މިއަހަރު ދަރިވަރުންނަށް އެންމެ އެކަށޭނަ ސްމާޓްވޮޗްތައް

ޝުޖާޢަތު ރަޝީދު 05 އޯގަސްޓު 2022

އެއްވެސް ދަރިވަރަކު، އެއީ ވަރަށް މޮޅު ޕްލޭނަރެއް ކަމުގައިވިޔަސް، ނުވަތަ ދަސްކުރާ ދަރިވަރެއް ކަމުގައިވިޔަސް، އެދަރިވަރެއްގެ ޝެޑިއުލް ގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިކަން ބޭނުންވެއެވެ.

ސްމާޓްވޮޗަކީ ދަރިވަރުންނަށް އެކި ކަންތައްތަކުގައި ފައިދާވާނެ ގޮތަށް ބޭނުން ކުރެވިދާނެ ގެޖެޓެކެވެ.

މި އާޓިކަލްގައި މި ބަލާލަނީ އިލެމެންޓްރީ ލެވެލްއިން ފެށިގެން ކޮލެޖުގައި އުޅޭ ދަރިވަރުންނަށް ބޭނުންތެރި ސްމާޓްވޮޗްތަކަށެވެ.

1. ސަމްސަންގް ގެލެކްސީ ވޮޗް 4

މިއީ ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް ވަރަށް ބޭނުންތެރި ކުރެވިދާނެ ވޮޗެކެވެ.

40 ގަޑިއިރުގައި ބެޓަރީ ހިފަހައްޓާއިރު މި ވޮޗާއި އެކު ތަފާތު އެތަކެއް އެޕްތަކެއް ބޭނުން ކުރެވެއެވެ.

މީގެ އިތުރުން ދުޅަހެޔޮ ހަށިގަނޑެއް ބިނާކުރުމަށް ފިޒިކަލް އެކްޓިވިޓީ ކުރާ ކުދިންނަށް ނުވަތަ އެކި ކުޅިވަރުގައި އުޅޭ ކުދިންނަށް ހިތުގެ ވިންދު ޓްރެކްކޮށް އެކްޓިވިޓީ މި ގަޑީގެ އެހީގައި ޓްރެކް ކުރެވިދާނެއެވެ.

މިއީ ތަފާތު، ގިނަ ދުވަހަށް ދެމިހުންނާނެ އެންޑްރޮއިޑް ސްމާޓް ގަޑިއެކެވެ.

2. އެޕަލް ވޮޗް އެސް.އީ

ކޮލެޖުގައި އުޅޭ ދަރިވަރުންގެ ތެރޭގައި އައިފޯނު ނުވަތަ އައިޕެޑް ގެންގުޅޭ ކުދިން މިހާރު ވަރަށް ގިނަވާނެއެވެ.

އެޕަލް ވޮޗް އެސް.އީ އަކީ އަގު ހެޔޮ ރީތި ޑިޒައިނަކަށް ތައްޔާރު ކުރެވިފައިވާ އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭ ގަޑިއެކެވެ.

އެޕަލް ވޮޗް އެސް.އީ އަކީ ސްކޫލް ގަޑީގައި ސްކޫލް މޯޑަށް ލެވި ޕިންކޯޑެއް ޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ސްމާޓް ގަޑިއެކެވެ.

މިއީ އައިއޯއެސްގައި ބޭނުން ކުރާ ގިނަ އެޕްތަކަށް ސަޕޯޓު ކުރާ ގަޑިއެކެވެ. ސަމްސަންގް ގަޑިއާއި އެއްގޮތައް މިއީވެސް އެކްޓިވިޓީ ޓްރެކްކޮށް ބެލެހެއްޓޭ ގަޑިއެކެވެ.

3. ގެބް ވޮޗް

މިއީ އުމުރުން ކުޑަ ދަރިވަރުންނަށް ބޭނުންކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ރީތި ގަޑިއެކެވެ.

ސްޓޭންޑް އަލޯން ޖީ.ޕީ.އެސްއާއި، ސެލިއުލާ ހިދުމަތާއި އެކު ކުއްލި ހާލަތެއްގައި ބެލެނިވެރިޔާއަށް ގުޅާލައި ޓްރެކް ކުރެވޭ މި ގަޑިން ދަރިވަރު ހުރި ތަނަކުން އެހެން ތަނަކަށް ދާނަމަ މި ގަޑިން ބެލެނިވެރިޔާއަށް އެލާޓް ފޮނުވާނެއެވެ.

މިއީ މެސެޖިންއާއި އެކު އެހެނިހެން ކުދި އެޕްތައް ބޭނުންކޮށް ޕޭރަންޓަލް ކޮންޓްރޯލާއި އެކީ ބެލެހެއްޓޭ ގަޑިއެކެވެ.

4. ގާމިން ވިވޯފިޓް ޖޫނިއާރ 3

ރިސެސް އާއި ލަންޗް ބްރޭކްގެ ތެރޭގައި ދަރިފުޅު އެކްޓިވްވުމަށް ހިތްވަރު ދޭން ބޭނުން ނަމަ، މި ގަރމިން ޓްރެކަރ ގައި އެއް އަހަރު ދުވަހުގެ ބެޓެރީ ލައިފް، އެކްޓިވިޓީ ޗެލެންޖްސް، އަދި ޓާސްކް ރިމައިންޑަރ އެކުލަވާފައިވެއެވެ.

މި ގަޑީގެ ތީމްތަކަކީ ޑިޒްނީ މަޝްހޫރު ކާޓޫންތަކަށް ބަލައި ތައްޔާރު ކުރެވިފައިވާ ތީމްތަކެކެވެ.

5. ވީޓެކް ކިޑިޒޫމް ސްމާޓްވޮޗް ޑީ.އެކްސް.3

މި ގަޑިއަކީ ސްމާޓްވޮޗެއް އެޅުމަށް ދަރިވަރަކު ބޭނުންވާނަމަ ވަރަށް ސިމްޕަލް ވޮޗެކެވެ. ދަރިވަރުގެ އުމުރާއި ނުގުޅޭ ވަރަށް ގިނަ ފީޗާތަށް މިގަޑިން ލިމިޓްކޮށްދެއެވެ.

ބިލްޓް-އިން ގޭމް ވޮޗް ފޭސްތައް މިގަޑީގައި ހިމަނާފައިވެއެވެ. މީގެ އިތުރަށް ޕެޑޯމީޓާގެ އެހީގައި ހެލިފެލިވެއުޅުން ޓްރެކްކޮށް ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަށް ލެންސެއް ލެވިފައިވެއެވެ.

ފޯކަސް ކުރަން ބޭނުންވާ ގަޑީގައި ސްކޫލް މޯޑަށްވެސް މި ސްމާޓްވޮޗް ލެވޭނެއެވެ. މިއީ 4 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ބޭނުންކޮށްލަން ރަނގަޅު ސްމާޓް ގަޑިއެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.