ޕިކްސެލް އަށް އެންޑްރޮއިޑް 13 ބީޓާ 4 ތައާރަފްކޮށްފި

އަޙްމަދު ދާއޫދު 16 ޖުލައި 2022

ރަސްމީކޮށް ގޫގަލް އިން ލޯންޗް ކުރުމުގެ ކުރިން އެންމެ ފަހުގެ ބޮޑު ރިލީޒްގެ ގޮތުގައި ޕިކްސެލް އަށް އެންޑްރޮއިޑް 13 ބީޓާ 4 ތައާރަފްކޮށްފި އެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި ތިން ޕެޗަކަށް ފަހު ގޫގުލް އިން ދަނީ "ތިބާގެ ޓެސްޓިން އާއި ޑިވެލޮޕްމަންޓަށް ބޭނުންވާ ފައިނަލް އަޕްޑޭޓް" ގެ ގޮތުގައި އެންޑްރޮއިޑް 13 ބީޓާ 4 ތައާރަފް ކުރަމުންނެވެ. އެ ކުންފުނިން މިއަދު ބުނީ “އެންޑްރޮއިޑް 13 ރަސްމީކޮށް ނެރުމަށް ބާކީ އޮތީ ހަފްތާއެއްހާ ދުވަސް” ކަމަށެވެ.

އެންޑްރޮއިޑް 13 ރިލީޒް ބައްޓަންކުރުމުގައި އެހީތެރިވެދެއްވި ގޫގުލްގެ ޑިވެލޮޕަރ ކޮމިއުނިޓީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން! އޭޕީއައި ލެވެލް މަތިކޮށް އޮޕްޓިމައިޒްކޮށް، ފީޗާތައް ފުރިހަމަކޮށް، މުހިންމު ބަގްތައް ރަނގަޅުކޮށް، އަދި އާންމުކޮށް ޔޫޒަރުންނާއި ޑިވެލޮޕަރުންނަށް ޕްލެޓްފޯމް ފަސޭހަ ކުރުމަށް އެހީތެރިވެދީފައިވާ އެތައް ހާސް ބަގް ރިޕޯޓްތަކާއި އިންސައިޓްތައް އަޅުގަނޑުމެންނަށް ހިއްސާކޮށް ދެއްވާފައިވޭ، ގޫގުލް އިން ބުނެފައިވެއެވެ.

ޑިވެލޮޕަރުންނަށް އެންޑްރޮއިޑް 13 ބީޓާ 4 އަކީ އޭޕީއައި ލެވެލް 33 އާއެކު މިދިޔަ މަހު ޕްލެޓްފޯމް ސްޓެބިލިޓީއަށް ފަހު "އެމީހުންގެފައިނަލް ޓެސްޓިން އަށް ރިލީޒް ކެންޑިޑޭޓް ބިލްޑް" އެކެވެ.

ޓެސްޓިން މަރުޙަލާ ނިމުމުން، ފައިނަލް ރިލީޒް އެކްސްޕީރިއަންސެއް ޔޫޒަރުންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި، އެޕްތަކާއި، އެސްޑީކޭތަކާއި، ލައިބްރަރީތަކާއި، ޓޫލްތަކާއި، ގޭމް އިންޖީނުތަކަށް ކޮމްޕެޓިބަލް އަޕްޑޭޓްތައް ނެރެމުންދާނެއެވެ. އަދި އާ ފީޗާތަކާއި އޭޕީއައިތައް ބޭނުންކޮށްގެން އާ ފަންކްޝަނަލިޓީތައް ބިލްޑް ކުރަމުން ގެންދިއުމާއި، ކުރިމަތިވެދާނެ މައްސަލަތައް ހޯދުމަށް އެންމެ ފަހުގެ އޭޕީއައި ލެވެލްއަށް އަމާޒުކޮށްގެން ތިބާގެ އެޕް ޓެސްޓް ކުރެވިދާނެ އެވެ.

ގޫގުލް އިން ބުނީ އެންޑްރޮއިޑް 13 ބީޓާ 4 ގައި ތިރީގައިވާ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.

• ބައެއް ޑިވައިސްތަކުގައި ބްލޫޓޫތު ޑިވައިސްތައް ހަލުވިކަމާއެކު ޑިވައިސްއާ ގުޅި، ގުޅުން ކަނޑާލާކަން ފާހަގަކުރެވޭ މައްސަލަ

• ޕިކްސެލް 6 އަދި ޕިކްސެލް 6 ޕްރޯ ޑިވައިސްތަކުގައި ދޭތެރެ ދޭތެރެއިން ގޫގުލް ކެމެރާ އެޕް ކްރެޝްވާ މައްސަލަ

• ސިސްޓަމް އަޕްޑޭޓް އަށް ގޮސް ސިސްޓަމް އަޕްޑޭޓްތައް ޗެކް ކުރާއިރު، ޑިވައިސް ކުރިން ކާމިޔާބުކަމާއެކު އެންޑްރޮއިޑް 13 ބިލްޑަކަށް އަޕްޑޭޓް ކޮށްފައި އޮތް ނަމަވެސް، ސިސްޓަމުން ގޯސްކޮށް އެންޑްރޮއިޑް 12 ޑިވައިސްގެ އެންޑްރޮއިޑް ވަރޝަންގެ ގޮތުގައި ރިޕޯޓް ކުރި މައްސަލަ [ނޯޓް: ބީޓާ 3.3 ގައި ވެސް ފިކްސްކޮށްފައި].

• ޕިކްސެލް 6 އަދި ޕިކްސެލް 6 ޕްރޯ ޑިވައިސްތަކުގައި ނައު ޕްލޭއިން ޕޭޖް ބައެއް ފަހަރު ޑައުންލޯޑިންގ ލަވަ ޑޭޓާބޭސްގައި ތާށިވާ މައްސަލަ

ގޫގުލްއިން ބުނީ އެންޑްރޮއިޑް ބީޓާ ފީޑްބެކް އެޕް ޕިކްސެލް ފޯނުތަކުގައި މައްސަލަތައް ލޮގް ކުރުމަށް ލިބެން ހުންނާނެ ކަމަށެވެ. އަދި އެންޑްރޮއިޑް ބީޓާ ކޮމިއުނިޓީ ރެޑިޓްގައި ހުންނައިރު އެޕް ޑްރޯއިން ނުވަތަ ކުއިކް ސެޓިންގްސް މެދުވެރިކޮށް ގޫގުލް އިޝޫ ޓްރެކަރގައި ބަގްސް ފައިލް ކުރުމަށް އެއަށް އެކްސެސް ކުރެވޭނެ ކަމަށްވެސް ގޫގުލް ވަނީ ބުނެފައެވެ.

އެންޑްރޮއިޑް 13 ބީޓާ 4 ސިސްޓަމްގެ ފޮޓޯތައް ޕިކްސެލް 4 (އެކްސްއެލް)، ޕިކްސެލް 4އޭ، ޕިކްސެލް 4އޭ 5ޖީ، ޕިކްސެލް 5، ޕިކްސެލް 5އޭ، ޕިކްސެލް 6، އަދި ޕިކްސެލް 6 ޕްރޯގެ އިތުރުން އެންޑްރޮއިޑް އެމިއުލޭޓަރ އިން ލިބެން ހުންނާނެކަމަށްވެސް ގޫގަލް އިންބުނެއެވެ.

ފަހުގެ އަޕްޑޭޓްސް އިންސްޓޯލް ކުރާނަމަ ހަމަގައިމުވެސް ގިނަ ޔޫޒަރުން އިންސްޓޯލް ކުރާނީ އެންޑްރޮއިޑް ބީޓާ ޕްރޮގްރާމް ވެބްސައިޓުން ޖުލައި މަހުގެ ސެކިއުރިޓީ ޕެޗާއެކު ބީޓާ 4 (ޓީޕީބީ4.220624.005) އެވެ. ބީޓާ 3.3 ގައި ތިބި މީހުންނަށް ކުރިއަށް އޮތް ގަޑިތަކުގައި އޯޓީއޭ އަޕްޑޭޓެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭނެ އެވެ. އެހީތެރިކަން ބޭނުންވާނަމަ މިއޮތީ އެންޑްރޮއިޑް 13 އިންސްޓޯލް ކުރުމާ ބެހޭ ގޮތުން ފުރިހަމަ ގައިޑެކެވެ.

ޕިކްސެލް 6 ޕްރޯ: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 6: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 5a: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 5: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 4a (5G): ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 4a: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 4 އެކްސްއެލް: ފެކްޓްރީ އިމޭޖް — އޯޓީއޭ

ޕިކްސެލް 4: ފެކްޓްރީ އިމޭޖް — އޯޓީއޭ

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.