ޕްރޮގްރާމިން ލެންގުއޭޖެއް ދަސްކުރުމުގައި ގިނަ ފަހަރަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަހުގެ އުނދަގުލަށްވުރެން ބޮޑަށް އުނގެނުން އެއް ހަމައެއްގައި ހިފަހައްޓައި، ފޫހި ނުވެ ކުރިއަށް ގެންދިއުމެވެ.
1. މަޑު މަޑުން ފަށައިގަނެ އެއް ހަމައެއްގައި ދަސްކުރުން ބެހެއްޓޭތޯ މަސައްކަތް ކުރުން
ކޯޑިން ދަސްކުރަން ފަށާ ކުރީކޮޅުގައި ދަސްކުރުމަށް ވަކި ވަގުތުތަކެއް ހުސްކޮށްލެވިގެން ނޫނީ ކުރިއަށް ނުދެވޭނެއެވެ.
އެއީ ގިނަ މީހުންނަކީ ކޮންމެވެސް ވަޒީފާެއް ނުވަތަ ދުނިޔަވީ ދިރިއުޅުމުގައި ކޮންމެވެސް ކަމެއް އަބަދުވެސް ކުރާ ބަޔަކަށް ވާތީވެއެވެ. އެހެންކަމުން ކޯޑް ކުރަން ދަސްކުރުމަށް ވަކިން ހާއްސަ ވަގުތެއް އިހްތިޔާރު ކުރާށެވެ.
މިވަގުތަކީ ކޮންމެހެން ވަކި އިރަކަށް ކަނޑައަޅާ ވަގުތަކަށް ފުރަތަމަ ނުވިޔަސް އެއީ މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ކޮންމެ ދުވަހަކަށްވެސް ކުޑަ އިރުކޮޅެއް ކޯޑިން ދަސްކުރުމަށް ފޯކަސް ކުރުމެވެ.
2. އަބަދުވެސް ދުވާލުގެ ޓާސްކްތައް ޝެޑިއުލް ކޮށްފައި ބެހެއްޓުން
ކޮންމެ ކަމެއް ކުރިއަސް ކުރިއާލާ ތައާވަލްކޮށް ކޮންމެ ކަމަކަށްވެސް ވަކި ވަގުތުތައް ކަނޑައަޅާފައި ބެހެއްޓުމަކީ ކަންތައްތައް ހަދާން ނެތުން މަދުވެ ފޯކަސް ގެއްލުން ކުޑަވާނެ ގޮތެކެވެ.
ހަފްތާގެ މަސައްކަތް ފެށުމުގެ ކުރިން، ވިސްނާލާފައި ނިންމަން ބޭނުންވާ ހުރިހާ ޓާސްކުތައް ތާވަލް ކޮށްލާށެވެ. މި ތާވަލްގެ ތެރެއަށް ވަކިން ވަގުތެއް ކަނޑައަޅައި ކޯޑިން ދަސްކުރުމަށް އިންނާނެ ވަގުތެއްވެސް ކަނޑައަޅާށެވެ.
ފަހަރެއްގައި ތައާވަލްގައި ކަނޑައެޅިފައިވާ ގޮތައް ޓާސްކުތައް ފުރަތަމަ ދުވަސްކޮޅު ނިންމުމަކީ ބޮޑު ޗެލެންޖަކަށް ވެދާނެއެވެ. ނަމަވެސް މިއީ އާދައެއް ގައިގައި ހަރުލުވުމަށް ނެގޭ ބޮޑު ފިޔަވަޅެކެވެ.
3. ލާނާސް ކޮމިއުނިޓީއެއްގައި ބައިވެރިވުން
ގިނަ ބަޔަކަށް އައު ކަމެއް އެކަނި ދަސްކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ކަމުން ހަމަ އެއް ކަމެއް ކުރާ ބައަކާ ބައިވެރިވުމަކީ މޯޓިވޭޝަން އިތުރުވާ ކަމެކެވެ.
ކޯޑް ކުރަން ދަސްކުރާނަމަ ތިރީގައި މިވާ ކޮމިއުނިޓީތައް ބަލައިލާށެވެ.
- 100 ޑެވްސް، މިއީ ލިއޯން ނޮއެލް (މުދައްރިސެއް އަދި އިންޖިނިއަރިން އެޓް ރެޒިލިއަންޓް ކޯޑާސްގެ މެނޭޖިން ޑިރެކްޓަރ) ގެ ޖަމްއިއްޔާއަކުން އުފައްދާފައިވާ ކޮމިއުނިޓީ އެކެވެ. މި ކޮމިއުނިޓީން ފުލް-ސްޓެކް ޑެވެލޮޕްމެންޓްތަކަށް ހިލޭ ފިލާވަޅުތައް ލިބެން ހުންނާނެއެވެ.
- 100 ޑޭސް އޮފް ކޯޑް، މިއީ އެމީހަކު ބޭނުންވާ ޕްރޮގްރާމިން ލެންގުއޭޖެއް ދަސްކުރުމަށް އޮންލައިން ޗެލެންޖެއް ގޮތައް ހަމަޖެހިފައިވާ ކޮމިއުނިޓީއެކެވެ. މި ޗެލެންޖުގައި ބައިވެރިވުމަށް މަދުވެގެން ކޮންމެ ދުވަހަކު 1 ގަޑި އިރު ދަސް ކުރުމަށް ހާއްސަ ކުރަން ޖެހެއެވެ. އަދި މި ޓާސްކު ނިންމުމަށް ފަހު ކޮންމެ ދުވަހަކު ޓްވިޓާއަށް ހޭޝްޓެގް 100 ޑޭސް އޮފް ކޯޑް ޕޯސްޓް ކުރަން ޖެހެއެވެ.
- ކެވިން ޕަވަލް ކޮމިއުނިޓީ، މިއީ ޑިސްކޯޑުގައި ހެދިފައިވާ ކެވިން ޕަވަލްގެ ކޮމިއުނިޓީއެކެވެ. ކެވިންއަކީ ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި ސޮފްޓްވެއާ ޑެވެލޮޕަރެއް އަދި މުދައްރިސެކެވެ.
- ކޮމިޓް ޔުއަރ ކޯޑް، މިއީ ޑެނީ ތޮމްޕްސަން (ސޮފްޓްވެއާ ޑެވެލޮޕަރެއް) ގެ ކޮމިއުނިޓީ އެކެވެ. މިއީ އެކްޓިވްކޮށް ޑެވެލޮޕްމަންޓް ދަސްކުރާ ތަޖުރިބާ ހުރި އެތަކެއް ޑެވެލޮޕަރުންތަކެއްގެ އެހީ ލިބިގެންދާނެ ކޮމިއުނިޓީ އެކެވެ. މިވެސް ޑިސްކޯޑްގައި އެކުލަވާފައިވާ ކޮމިއުނިޓީ އެކެވެ.
4. ރަނގަޅު ގޮތެއް ދަސްކުރުމަށް އިހްތިޔާރު ކުރުން
- އެކްޓިވް ރިކޯލް: މިއީ ދަސްކުރަމުންދާ އެއްޗެއް ރަނގަޅަށް ކިއުމަށްފަހު ކޮންސެޕްޓަކަށް ބަދަލުކޮށް އެ ހިޔާލުގެ އެހީގައި ދަސްކުރެވުނު ތަކެތިން އަމިއްލަ މީހާއަށް ސުވާލުކޮށް ޓެސްޓު ކުރުމެވެ.
- ސްޕޭސްޑް ރެޕެޓިޝަން: މި ސްޓަޑީ ޓެކްނީކްގެ އެހީގައި ހުރިހާ ކޮންސެޕްޓެެއް އެއް ފަހަރުން ދަސްކޮށް ހަދާން ނެތުމަށްވެސް ތަން ދީގެން ދަސް ކުރާ ގޮތެކެވެ.
5. ޝޯޓް ޓާމް ގޯލެއް ނަގައި ފަހަރަކު ގޯލެއް ހާސިލް ކުރުމަށް މަސައްކަތް ކުރުން
އެއްފަހަރުން ގިނަ ކަންތައްތަކެއް ހާސިލް ކުރަން އުޅުމަކީ ގިނަ ފަހަރުގައި ވަރަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން ހާސިލް ކުރަން ބޭނުންވާ ގޯލް ކުޑަކޮށްލުމަށްފަހު ސްޓްރެޓެޖީއެއް ހަދާށެވެ. މިސާލަކަށް ބޭނުންވަނީ ޖާވާސްކްރިޕްޓް ވެބްޕޭޖެއް ހެދުން ކަމުގައިވާނަމަ ތިރީގައި ގެނެސްފައިވާ މިސާލާއި އެއް ގޮތައް ގޯލްތައް ވަކި ކޮށްލާށެވެ.
- އެޗް.ޓީ.އެމް.އެލްގެ ބޭސިކްތައް ދަސް ކުރުން
- ސީ.އެސް.އެސްގެ ބޭސިކްތައް ދަސްކުރުން
- އެޗް.ޓީ.އެމް.އެލްގެ ސެމަންޓިކް އިލެމެންޓުތައް ދަސްކުރުން
6. އެހީއަކަށް އެދެން ޖެހިލުން ނުވުން
ފަހަރެއްގައި ކޯޑު ކުރަން ދަސްކުރާއިރު ނޭނގިގެން އުޅޭ އެއްޗެއް އޮންލައިން ކޮމިއުނިޓީއަކުން ނުވަތަ ގޫގަލް ސާޗްގެ އެހީގައި ނުފެނުމަކީވެސް އެކަށީގެންވާ ކަމަކަށް ވެދާނެއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ތަޖުރިބާކާރެއްގެ އެހީ ހޯދުމަށް ރައްޓެއްސެއް ގާތުގައި ނުވަތަ އެކީގައި މަސައްކަތް ކުރާ މީހެެއް ގާތުގައި އެހުމަށް ފަސް ނުޖެހޭށެވެ.
ގިޓްހަބް ނުވަތަ ކޯޑްޕެން ފަދަ އެއްޗަކަށް ކޯޑް ރިޕޮސިޓަރީ އަޕްލޯޑްކޮށް ކޮޕީއެއް އެމީހަކު ބެލުމަށް ދެއްކިދާނެއެވެ.
6. ސިއްހަތު ރަނގަޅަށް ބެލެހެއްޓުން
ކޮންމެ ކަމެއް ދަސް ކުރިނަމަވެސް އަމިއްލަ މީހާގެ ސިއްހަތައް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ބްރޭކް ދިނުމަށާއި ވިސްނުމަށް ޗާންސް ދިނުމަށް ކުރެވޭ ވަރަށް ބޮޑު ކަމެއްކަން ޔަގީނެވެ.
ޕްރޮގްރާމިންއަކީ ސްޕްރިންޓެއް ނޫނެވެ. މިއީ މެރަތަންއެއް ގޮތުގައި ދެކޭށެވެ. އެއްވެސް ވަރެއްގެ ކާމިޔާބީއެއް ޙާސިލްކުރަން ބޭނުންވާނަމަ ވަގުތުގެ ބޭނުން ހިފައި ރަނގަޅަށް ވަގުތު ބަހައިގެން ދަސްކުރުމުން ކާމިޔާބީ ލިބޭނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.