ސަމާލުވުމަށް މިނިސްޓްރީއިން އިލްތިމާސް ކުރެއެވެ.

‎ހަމަ މިފަދަ ގޮތަކަށް އިމިގްރޭޝަންގެ ނަމުގައި ފޭކް ވެބްސައިޓެއް http://immigrationgovmv.org ހަދާފައިވާކަަމަށް އިމިގްރޭޝަން އިން ވަނީ ހާމަކޮށްފައެވެ. އަދި އިމިގްރޭޝަން އާއި ގުޅޭ އެއްވެސް ޚިދުމަތެއް ހޯދުމަށް މަތީގައިވާ ލިންކު ބޭނުން ނުކުރުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ރަނގަޅު ވެބް އެޑްރެސް: https://immigration.gov.mv

ސައިބަރ ކްރިމިނަލްސް ފިޝިންގ ވެބްސައިޓު ނުވަތަ ލިންކު ބޭނުންކޮށްގެން ޔޫޒަރނޭމް، ޕާސްވޯޑް ނުވަތަ ބޭންކިންގ ޑީޓެއިލްސް ފަދަ ނާޒުކު މައުލޫމާތު ހޯދަން މަސައްކަތް ކުރެއެވެ. އެމީހުން ފިޝިން އީމެއިލް ފޮނުވަނީ އެމީހުންގެ ޝިކާރައަކަށްވާ މީހުންނަށް ސައްހަ ވެބްސައިޓެއް ފަދަ ފޭކް ވެބްސައިޓަކަށް ނާޒުކު މައުލޫމާތުތައް ފޮނުވުމަށް ކުރުމަށް އިރުޝާދު ދިނުމަށެވެ. އޮންލައިންކޮށް އެކި އެޕްސް، ޕްލެޓްފޯރމް އަދި ޚިދުމަތްތަށް ހޯދާއިރު ޒާތީ މައުލޫމާތަށް އިތުރަށް ސަމާލުވޭ!

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.