ގޫގަލް ޕާސްވޯރޑް މެނޭޖަރ މިހާރު މާތަފާތު!

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް އިންވަނީ އެކުންފުނީގެ ޕާސްވޯރޑް މެނޭޖަރއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާކަމަށް އެކުންފުނީގެ ބޮލޮގް ސްޕޮޓްގައި ހާމަކޮށްފަވެ.ގޫގަލް އިން ދުނިޔޭގެ އެންމެ މަޤްބޫލް، އެންމެ ޤާބިލް ޕާސްވޯރޑް މެނޭޖަރތަކާ ވާދަކުރާއިރު މިވާދައިގައި މާބޮޑުކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޤޫގަލް އިން ޤަބޫލްކުރާ ގޮތުގައި ޕާސްވޯރޑް މެނޭޖާރއަށް މިގެނައި ކުރިއެރުންތަކުގެ ސަބަބުން ތާރޑް ޕާޓީ މެނޭޖާރ ތަކަށް ވުރެ ކުރިއަރާނެއެވެ.

ޕާސްވޯރޑް މެނޭޖާރއަށް އައި އެންމެ ބޮޑު ބަދަލަކީ ލޮގިން ވެފައިން ވެބް ޕޭޖްއަކަށް ވަދެ ޕާސްވޯރޑް ސޭވްކުރުމުގެ ބަދަލުގައި މިހާރު ސީދާ ގޫގަލް އެޕް އިން ފޯނުން އެ ޕާާސްވޯރޑްތަށް ރައްކާކުރެވުމެވެ.އެހެންކަމުން މިހާރު އެންމެ ގިނައިން ބޭނުންކުރާ ޔޫސާރއެއްގެ ދަށުގައި ޕާސްވޯރޑްތަށް ނުހަނު ފަސޭހަކަމާ އެކީގައި ރައްކާކުރެވޭނެއެެވެ.

މީގެ އިތުރުން މިހާރު، އެންޑްރޮއިޑް ގެންގުޅޭ ފަރާތް ތަކަށް، ފޯންގެ ހޯމްސްކްރީން އަށް ގޫގަލް ޕާސްވޯރޑް މެނެޖާރގެ ޝޯޓްކަޓްއެއް ލޯންޗްކުރެވޭނެކަމަށްވެސް ގޫގަލް އިން ވަނީ އިއުލާންކޮށްފައެވެ. އަދި މީގެ އިތުރުން އައިފޯންގެ އޮޓޯފިލް ޕްރޮވައިޑާރ އަށް ކްރޯމް ހަމަޖައްސާފައިވާނަމަ، އައިއޯއެސް ބޭނުންކުރާ ފަރާތްކަުގެ އާ އެޕްސްތަކަށް ޕާސްވޯރޑް ޖެނެރޭޓްކޮށްދޭނެކަމަށް ގޫގަލް އިންވަނީ ބުނެފައެވެ.

ގޫގަލް އިން ބުނާގޮތުގައި މި އަޕްޑޭޓްތަކުގެ ސަބަބުން ކްރޯމް އާއި އެންޑްރޮއިޑް ސެޓިންއާ މާ ބޮޑުތަފާތެއް ނުހުންނާނެއެވެ. ހުންނަ ހަމައެކަނި ތަފާތަކީ ކްރޯމްގައި ޕާސްވޯރޑް މެނެޖަރ ސައިޓްއިން އަމިއްލަ އަށް ޕާސްވޯރޑް އެޑް އެއްނުކުރެވޭނެއެވެ.ކްރޯމަގައި ޖެހެނީ settings/passwords:// އަށް ދިޔުމަށްފަހު އެތަނުން ބޭނުންވަރަކަށް ޕާސްވޯރޑް އެޑް ކުރާށެވެ.ނަމަވެސް އެންޑްރޮއިޑްގައި ޕާސްވޯރޑް މެނޭޖާރގެ "+" އައިކަންއަށް ފިއްތާލައި ލޮގިން މައުލޫމާތުޖަހާލީމަ ބޭނުންވާވަރަކަށް ޕާސްވޯރޑްތަށް ސޭވްވާނެ އެވެ.އަދި ޝޯރޓްކަޓް އަކަށް އެންޑްރޮއިޑްގައި ޕާސްވޯރޑް މެނޭޖަރ ހެދުމުން އިތުރަށް މިކަމަށް ފަސޭހަވެގެންދާނެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.