ސެމްސަންގް ވަން ޔޫ.އައި 5ގެ ރަސްމި ފޯރަމް މިހާރު ހުޅުވައިފި!

ބީޓާ ފާރމްވެއާރ ޓެސްޓްކުރާ ފަރާތްތަކަށް މިހަފްތާވެފައި މިވަނީ ވަރަށް ޚާއްސަ ހަފްތާއަކަށެވެ. ސެމްސަންގް އިންވަނީ އެކުންފުނީގެ ވަން ޔޫ.އައި 5ގެ ބީޓާ ފޯރަމް ރަސްމީކޮށް އެކުންފުނީގެ ވެބްސައިޓްގައި ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން މި ބީޓާ ޕްރޮގްރާމް ވަރަށްކައިރި މުސްތަޤްބަލެއްގައި އާންމުންނަށް ހުޅުވައިލާނެކަމަށް ބެލެއެވެ.

މި ވަން ޔޫ.އައި 5 ބޭނުންކުރާފަރާތްކުގެ ޚިޔާލު ހުރިގޮތްބެލުމަށް އާންމުކޮށް ސެމްސަންގް އިން ބޭނުންކުރާ މެމްބާރަސް އެޕް އާއި ކޮމިޔުނިޓީ ފޯރަމްތަށް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުުން ސެމްސަންގް ގެ ކޮމިޔުނިޓީ ވެބްސައިޓްގައި ވަން ޔޫ.އައި 5 ގެ ސެކްޝަންއެއް 'ވަން ޔޫ.އައި ބީޓާ ޕްރޮގްރާމް'ގެ ތެރެއަށް ވަނީ ހުޅުވައިފައެވެ. އަދި އާންމުނަށް ހުޅުވައިލައިފާ ނުވާތީ އެއްވެސް ކޮމިޔުނިޓީ ޕޯސްޓް އެއް ނެތެވެ. ނަމަވެސް އާންމުން ބޭނުންކުރަން ވަން ޔޫ.އައި 5 ހުޅުވައިލާ ހިސާބުން އެތައްބައެއްގެ ޚިޔާލާއި، ސުވާލުތަކުން ކޮމިޔުނިޓީ ވެބްސައިޓްގެ މިސެކްޝަން ފުރިގެންދާނެއެވެ.

ވަން ޔޫ.އައި 5 އަކީ އެންޑްރޮއިޑް 13 އަށް ޚާއްސަ ކޮށްގެންއުފައްދާ ފާރމްވެއާރ އަކަށްވާއިރު، ސެމްސަންގް އަކުން ގޫގަލް ގެ އެންޑްރޮއިޑް ބީޓާ ޓެސްޓިން ޕްރޮގްރާމްގައި ބައިވެރިވެފައެއްނުވެއެވެ. ނަމަވެސް ކޮރެއާގެ ޓެކް ޖަޔަންޓް ދަނީ އެކުންފުނީގެ ޕަބްލިކް އަމިއްލަ ޓެސްޓް ފޭސް އެއް، ވަން ޔޫ.އައި 5 އަށް ކުރިއަށް ގެންދަމުނެވެ.

ގެލެކްސީއެސް 22 ފޯންތަކުގައި ޖުލައި މަހުގެ ފުރަތަމަ 3 ހަފްތާ ތެރޭ، ވަން ޔޫ.އައި 5 ގެ ބީޓާ ފޭޭސް ފެށޭނެކަމަށް ގިނަމާހިރުން ބުނިއިރު، ޖުލައި މަހުގެ ފަހު ހަފްތާ ނިމުމަކަށް އަންނަ އިރުވެސް ވަން ޔޫ.އައި 5 ގެ ބީޓާ ފޭސް ލިބޭގޮތް ސެމްސަންގް އިން ހަދާފައެއްނެތެވެ. ނަމަވެސް ކުންފުނީގެތެރޭގައި ވަން ޔޫ.އައި 5 ގެ ޓެސްޓްތައް ކުރާތާ މަހެއް ވެފައި ވާއިރު، އާންމުނަށް މީގެ ބީޓާ ފޭސް ވަރަށް އަވަހަށް ލިބޭނެކަމަށް ބެލެވެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.