ގޫގަލް ޕްލޭސްޓޯރ އަށް 10 އަހަރު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ޕްލޭ ސްޓޯރއަށް ދިހަ އަހަރު ފުރުމާ ގުޅިގެން ގޫގަލްއިން ދަނީ މިމުނާސަބާތް ކުލަގަދަކޮށް ފާހަނގަ ކުރަމުންނެވެ. އެގޮތުން އާ ލޯގޯއެއް ތައާރަފްކުރުމާއި ، 25 ޖުލައިއިން ފެށިގެން ހާއްސަ ޕްރޮމޯޝަންއެއް ހިންގުމަށްވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ޕްލޭ ސްޓޯރއިން އެޕްސްއާއި ފޮތްފަދަ ތަކެތި ގަންނަ މެމްބަރުންނަށް އާދައިގެ ދިހަ ގުނަ ޕްލޭ ޕޮއިންޓްސް ލިބޭނެއެވެ.

2012 ވަނަ އަހަރު ގޫގަލްއިން ޕްލޭ ސްޓޯ ތައާރަފްކުރީ އޭރު އެކުންފުނީގެ ހުރިހާ އޮންލައިން ސޮޓޯރތަކާއި އެޕްތައް އެއްތަނަކުން ގަނެވޭގޮތް ހެދުމަށެވެ. ނަތީޖާއެއްގެ ގޮތުން ގޫގަލްގެ ހުރިހާ އެޕްތައް އެންޑްރޮއިޑް މާކެޓަށް ނިސްބަތްވެ، ގޫގަލްއިން ވިއްކާ ކޮންމެ އެއްޗެއް އެއް ވެބްސައިޓަކުން ލިބޭގޮތްވިއެވެ. އަދި ގޫގަލް ޕްލޭ ސޮޓރޯގެ މަގުބޫލުކަން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެތެރޭގައި އިތުރުވެ، މިހާރު 190 ގައުމެއްގެ، 2.5 ބިލިޔަނަށްވުރެ ގިނަމީހުން އޭތި ބޭނުންކުރެއެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ގޫގަލްއިން ވަނީ ތަފާތު ގިނަ ބަދަލުތަކެއް ޕްލޭސްޓޯރ އަށް ގެނެސްފައެވެ. އެގޮތުން 2018 ވަނަ އަހަރު ޕްލޭ ނިއުސްސްޓޭންޑް ގެ ނަން ގޫގަލް ނިއުސްއަށް ބަދަލުކުރިއެވެ. އަދި 2020 ވަނަ އަހަރު ޕްލޭ މިއުޒިކް ޔޫޓިއުބް މިއުޒިކްއަށް ބަދަލުކުރިއެވެ. މިއަހަރު ގޫގަލްއިން މަސައްކަތްކުރަނީ ޕްލޭސްޓޯރގެ ' މޫވީސް އެންޑް ޓީވީ ސެކްޝަން' ޕްލޭ ސްޓޯއިން ނެރެ، އެކުންފުނީގެ ޓީވީ އެޕްއަށް އެސެކްޝަން އެ ކުރުމަށެވެ.

ކަންމިހެންއޮތްކަމުގައިވިޔަސް އަދިވެސް ގޫގަލް ޕްލޭ ސޮޓޯރގައި މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން ފޯޓްނައިޓް އުފެއްދި ކުންފުނި ކަމަށްވާ އެޕިކް ގޭމްސްއިން ބުނެފައިވާ ގޮތުގައި ގޫގަލްއިންވަނީ ތާޑް ޕާޓީ ފޭއިމެންޓް ސިސްޓަމްގެ އުސޫލުތައް ހަރުކަށިކޮށް، މެނިފެކްޗަރުންނާއި މުއާމަލާތުކުރުން ހުއްޓުމަކަށް ގެނުވައިފައެވެ. ނަތީޖާއެއްގެގޮތުން ގޫގަލްއިންވަނީ މިއަހަރުގެ ޖޫންމަހު އެކުންފުނީގެ ޕޮލިސީތައް އިތުރަށް ހަރުކަށިކޮށްފައެވެ.

ޕްލޭ ސޮޓޯރއަކީ މިހާރު ގޫގަލްއާއި އެންޑްރޮއިޑްއަށް ވަރަށް މުހިންމު އެޕްއަކަށްވީ ނަމަވެސް މުސްތަޤުބަލުގައި ޕްލޭ ސްޓޯރގެ މަގުބޫލުކަން ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.