ބިލިއަނަރު ބިލް ގޭޓްސް އަނެއްކާވެސް އޭނާގެ މުއްސަނދިކަން ދޫކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ދުނިޔޭގެ މުއްސަދިންގެ ލިސްޓުން އޭނާގެ ނަން އުނިކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
މައިކްރޯސޮފްޓްގެ ކޯ ފައުންޑަރު ބިލްގޭޓްސް ވަނީ އޭނާގެ ވެލްފެއަރ ފަންޑަށް 20 ބިލިއަން ޑޮލަރު (17 ބިލިއަން ޕައުންޑް) ގެ ހަދިޔާއެއް ދޭނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.
ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަނދި މަހުޖަނު ގޭޓްސް ވިދާޅުވީ އޭނާގެ ވަސީލަތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އަމިއްލަ ފަރުދީ ޒިންމާއެއް ނުވަތަ "ވާޖިބެއް" އޮތް ކަމަށެވެ.
މިސްޓަރ ގޭޓްސް އެންމެ ފުރަތަމަ 2010 ވަނަ އަހަރު އޭނާގެ މުއްސަނދިކަން ދޫކޮށްލައްވާނެ ކަމަށް ވައުދުވެވަޑައި ގެންނެވި ނަމަވެސް އޭގެ ފަހުން އޭނާގެ ނެޓް ވޯތު ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ.
މިހާރު އޭނާގެ ވޯތަކީ 118 ބިލިއަން ޑޮލަރު ކަމަށް ވިޔަސް، 2000 ވަނަ އަހަރު އޭނާގެ ކުރީގެ އަނބިމީހާއާ އެކު އޭނާ އުފެއްދި ޗެރިޓަބަލް ފަންޑް ކަމަށްވާ ބިލް މެލިންޑާ ގޭޓްސް ފައުންޑޭޝަނަށް ޖުލައި މަހު އޭނާ ހަދިޔާކުރެއްވި ހަދިޔާއަށް ފަހު އޭނާގެ މުއްސަނދިކަން ވަރަށްބޮޑަށް ދަށަށްގޮސް މުއްސަނިދިނގެ ލިސްޓުން ވަރަށް ބޮޑަށް ތިރިއަށް ވެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިސްޓަރ ގޭޓްސް ގެ ޓްވިޓަރ ތްރެޑެއްގައި ވިދާޅުވެފައިވަނީ، ބިލްގޭޓްސްގެ ފައުންޑޭޝަންގެ ސަބަބުން، ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި "ނާކާމިޔާބީތަކުގެ" ސަބަބުން، 2026 ވަނަ އަހަރު އަންނަންވާއިރަށް، އަހަރަކު 6 ބިލިއަން ޑޮލަރުން 9 ބިލިއަން ޑޮލަރަށް ޚަރަދުކުރުން އިތުރުވެގެންދާނެ ކަމަށެވެ.
"މުސްތަގުބަލަށް އަޅުގަނޑު ބަލާލާއިރު، އަޅުގަނޑުގެ ހުރިހާ މުއްސަނދިކަމެއް މުޅިންހެން ފައުންޑޭޝަނަށް ދޭން އަޅުގަނޑު ރާވާފައި އޮތީ،" އޭނާ ވިދާޅުވި އެވެ. "ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން އަހަރެން ދަށަށް ދަމުންގޮސް އެންމެ ފަހުން ލިސްޓުން ނަންވެސް އުނިކުރާނަން."
"އަޅުގަނޑުގެ ވަސީލަތްތައް އަނބުރާ މުޖުތަމައަށް ރައްދުކުރުމަކީ ވޭންތައް ކުޑަކުރުމަށާއި ދިރިއުޅުން ރަނގަޅުކުރުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ ގޮތްތައް. އަދި އަޅުގަނޑު އުންމީދު ކުރަން، ވަރަށް ތަނަވަސް، ވަރަށް ޝަރަފުވެރި މަޤާމުތަކެއްގައި ތިއްބެވި އެހެން ބޭފުޅުންވެސް މި ދަނޑިވަޅުގައި އިތުރުހަރުފަތަކަށް ވަޑައިގަންނަވާނެ ކަމަށް." ގޭޓްސް ވިދާޅުވިއެވެ.
ގޭޓްސް ފައުންޑޭޝަނަކީ މެލޭރިއާ ފަދަ ބަލިތައް ނައްތާލުމަށާއި ތައުލީމު ކުރިއެރުވުމަށާއި ސާފުތާހިރުކަން ދަށްވުން ފަދަ ބަލިތައް ނައްތާލުމަށް ގައުމުތަކުގައި މަސައްކަތް ކުރާ ފައުންޑޭޝަނެކެވެ.
މިއީ 2020 ވަނަ އަހަރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޗެރިޓަބަލް ފައުންޑޭޝަނެވެ. 49.8 ބިލިއަން ޑޮލަރުގެ އެސެޓްތަކެއް ގައި ހިފަހައްޓައިގެން ބިލިއަނަރު އިންވެސްޓަރ ވޮރެން ބަފެޓް ފަދަ މުއްސަނދި އެހެން ފަރާތްތަކުން ވެސް މި ފައުންޑޭޝަނަށް ތާއީދުކުރެއެވެ.
އެ ފައުންޑޭޝަނުން ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް، އެފަދަ ބޮޑު ނުފޫޒެއް ފޯރުވާ އަމިއްލަ މަސައްކަތެއްގެ ސުލޫކާ މެދު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ފައުންޑޭޝަނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް އެންމެ ބޮޑު އަމިއްލަ އެހީދޭ ޖަމްޢިއްޔާއެވެ.
1995 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މިސްޓަރ ގޭޓްސް އަށް ލިބުނުއިރު، 2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ވެސް އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދާފައެވެ.
ޓެސްލާގެ ޗީފް އެގްޒެކެޓިވް އީލޮން މަސްކް 2022 ވަނަ އަހަރު ޕޯލް ޕޮޒިޝަން ނެގުމުގެ ކުރިން އެމެޒޯންގެ ފައުންޑަރު ޖެފް ބެޒޯސް ވަނީ 2017 ވަނަ އަހަރު މުއްސަނދިންގެ ލިސްޓުން އެއްވަނަ މަގަމް ހޯދާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.