1 ބިޓްކޮއިން މައިން ކުރަން ކިހާވަރެއް ޚަރަދުވާކަން އިނގޭތަ؟

އަޙްމަދު އަޙްސަން 21 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަން އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނި ގޮތުން، ޖޫން މަހުން ފެށިގެން އެއް ބިޓްކޮއިންގެ ޕްރޮޑަކްޝަން ކޮސްޓް ވަނީ 24،000 ޑޮލަރުން 13،000 ޑޮލަރަށް ދަށްވެފައެވެ.

ބިޓްކޮއިންގެ ޕްރޮޑަކްޝަން ކޮސްޓް އަކީ ދުވާލެއްގެ މައްޗަށް އެއް ބިޓްކޮއިން ނެގުމުގެ އެވްރެޖް ޚަރަދެވެ. މި ހަރަދު މައިގަނޑު ގޮތެއްގައި ބަރޯސާވަނީ މައިންކުރާ މީހުންގެ މެޝިންތައް ހިންގުމަށް ކުރާ ކަރަންޓުގެ ހަރަދުގެ މައްޗަށެވެ. އަދި މިއާއި އެކު ހިމެނޭ އެހެނިހެން ހަރަދު ތަކެވެ.

ބިޓްކޮއިންގެ އަގު މި ޚަރަދަށްވުރެ މަތީގައި ހިފެހެއްޓިފައި އޮތްހާ ހިނދަކު، މައިން ކުރުން އަދިވެސް ފައިދާގައި އޮތްއިރު، މާކެޓްގެ ގިނަ އޮބްޒާވަރުން ލަފާކުރާ ގޮތުގައި، ޕްރޮޑަކްޝަން ކޮސްޓް އަކީވެސް ބެއަރ މާކެޓެއްގައި ބިޓްކޮއިންގެ އަގު ދަށްވާ މިންވަރެއްގައި އޮތުމުން ބޭނުންކުރެވިދާނެ ޚަރަދެކެވެ.

'ނިއުޔޯކުގެ މި މަޝްހޫރު ބޭންކުން ބުނީ ބިޓްކޮއިންގެ އަގު 13،000 ޑޮލަރަށް ދަށްވެދާނެ ކަމަށާއި މިއީ މިއަދުގެ އަގުތަކަށްވުރެ 45 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.

ނިކޮލޯސް ޕަނިގިރްޓްސޮގްލޯ އިސްކޮށް ހުންނަވައިގެން ޖޭޕީމޯގަން ސްޓްރެޓެޖިސްޓުން ލިޔުއްވާފައިވާ ގޮތުގައި "މައިން ކޮށްގެން ފައިދާވާއިރު، އަދި ލިކުއިޑިޓީ މަތިކުރުމަށް ނުވަތަ ޑީލިވަރޭޓް ކުރުމަށް ބިޓްކޮއިން ހޯލްޑިންގްސް ވިއްކުމަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެހީތެރިވެދޭއިރު، ޕްރޮޑަކްޝަން ކޮސްޓް ދަށްވުމަކީ ބިޓްކޮއިންގެ އަގުގެ އައުޓްލުކް ކުރިއަށް ގެންދިޔުމަށް ނެގެޓިވް ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ."

އެމީހުންގެ މައިގަނޑު އަންދާޒާތައް ބިނާކޮށްފައިވަނީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުވުމުގެ މައްޗަށެވެ.

އަދިވެސް އެހެން މެޓްރިކްސް އިން ލީޑް ކްރިޕްޓޯކަރަންސީއަށް ތަންކޮޅެއް ތަފާތު އޮބްޒަވޭޝަނެއް ފެނެއެވެ.

'މެކްރޯމައިކްރޯ' އިން ނެގި ޑޭޓާތަކަށް ބަލާއިރު، މިސާލަކަށް، ޕްރޮޑަކްޝަން ކޮސްޓް އަދިވެސް 17،700 ޑޮލަރަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް އެބަދޭ. "ބިޓްކޮއިންގެ މާކެޓް ވެލިއުއަށް ވުރެ މައިނިންގ ކޮސްޓް ކުޑަވުމުން، އިތުރު މައިނާސް ވެސް ގުޅިދާނެ. މައިނާސްގެ އާމްދަނީއަށް ވުރެ މައިނިންގ ކޮސްޓް ބޮޑުވީމާ، މައިންކުރާ މިހުން މަދުވާނެ،" ޑޭޓާ ޕްރޮވައިޑަރުގެ ސައިޓުން ބަޔާންކޮށްފައިވެއެވެ.

މި ދެ އިދާރާއިންވެސް ބިޓްކޮއިންގެ ޕްރޮޑަކްޝަން ކޮސްޓް ހިސާބުކުރަނީ ކެމްބްރިޖް ބިޓްކޮއިން އިލެކްޓްރިސިޓީ ކޮންސަމްޕްޝަން އިންޑެކްސް (ސީބީއީސީއައި) ޑޭޓާ ބޭނުންކޮށްގެންނެވެ. ނަމަވެސް ސީބީއީސީއައި އިން ދޭ ޑޭޓާ ބަރޯސާވަނީ މައިނާސްގެ އެވްރެޖް ކަރަންޓުގެ ހަރަދުގެ މައްޗަށް ކަމަށްވާއިރު، މިކަމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ހިސާބުތަކަށް ދެނެގަތުމަށް އަސަރުކޮށްފާނެއެވެ.

އަދި އިންފްރާސްޓްރަކްޗާ އާއި ހާޑްވެއާ އާއި މައިނިންގ ފާމްތައް ބެލެހެއްޓުމަށް މުވައްޒަފުން ނެގުން ފަދަ އެހެން ހަރަދުތައް ވެސް ތަފާތު ކުރެވިދާނެއެވެ.

ބިޓްކޮއިން މައިނިންގ ފާމެއް ކަމަށްވާ ކްލީންސްޕާކްގެ ސީއީއޯ ޒެކް ބްރެޑްފޯޑް، ބުނި ގޮތުގައި "ޕްރޮޑަކްޝަން ކޮސްޓް ވަރަށް ބޮޑަށް ތަފާތުވަނީ ރިގްސްގެ ބާވަތްތަކާއި، ކަރަންޓްގެ ޚަރަދާއި، ލޭބަރ ކޮސްޓްސް އަދި ފެސިލިޓީ މެއިންޓެނަންސްއަށް ވެސް ބިނާކޮށް" ކަމަށެވެ.

ބްރެޑްފޯޑް އިތުރަށް ބުނީ އޭނާގެ ޓީމުގެ ތަހުލީލުތަކުން ދައްކާގޮތުން ޕްރޮޑަކްޝަން ކޮސްޓް ޖޭޕީމޯގަންގެ ހިސާބުތަކަށް ވުރެ ވެސް ކުޑަ ކަމަށެވެ.

"އެންމެ ފަހުގެ ޖެނެރޭޝަން ރިގްސް ތައް ހިންގާ ގިނަ ޕަބްލިކް މައިނިންގ، އަދި ސްޓްރެޓީޖިކް ޕަވަރ މެނޭޖްމަންޓް ކޮންޓްރެކްޓްތައް ހަދައިގެން، އަޅުގަނޑުމެންގެ އެތެރޭގެ ރިސާޗްތަކުން ޕަބްލިކް މައިނިންގ އަށް މި އަދަދު 12،000 ޑޮލަރާ ގާތްކުރެވޭ" އޭނާ ވިދާޅުވި އެވެ. "އެކަމަކު ކުންފުންނީތަކުގެ ތެރޭގައި ވެސް ފެސިލިޓީގެ ގޮތުން ތަފާތުވާނެ. ކްލީންސްޕާކް، މިސާލަކަށް އެއަށް ވުރެ ދަށް ފެސިލިޓީސް އެބަހުރި."

އޭގެ މާނައަކީ ބިޓްކޮއިން 12،000 ޑޮލަރަށްވުރެ މަތީގައި ދެމިއޮތްހާ ހިނދަކު، ޕަބްލިކް މައިނިންގ އަކީ އަދިވެސް ފައިދާ ހުރިކަމެކެވެ.

ޕްރޮޑަކްޝަން ކޮސްޓްގެ ތަފާތުތަކަށް ބެލުމެއް ނެތި، ނޮވެމްބަރު މަހުން ފެށިގެން ބިޓްކޮއިންގެ އަގު ވެއްޓެން ފެށުމުން ގާތްގަނޑަކަށް ހުރިހާ މައިނާސް އަށް ވަނީ ޕްރެޝަރު އައިސްފައެވެ.

ގްލާސްނޯޑް ވަނީ ޕުއެލް މަލްޓިޕްލް ކިޔާ އެއްޗެއް ބޭނުންކޮށްގެން މި ސްޓްރެސް ގެ ވާހަކަ ކިޔައިދީފަ އެވެ.

މި މެތަމެޓިކަލް މޮޑެލްގައި ބިޓްކޮއިން މައިންކުރާ މީހުންގެ ޖުމްލަ އާމްދަނީގެ އަގު ބުނެދެއެވެ. މެޓްރިކް ޚާއްސަކޮށް ދަށްވުމުން، މައިންކުރާ މީހުންގެ އެވްރެޖްކޮށް އާމްދަނީ ދަށްވޭ، އެހެންކަމުން ބިޓްކޮއިން ވިއްކާލުން ނުވަތަ ބައެއް މެޝިންތައް ޝަޓްޑައުން ކުރުމުގެ ފުރުސަތު ބޮޑެވެ. މިދުވަސްތަކުގައި އެމީހުންނަށް މިލިބެނީ ކުރީގައި ލިބޭ އާމްދަނީއަށް ވުރެ މާކުޑަ އާމްދަނީއެކެވެ.

"ބިޓްކޮއިން މައިނާސް އަށް 12 މަހުގެ އެވްރެޖަށް ވުރެ 49 އިންސައްތަ އާމްދަނީ ލިބޭ. މިއިން ދޭހަކޮށްދެނީ މައިނިންގ އަކީ ފައިދާ ލވާ ކަމެއްކަން،" ގްލާސްނޯޑް ނެރުނު ރިޕޯޓެއްގައި ލިޔެފައިވެއެވެ.

ކޮވިޑް-19 ގެ ހާދިސާއާއި، ޗައިނާގެ ކްރިޕްޓޯ މަނާކުރުމާއި، ދާދިފަހުން އަގުތަކަށް އައިބަދަލު ފަދަ ހާދިސާތައް ކޯރިލޭޓް ވަނީ މަދު ޕުއެލް މަލްޓިޕްލް އެއްގެ ސަބަބުންނެވެ.

ޕުއެލް މަލްޓިޕްލް (އޮރެންޖް) ޑްރޮޕްވަމުން އަންނައިރު، މައިން ކުރުމުގެ (ޔެލޯ) ނުރައްކާ ބޮޑެވެ. މައިނާސް އަށް ފައިދާ ކުޑަވެ، އެމީހުންގެ ހޯލްޑިންގްސް ވިއްކާލަން މަޖުބޫރުވެދާނެ. ފޮޓޯ: ގްލާސްނޯޑް

ފަހުގެ ހެޑްލައިންތަކުން ވެސް ކަށަވަރުކޮށްދޭ ގޮތުގައި، މިދިޔަ މަހު އާއްމުކޮށް ބިޓްކޮއިން މައިން ކުރާ 'ކޯރ ސައިންޓިފިކް އިންކް' އިން ވަނީ އެވްރެޖްކޮށް 23،000 ޑޮލަރުގެ އަގެއްގައި ގާތްގަނޑަކަށް 7000 ބިޓްކޮއިން ވިއްކާފައެވެ. ހަމަ އެހެންމެ 'އަލްގޯ ބްލޮކްޗެއިން' އިން ވެސް ވަނީ ހަރަދުތައް ފޫބެއްދުމަށް ޓަކައި އެންމެ ކުރީގައި އުޅޭ ކްރިޕްޓޯކަރަންސީގައި ގާތްގަނޑަކަށް 15.6 މިލިއަން ޑޮލަރު ވިއްކާފައެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.