ސެލްސިއަސް އިން ޔޫޒަރުންނަށް 4.7 ބިލިއަން ޑޮލަރަށް ދަރައިފި

އަޙްމަދު އަޙްސަން 16 ޖުލައި 2022

ބޭންކްރަޕްސީ ފައިލިންގ އާއި ފައިނޭންޝަލް ޓައިމްސްގެ އާ ރިޕޯޓެއްގައި ވާގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ހުރިހާ ފައިސާ ނެގުން ހުއްޓުވައި ބޭންކްރަޕްސީ އަށް ފައިލްކުރި ކްރިޕްޓޯ ޓްރޭޑިން ޕްލެޓްފޯމް ކަމަށްވާ "ސެލްސިއަސް" ގައި އިއްޔެ ވަނީ 1.2 ބިލިއަން ޑޮލަރުގެ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އޭގެ ބެލެންސް ޝީޓުގައި ހުރި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައެވެ. ޔޫޒަރުންނަށް އޭގެ މާނައަކީ ކޮބައިތޯ؟ ފަހަރެއްގައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ހުރިހާ ފައިސާއެއް އަނބުރާ ނުލިބެނީ ކަމަށް ވެދާނެއެވެ.

ބޭންކްރަޕްސީ ފައިލްކުރުމުގައި 5.5 ބިލިއަން ޑޮލަރުގެ ދަރަނި ތައް ހިމަނާފައިވާއިރު، އޭގެ ތެރެއިން 4.7 ބިލިއަން ޑޮލަރަކީ ސެލްސިއަސް ބޭނުންކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާއެވެ. މައްސަލައަކީ ސެލްސިއަސްގައި ހަމައެކަނި 4.3 ބިލިއަން ޑޮލަރުގެ އެސެޓް ލިސްޓްކޮށްފައި، އޭގެ ތެރެއިން ގިނަ އެސެޓްތަކަކީ އިލްލިކުއިޑް، އަދި އެއީވެސް ރަނގަޅަށް ހިސާބުކުރެވިފައި ނުވާ އެސެޓް ކަމަށް ބެލެވެއެވެ. ސެލްސިއަސްގެ ހޯލްޑިންގްސްގެ ބޮޑު ބައެއް ހުންނަނީ އަމިއްލަ ކްރިޕްޓޯ ޓޯކަންގައި ކަމަށްވާއިރު، މި ޓޯކަންއަށް "ސެލްސިއަސް" ގެ ނަމުން މަޝްހޫރުވެފައިވާ އިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ އަގު ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ. އަދި އެ ކުންފުނީގެ ބިޓްކޮއިން މައިނިންގ ސެންޓަރުގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އެސެޓްތައް ވަނީ ގުޅުވާލާފައެވެ.

ސެލްސިއަސް އިން ބޮޑު އިންޓްރެސްޓް ރޭޓް ތަކެއް ޔޫޒަރުންނަށް ދެއްކުމުން ސެލްސިއަސް ނެޓްވޯކް މަޝްހޫރުވެގެން ދިޔައެވެ. ހުރިހާ ފައިސާއެއް ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ފައިލްކުރުމުގައި ސެލްސިއަސް އިން ބަޔާންކުރަނީ އެކުންފުނިން ނުބައި ގޭމްބްލިންގ އެއް ހެދުނީ ކަމަށެވެ.

"ބައެއް ސެލްސިއަސްގެ ކްރިޕްޓޯ ދިގު މުއްދަތަށް އަދި އިލްލިކުއިޑް ކްރިޕްޓޯ ޑިޕްލޮއިމަންޓް އެކްޓިވިޓީސްއާއި ގުޅުވާފައިވޭ، ބައެއް ސެލްސިއަސްގެ ކްރިޕްޓޯ އެސެޓްތަކުގެ ތެރެއިން ބައެއް އެސެޓްތައް ތިންވަނަ ފަރާތަކަށް ލޯނު ދީފައިވޭ، އަދި ބިޓްކޮއިން މައިނިންގ އިކުއިޕްމަންޓާއި ޖީކޭ8 ސްޓޯރޭޖް ވިޔަފާރި ހޯދުމަށް ބޭނުންކުރާ ނަގުދު ފައިސާ އުފެއްދުމަށް ޓަކައި ދަރަންޏަށް ފައިސާ ނެގުމުގައި ނުވަތަ ވިއްކުމަށް އެހީތެރިވުމުގެ ގޮތުން ބެއެއް ސެލްސިއަސްގެ ކްރިޕްޓޯ އެސެޓްތައް ވަނީ ރަހުނުގެ ގޮތުގައި" ފައިލިންގައި ލިޔެފައިވެއެވެ.

"އެސެޓް ޑިޕްލޮއިމަންޓް ސްޓްރެޓެޖީތައް ކުންފުނިން އެކި މިންވަރަށް މަސައްކަތް ކުރަމުން ގެންދާތީ، އެ ސްޓްރެޓެޖީތަކުގެ މުއްދަތުތަކާއި ދިގުމިން ހިމެނޭތީ އާއި، ޑިޖިޓަލް އެސެޓްތަކުގެ އަގު ދަށްވުމުގެ ސަބަބުން، ސެލްސިއަސް އަށް ވަނީ ޔޫޒަރ ވިތްޑްރޯވަލް އާއި، އެ ކުންފުނީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިތުރު ކޮލެޓަރަލް އެއް ދިނުމަށް ނުކުޅެދިފައި" ފައިލިންގައި ވެއެވެ.

ބޭންކްރަޕްސީ ފައިލިން ނޯޓްސްގައި ފާހަގަކޮށްފައިވާ ގޮތުގައި ސެލްސިއަސްއަށް ސޮއިކުރި ޔޫޒަރުން ވަނީ ކޮންމެ ވަގުތެއްގައި ވެސް ހަމައެކަނި ފައިސާ ނެގުން ހުއްޓާލުމަށް ސެލްސިއަސްއަށް ފުރުސަތު ދޭ ހިދުމަތުގެ ޝަރުތުތަކަށް އެއްބަސްވެފައެވެ. އަދި މިފަދަ ހަރުކަށި ޢިބާރާތްތަކުން ބޭންކްރަޕްސީ ޕޭޕަރވޯކްސްގައި އެ ހުރިހާ ކަމެއް ބަޔާންކޮށްފައި ވުމަކީ ތެދުވެރިކަމާއެކު ތަންކޮޅެއް ހައިރާންކުރުވަނިވި ކަމެކެވެ.

ބޭންކްރަޕްސީ ފައިލިންގްސްގައި ނުފެންނާނެ އެއް ކަމަކީ ފާއިތުވި އަހަރުތަކުގައި ސެލްސިއަސްގެ އެގްޒެކެޓިވްސް އެމީހުންގެ އަމިއްލަ ކްރިޕްޓޯ ޓޯކަން އިން ކޭޝްކުރީ ކިހާ ވަރެއްތޯއެވެ. ފައިނޭންޝަލް ޓައިމްސް އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން އެ ކުންފުނި އުފެއްދި ފަހުން ސެލްސިއަސްގެ ކޯ ފައުންޑާ އަދި ސީއީއޯ އެލެކްސް މާޝިންސްކީ ވަނީ ގާތްގަނޑަކަށް 44 މިލިއަން ޑޮލަރުގެ އަގުހުރި ކްރިޕްޓޯ ވިއްކާފައެވެ.

އެމީހުން އެތިބީ ކްރެޑިޓަރުންގެ ދިގު ރާސްތާއެއްގައި، އެންމެން ވެސް އުންމީދު ކޮށްގެން ތިބީ ސެލްސިއަސް އިން ކޮންމެވެސް އެއްޗެއް ސަލާމަތް ކުރާނެ ކަމަށެވެ. ސެލްސިއަސް އިން ބުނަނީ މި ހުރިހާ ކަމެއް ކުރުމަށް ފަހު އަލުން އޮގަނައިޒްކޮށް ކުންފުންޏެއްގެ ގޮތުގައި އަލުން ބައުންސް ވާން ބޭނުންވާ ކަމަށެވެ. އެކަމަކު މިހާ ގިނަ ބިލިއަން ޑޮލަރެއް ގެއްލުނު ތަނެއްގައި ފައިސާ އިންވެސްޓްކުރަން ބޭނުންވާ މީހަކު ތަސައްވުރު ކުރުމަކީ އުނދަގޫ ކަމެކެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.