ވަޓްސްއެޕްއިން އޮންލައިން ސްޓޭޓަސް ނުފެންނަ ގޮތްހަދަނީ

އައިމިނަތު މިންހާ 21 ޖުލައި 2022


އައިއޯއެސްއަށް ޚާއްސަ ވަޓްސްއެޕްއިން މި އެޕް ބޭނުންކުރާ ފަރާތްތައް އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ފީޗާއެއްކަމަށްވާ އޮންލައިން ސްޓޭޓަސް ނުފެންނަގޮތް ހެދެމުގެ މަސައްކަތް ފަށައިފިއެވެ. މި ފީޗާގެ ސަބަބުން މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އޮންލައިން ސްޓޭޓަސް އެންމެންނަށްވެސް ނުފެންނަ ގޮތް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޑަބްލިޔުއޭބީޓާއިންފޯ އިން ފާހަގަކޮށްފައިވާ ގޮތުގައި ވަޓްސްއެޕް އިން ވަރަށް އަވަހަށް މި ފީޗާ ތަޢާރަފް ކުރެވިގެންދާނެއެވެ. މި ފީޗާގެ ސަބަބުން މިހާރުގެ ނިޔަލަށް، ކޮންޓެކްޓްތަކަށް، ބައެއް މީހުންނަށް، ނުވަތަ އެއްވެސް މީހަކަށް ނުފެންނަ ގޮތަށް އެމީހުންގެ "އެންމެ ފަހުން ފެނުނު" މައުލޫމާތު ހިއްސާކުރުމުގެ ފުރުޞަތު ވަޓްއެސްއެޕް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިއާ ފީޗާސް ތަކާއެކު ޕްރައިވެސީ ފީޗާ ތަރައްޤީ ކުރަމުންދާއިރު ވަޓްސްއެޕް އިން ވެސް ތައްޔާރު ކުރަމުން އަންނަ މުހިންމު އަނެއް ފަންކްޝަނަކީ މެސެޖެއް އެޑިޓް ކުރުމުގެ ތަނަވަސްކަން ހޯދައިދިނުމެވެ. ވަޓްސްއެޕްގެ މެސެޖުތައް ޑިލިޓްކުރެވުނު ނަމަވެސް އެ މެސެޖުތައް އެޑިޓް ކުރުމުގެ ގާބިލްކަން މިހާތަނަށް ފޯރުކޮށްދެވިފައެއް ނުވެއެވެ. ވަޓްސްއެޕްއަށް އަންނަ އެންމެފަހުގެ ބަދަލުތަކާއި އެކު މިކަންތައްވެސް ބަދަލްވެގެންދާނެކަމަށް ވެއެވެ.

ޑަބްލިޔުއޭބީޓާއިންފޯ އިން ރިޕޯޓްކުރާ ގޮތުގައި ވަޓްސްއެޕް އިން އެންމެ ފަހުން މިހާރު ތައްޔާރުވަމުންދަނީ މެސެޖުތަކަށް ރިއެކްޓް ކުރުމުގެ އާ ވަރޝަނެކެވެ. އެ ޕަބްލިކޭޝަންގައިވާ ގޮތުން ވަޓްސްއެޕްގެ ޑައިރެކްޓް މެސެޖްސް ފީޗާގައި އިންސްޓަގްރާމް އިން ކުރާ ފަދައިން ކޮންމެ އިމޯޖީއަކުން ވެސް މެސެޖަކަށް ރިއެކްޓް ކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.