2000 އިން ފެށިގެން މިއަދާ ހަމަޔަށް އައި އިރު ޕްރޮގްރާމިން ލެންގުއޭޖް ތަކުގެ ދުނިޔެ މިވަނީ މުޅިން ބަދަލުވެފައެވެ.
އެތަކެއް ކޮމްޕިއުޓިން މެޝިންތަކެއް ވަރުގަދަ ޕްރޮސެސިން ޕަވަރާއެކު އައިސް މިވަނީ ފަސޭހަވެފައެވެ. މިގޮތަށް ކޮމްޕއުޓިން ހާޑްވެއާތަކަށް ބަދަލު އައުމުން އެއާ އެއްވަރަކަށް ޕްރޮގްރާމިން ލެންގުއޭޖްތައްވެސް ކުރިއަރަން ޗާންސް ލިބިގެން ދިޔައީއެވެ.
މިހާރު، ގާތްގަނޑަކަށް ހުރިހާ އައި.ޓީ ސެކްޓާގެ ވަޒީފާތަކުގައިވެސް ކޮންމެވެސް ވަރަކަށް ކޯޑު ކުރުމުގެ ހުނަރަކީ މުހިންމު ހުނަރަކަށް ވެއްޖެއެވެ. ގިނަ ކޮލެޖާއި ސްކޫލްތަކުންވެސް ދަރިވަރުންނަށް ޕްރޮގްރާމިން ލެންގުއޭޖްގެ މުހިންމުކަން ދަނީ ދަސްކޮށްދެމުންނެވެ.
މިދުވަސްވަރު އެންމެ މަޤުބޫލް ޕްރޮގްރާމިން ލެންގުއޭޖްތަކަށް މި އާޓިކަލްގައި އަލިއަޅުވައިލާނަމެވެ.
ޖާވާސްކްރިޕްޓް
މިއީ ހައި ލެވަލް ޕްރޮގްރާމިން ލެންގުއޭޖެއް ގޮތުގައި ކެޓަގަރީ ކުރެވިފައިވާ ލެންގުއޭޖެކެވެ. ކްލައަންޓް ސައިޑް ޕްރޮގްރާމިން ލެންގުއޭޖެއް ގޮތުގައި ގާތްގަނޑަކަށް %95 ވެބްސައިޓްތަކުގައި މި ލެންގުއޭޖް ބޭނުން ކުރެެއެވެ.
ޖާވާސްކްރިޕްޓަކީ ކުރިން ހަމަ އެކަނި ވެބް ބްރައުޒާ ޑެވެލޮޕްމަންޓްތަކަށް ބޭނުންކުރި ޕްރޮގްރާމިން ލެންގުއޭޖެކެވެ. ނަމަވެސް މިހާރު މިއީ ސާވާ ސައިޑް ވެބްސައިޓް ޑެވެލޮޕްމަންޓް ތަކުގައްޔާއި ބްރައުޒާ ނޫން އެޕްލިކޭޝަން ޑެވެލޮޕްމަންޓްތަކުގައިވެސް ބޭނުންކުރާ ލެންގުއޭޖެކެވެ.
ޕައިތަން
މިއީ އަލަށް ކޯޑު ކުރަން ފަށާ މީހުންނަށް ދަސްކުރަން ފަސޭހަ ޕްރޮގްރާމިން ލެންގުއޭޖެކެވެ. އެއީ މި ލެންގުއޭޖަކީ ކިއަން އެނގި، ހިލޭ ބޭނުން ކޮށް އޯޕަން-ސޯސް ލެންގުއޭޖަކަށް ވާތީވެއެވެ. އެހެނިހެން ވެބް ސާވިސްތަކާއި އިންޓަގްރޭޓް ކުރުމަށްވެސް ޕައިތަން އަކީ ފަސޭހަ ލެންގުއޭޖެކެވެ.
މީގެ އިތުރަށް ޕައިތަންގައި ޑޭޓާ ސްޓްރަކްޗާ ބޭނުން ކުރުމަށް ފަސޭހަވެ، ގްރެފިކަލް ޔޫޒާ އިންޓަފޭސް އެޕްލިކޭޝަންތަކުގައިވެސް މި ލެންގުއޭޖް ބޭނުން ކުރެވެއެވެ.
ޖާވާ
ޖާވާ އަކީ މޮޑާން ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ މަޤުބޫލް އެއް ޕްރޮގްރާމިން ލެންގުއޭޖެކެވެ. ޖެނެރަލް ޕާޕޯސްކޮށް ބޭނުން ކޮށްލެވޭ ޕްރޮގްރާމިން ލެންގުއޭޖްތަކުގެ ތެރެއިންވެސް އެއް ލެންގުއޭޖަކަށް ޖާވާ ފެތެއެވެ.
އަދި މީގެ އިތުރަށް އޮބްޖެކްޓް އޮރިއެންޓެޑް ސްޓްރަކްޗާ ބޭނުންކޮށް ޕްލެޓްފޯމްގެ ކޭޕެބިލިޓީސް ކޮންމެ ގޮތަކަށް ހުރިކަމުގައިވިޔަސް ޖާވާ ބޭނުން ކުރެވޭނެއެވެ.
ގިނަ ބަޔަކަށް ޖާވާ އެނގެނީ ސްމާޓްފޯންތަކުގެ މެއިންފްރޭމް ޑޭޓާ ސެންޓާތަކަށް އެޕްލައި ކުރެވިފައިވާ ލެންގުއޭޖެއް ގޮތުގައެވެ.
ސީ / ސީ++
ސީ އަކީ މިޑް ލެވެލް ޕްރޮގްރާމިން ލެންގުއޭޖެކެވެ. ސީ++ އަކީ ހައި ލެވެލް ޕްރޮގްރާމިން ލެންގުއޭޖެކެވެ. މި ދެ ލެންގުއޭޖަކީވެސް ކްލެސިކް ޕްރޮގްރާމިން ލެންގުއޭޖްތަކެކޭ ބުނެވިދާނެއެވެ. އެއީ ގާތްގަނޑަކަށް އައި.ޓީ އިންޑަސްޓްރީއަށް ވަންނަ ކޮންމެ ޑެވެލޮޕަރަކީ މި ލެންގުއޭޖް ކޮންމެވެސް ވަރަކަށް އިނގޭނެ މީހަކަށް ވާތީވެއެވެ.
ސީ އަކީ ސޮފްޓްވެއާ ޑެވެލޮޕްމަންޓް ފަށާ ކޮންމެ މީހަކަށްވެސް މަޖުބޫރުކޮށް ދަސްކުރަން ގިނަ މީހުން ބުނެފައިވާ ލެންގުއޭޖެކެވެ. ސީ ޕްރޮގްރާމިން ލެންގުއޭޖް އުފެދުނީ ސީ++ އިންނެވެ.
ކޮޓްލިން
ކޮޓްލިން އަކީ އެންޑްރޮއިޑް އެޕްތަކާއި، ވެބް އެޕްލިކޭޝަން، ޑެސްކްޓޮޕް އެޕްލިކޭޝަނާއި ސާވާ ސައިޑް އެޕްލިކޭޝަން ޑެވެލޮޕްމަންޓުތަކުގައި ބޭނުން ކުރެވޭ ޖެނެރަލް ޕާޕަސް ޕްރޮގްރާމިން ލެންގުއޭޖެކެވެ.
ކޯސެރާ، ޕިންޓްރެސްޓް، ޕޯސްޓްމޭޓްސް ފަދަ މަޝްހޫރު އެޕްލިކޭޝަން ޑެވެލޮޕް ކުރުމަށް ބޭނުން ކޮށްފައިވަނީ ކޮޓްލިން ޕްރޮގްރާމިން ލެންގުއޭޖެވެ.
މެޓްލެބް
މެޓްލެބަކީ ޕްރޮޕްރައިޓަރީ ޕްރޮގްރާމިން ލެންގުއޭޖެކެވެ. މިއީ އާންމުކޮށް ޑޮމެއިން ސްޕެސިފިކް ކޮށް ނުވަތަ އިންޓާނަލް ސްކްރިޕްޓިންއަށް ވަކި ޕްރޮޑަކްޓަކަށް ބޭނުން ކުރެވޭ ލެންގުއޭޖް ތަކެކެވެ. ޙާއްސަކޮށް މި ޕްރޮގްރާމިން ލެންގުއޭޖެ ބޭނުން ކުރަނީ ސައިންޓިސްޓުންނާއި އިންޖިނިއަރުންނެވެ.
މެޓްލެބް ޕްރޮގްރާމިން ބޭނުންކޮށްގެން ޑޭޓާ އެނެލައިޒްކޮށް އަލްގޮރިދަމް ހަދައި، ފޮޓޯ ޕްރޮސެސްކޮށް ދިރާސާތަކަށް އެހީ ހޯދައި އުޅެއެވެ.
ޕީ.އެޗް.ޕީ
މިއީ ސްކްރިޕްޓިން ލެންގުއޭޖެއް ގޮތަށް ބޭނުން ކުރަމުން އަންނަ ޕްރޮގްރާމިން ލެންގުއޭޖެކެވެ. ރިޕޯޓުތަކުން ހާމަ ކުރާ ގޮތުގައި މުޅި ދުނިޔޭގައި ގާތްގަނޑަކަށް 22 އިންސައްތަ ޕްރޮފެޝަނަލުން ޕީ.އެޗް.ޕީ ބޭނުން ކުރެއެވެ.
ގިނަ ޕްރޮގްރާމިން ލެންގުއޭޖްތަކާއި އެއްފަދައިން މިވެސް އޯޕަން ސޯސް ލެންގުއޭޖެކެވެ.
ސްވިފްޓް
އެހެން ޕްރޮގްރާމިން ލެންގުއޭޖްތަކާއި ސްވިފްޓް އަޅާބަލާނަމަ މިއީ ވަރަށް ކުޑަ މިންވަރަކަށް ކޯޑިން ހުނަރު ބޭނުން ކުރާ ލެންގުއޭޖެކެވެ.
އާރު
މިއީ އެހާ މަޝްހޫރު ލެންގުއޭޖަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ ސްޓެޓިސްޓިކަލް ކޮމްޕިއުޓިންއަށާއި ޑިޒައިން ކުރުމަށް ޝައުޤު ހުންނަ މީހުންނަށް ރަނގަޅު ޕްރޮގްރާމިން ލެންގުއޭޖެކެވެ.
އާރު ލެންގުއޭޖު ބޮޑަށް ބޭނުން ކުރަނީ ޑޭޓާ އެނެލައިސިސް ކުރުމަށާއި ވިޝުއަލައިޒް ކުރުމަށާއި އެކި ވައްތަރުގެ ޑޭޓާ އެކްސްޕެރިމަންޓު ކުރުމުގައެވެ.
ރަސްޓް
ރަސްޓް ޕްރޮގްރާމް ލެންގުއޭޖަކީ މޮޑާން ޕްރޮގްރާމިން ލެންގުއޭޖް ތަކުގެ ތެރެއިން މަޤުބޫލް އެއް ލެންގުއޭޖެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި %86 މީހުން މި ލެންގުއޭޖް ބޭނުން ކުރަމުންދާނެ ކަމަށް ބުނެއެވެ.
މިއީ މަލްޓި-ޕެރެޑައިމް ޕްރޮގްރާމިން ލެންގުއޭޖެއް ކަމުން ޑެވެލޮޕަރުންނަށް މި ލެންގުއޭޖް ބޭނުން ކޮށްގެން މަސައްކަތް ކުރާއިރު ތަފާތު އެކި ވައްތަރުގެ ޕްރޮގްރާމިން ސްޓައިލް ގެންގުޅެވިދާނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.