އައިއޯއެސް 16- އެތައް ބަޔަކަށް އަޕްގްރޭޑް އިންޒާރެއް!

އަޙްމަދު ދާއޫދު 17 ޖުލައި 2022

އައިއޯއެސް 16 އަށް ތިބާގެ އައިފޯން އަޕްގްރޭޑް ކޮށްފިންހެއްޔެވެ؟ އައިފޯން ބޭނުންކުރާ އެތައް މިލިއަން މީހުންނަށް މިވަނީ އަޕްގްރޭޑް އިންޒާރެއް ނެރެފައެވެ.

އައިއޯއެސް 16 ލޯންޗް ކުރާއިރު، އައިފޯން ބޭނުންކުރާ އެތައް މިލިއަން ބަޔަކު ފޯނު އަޕްގްރޭޑް ކުރުމަށް އިންޒާރެއް އަތުވެދާނެއެވެ. އެއީ އައިއޯއެސް 16 އަކީ ހަމައެކަނި އައިފޯން 8 އާއި އެއަށް ވުރެ މައްޗަށް ސަޕޯޓް ކުރާ ވާޝަން އަކަށް ވާތީ، ބައެއް ފީޗާސްތަކަށް ފަހުގެ އެޕަލް ޑިވައިސްއެއް ފަންކްޝަން ކުރަން ވެސް ބޭނުންވާތީ އެވެ.

މިއީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ގޯސް ޚަބަރެކެވެ. އެހެނީ ހަމައެކަނި އައިއޯއެސް 16 ގެ ފީޗާސްތަކުގެ ސަބަބުން ތިބާ އަށް މިސްވާނެ ކަމެއް ނޯންނާނެއެވެ. އައިއޯއެސް 16 އަށް އަޕްގްރޭޑް ނުކުރެވޭ ނަމަ، އޭގެ މާނައަކީ އައިފޯނަށް ސެކިއުރިޓީ އަޕްޑޭޓްތައް ވެސް ނުލިބޭނެ ކަމެވެ.

ފަހުގެ އައިފޯންސެކިއުރިޓީ އަޕްޑޭޓްތަކާ އެކު އެޕަލް އިން ވަރަށް ޕްރޯއެކްޓިވްކޮށް، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް މަހުން މަހަށް އެޕަލްގެ އަޕްޑޭޓްތައް ރިލީޒް ކުރަން ބާރު އެޅި އެވެ. އޭގެ ތެރެއިން ބައެއް ސެކިއުރިޓީ އަޕްޑޭޓްތަކަކީ އައިފޯނާއި އައިޕެޑްގެ ނާޒުކުކަން މިހާރުވެސް އެކްސްޕްލޮއިޓް ކުރަމުން އަންނަ އަޕްޑޭޓްތަކެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ރިއަލް ލައިފް އެޓޭކްތަކުގައި ދެކޮޅުވެރިފަރާތްތަކުން ބޭނުންކުރަމުން އަންނަ އަޕްޑޭޓްތަކެކެވެ.

މީގެ ކުރިން އެއީ މައްސަލައަކަށް ނުވެދާނެއެވެ. އައިއޯއެސް 15 ނުކުތްތާ މަސްތަކެއް ފަހުން އެޕަލް އިން އައިއޯއެސް 14 އަޕްޑޭޓްކޮށް، މުހިންމު ސެކިއުރިޓީ އަޕްގްރޭޑްތަކެއް ކުރި އެވެ. އޭގެ ފަހުން އެޕަލް އިން އައިއޯއެސް 14 އަޕްޑޭޓްތައް ހުއްޓާލިއެވެ. އޭގެ މާނައަކީ އައިއޯއެސް 15 ގެ އެންމެ ފަހުގެ ވާޝަން އަށް އަޕްގްރޭޑް ކުރަން މަޖުބޫރުވުމެވެ. އަދި އެހިސާބުން ޔޫޒަރުންނަށް ޖެހުނީ އައިއޯއެސް 15 އަޕްގްރޭޑް ކުރުމުން އައިފޯނު ރައްކާތެރިތޯ ޔަގީން ކުރާށެވެ.

އައިއޯއެސް 15 އާއި ހިސާބުން އައިފޯންގެ ނާޒުކުކަން ވަކިން ބޮޑަށް ސީރިއަސްވެ ބައެއް ޔޫޒަރުންގެ ކަންބޮޑުވުން އިތުރުވިއެވެ. އެހެންކަމުން އެޕަލް އިން ކުރީގެ އޮޕަރޭޓިން ސިސްޓަމްތަކުގެ އަޕްޑޭޓްތައް ނެރެން ފެށިއެވެ. މިސާލަކަށް އައިއޯއެސް 12.5.5 ޕެގަސޫސް އެޓޭކްތަކަށް ބޭނުންކުރި މައްސަލަ ޕެޗްކޮށްފައި އަޕްޑޭޓެއް ރޯލް އައުޓް ކުރިއެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އައިފޯން ޔޫޒަރުންނަށް އެންމެ ރައްކާތެރި ގޮތަކީ އައިފޯނުގެ އެންމެ ފަހުގެ ވާޝަންގައި ރައްކާތެރިވެ ތިބުމެވެ.

އައިއޯއެސް 16 އައިފޯން - ތުން ތިބުމަށް ކުރަންވީ ކަންތައް.

އެއީ އައިޑިއަލް ކަމެއް ނޫނެވެ. އަހަރެމެން އެންމެންވެސް ޤަބޫލުކުރާގޮތުގައި އައިފޯނެއްގެ ހަޔާތަކީ ނިމުމެއް ނެތް އެއްޗަކަށް ވާއިރު، މި އަހަރުގެ ފަހުކޮޅު އައިއޯއެސް 16 ނިކުންނައިރު ކޮންމެ މީހަކަށް އެމީހެއްގެ ޑިވައިސްތައް އަޕްގްރޭޑް ކުރުމުގެ ގާބިލްކަމެއް ނެތެވެ. އެެހެންކަމަށް ވާއިރު ދެން ކުރެވޭނެ ކަމަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑުމެން އުންމީދު ކުރަނީ އައި.އޯ.އެސް 14 އާ އެއްގޮތަށް، މުހިންމު ސެކިއުރިޓީ އަޕްޑޭޓްތަކާ އެކީ، އެޕަލް އިން އައި.އޯ.އެސް 15 ވެސް އަޕްގްރޭޑް ކުރަމުން ގެންދާ ކަމަށެވެ. އައިއޯއެސް 15 އަޕްޑޭޓް ކޮށްފިނަމަ އައިއޯއެސް 15 ގައި ދެމި ތިބުމަށް އިތުރު މުއްދަތެއް ނަގާނެ އެވެ.

އަނެއްކޮޅުން އައިއޯއެސް 16 ނުކުތުމުން އައިފޯން ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް އެބަހުއްޓެވެ. އާންމު އައިފޯން ސެކިއުރިޓީއަށް، ޑައުންލޯޑް ކުރާ އެޕްތަކަށް ސަމާލުވާށެވެ. ހަމައެއާއިއެކު އައިފޯންގައި ހުރި އެޕްތައް ޤަވާއިދުން ޗެކްކޮށް ބޭނުން ނުވާ އެޕެއް އިންނަމަ ޑިލީޓްކުރުމަކީ ވެސް ބުއްދިވެރި ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.