ޓެކްނޮލޮޖީ އަހަރުތައް ފާއިތުވަމުން ދާވަރަކަށް ކުރިއަރައިގެންދާތަން އަހަރެމެންނަށް އެބަ ފެނެއެވެ. މިހާރުގެ ޓެކްނޮލޮޖީތަކަކީ މިވަރަށް ކުރިއަރައިގެންދާނެ ކަމުގައި އަހަރެމެންނަށް އިހްސާސްވެސް ނުވި ޓެކްނޮލޮޖީތަކެކޭ ބުނެވިދާނެއެވެ.
އައު ކަންތައް ޓެކްނޮލޮޖީގެ މާހައުލަށް އީޖާދުވެގެން އައިއިރު ފަހަތަށް ބަލާލައިފިނަމަ މުހިންމު ވެދާނެ ކަމަށް ހިތަށްވެސް ނާރާ ޓެކްނޮލޮޖީތަކެއް އެބަހުއްޓެވެ.
މީގެ ތެރޭގައި ފާހަގަ ކުރެވޭ ބައެއް ޓެކްނޮލޮޖީތަކަށް އަލިއަޅުވާލާނަމެވެ.
3ޖީ އާއި މޮބައިލް އިންޓަނެޓް
2002 ވަނަ އަހަރު މޮބައިލް ފޯނުތަށް ސްމާޓްފޯނުތަކަށް ބަދަލުވާން ފެށިއެވެ. ސޮނީ އެރިކްސަން ޕީ800 މާކެޓަށް ނެރެ ފުލް ސައިޒުގެ ޓަޗްސްކްރީނެއް އަހަރެމެންނަށް ފެނުނެވެ. މިއީ އެކަމަކު ނިއުމެރިކް ކީބޯޑަކާއި އެކުއެވެ.
އެންމެ ފުރަތަމަ މިފޯނުތަށް ނެރެވުނީ މޮބައިލް ޕާޓްނާއަކާއި އެކު އެމީހުންގެ ސެލިއުލާ ޕްލޭނަކާއި އެކުއެވެ. ސްމާޓްފޯނުގެ މުހިންމުކަން އިތުރުވެ، ކުރެވޭ ކަންތައްތައް ފާހަގަވުމުން އެންމެންވެސް ދެން ބޭނުންވީ ފަސޭހަކަމާއިއެކު އިންޓަނެޓް ބްރައުޒް ކުރެވޭ ކަހަލަ ފޯނެކެވެ.
އެޖް އާއި 2ޖީ މޮބައިލް ޑޭޓާ ކަނެކްޝަން ދެން ލަސްތަކެއް ނުވެ ފެނުނެވެ. މިއާއިއެކު 3ޖީ އަހަރެމެންނާއި ހަމައަށް އައެވެ.
މިހާރު އަހަރެމެންނަށް 5ޖީ ކަނެކްޝަނާއި ބްރޯޑްބޭންޑު ކަނެކްޝަންއިން އެތައް ކަމެއް ދުވާލެއްގެ މައްޗަށް ކުރުމަށް އެހީވެދެއެވެ.
ޖީ.ޕީ.އެސް އާއި ލޮކޭޝަން ޓްރެކިން
ޖީ.ޕީ.އެސް އަކީ އަބަދުވެސް އެކްސްޕްލޯ ކުރާ މީހުން ބޭނުން ކުރާ އެއްޗެކެވެ. މި ފަންކްޝަން މޮބައިލް ޑިވައިސްތަކަށް ގެނެސް ޓާން-ބައި-ޓާން ޑިރެކްޝަން ކާރުތަކަށްވެސް ލެވުނެވެ.
ޖީ.ޕީ.އެސް އާއި އެހެނިހެން ލޮކޭޝަން ޓްރެކިން ޓެކްނޮލޮޖީތަކުން ވަރަށް ގިނަ ކަންތައްތަކުގައި މިހާރު އަހަރެމެންނަށް އެހީ ލިބެއެވެ.
އެންމެ ކައިރީގައި ހުރި ޗައިނީސް ރެސްޓޯރަންޓް، ހޮސްޕިޓަލް ނުވަތަ ބޭސްފިހާރަ ހޯދާލުމަށް މިފަދަ ޓެކްނޮލޮޖީއިން އެހީވެދެއެވެ.
ވޮއިސް ރެކޮގްނިޝަން
މީގެ ދެ ޤަރުނު ކުރިން ވޮއިސް ރެކޮގްނިޝަން ޓެކްނޮލޮޖީއަކީ ވަރަށް އައު ޓެކްނޮލޮޖީއެކެވެ.މިހާރު މިއީ ގިނަ ކަންތައްތަކަށް ބޭނުން ކުރާ ޓެކްނޮލޮޖީއެކެވެ. ވާޗުއަލް އެސިސްޓަންޓުންގެ އެހީގައި ކާރު އޮޕަރޭޓްކޮށް، ގޭގެ ލައިޓް ނިއްވައި، ދޮރުފޮތި ކަހާލައި، ބޭނުން މީހަކަށް ގުޅާލެވެއެވެ.
މީގެ އިތުރުން އަހަރެމެންގެ މަސައްކަތްތަކަށް ފަސޭހަ ކުރުމަށް މިފަދަ ވޮއިސް ރެކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި ބޮޑެތި ލިއުންތައް ތައްޔާރުކޮށްލެވެއެވެ.
ބައޮމެޓްރިކްސް
މިއީ އަބަދުވެސް ސައިންސް ފިކްޝަންގައްޔާއި ހޮލީވުޑް ފިލްމުތަކުގައި ދެއްކުނު ޓެކްނޮލޮޖީއެކެވެ. މިހާރު މިއީ އަސްލަށްވެސް އަހަރެމެންގެ ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް އެތަކެއް ފަހަރު ބޭނުން ކުރެވޭ ޓެކްނޮލޮޖީއެކެވެ.
ދޮރު ހުޅުވުމަށް ސްމާޓް ލޮކްގެ އެހީގައި މޫނު ސްކޭންކޮށް ދޮރުހުޅުވާލެވެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އިނގިލީގެ ނިޝާން ނުވަތަ މޫނުގެ ނިޝާނުގެ އެހީގައި އަހަރެމެން ފޯނު ހުޅުވައި، ލެޕްޓޮޕް ހުޅުވައި ހަދަމެވެ.
މި ޓެކްނޮލޮޖީ މިހާރު އެޑްވާންސް ވެގެން ގޮސް ބޮޑެތި ތަންތަނުގައި، މިސާލަކަށް އެއާޕޯޓު ތަކުގައި މޫނު ސްކޭން ކުރުމަށް ބޭނުން ކުރެއެވެ.
ފޯނުގެ ކެމެރާ
އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނު ފޯނު ކެމެރާއާއި އަޅާބަލާއިރު މިހާރުގެ ފޯނުތަކުގައި ހުންނަ ކެމެރާއަކީ ވަރަށް ހައި ޑެފިނީޝަން ކެމެރާތަކެވެ.
ކިތަންމެ ދުރުން ނަމަވެސް ސާފުކޮށް ހަނދުގެ ފޮޓޯއާއި، މެކްރޯ ފޮޓޯވެސް މިހާރު ސްމާޓްފޯނުތަކުން ނަގާލެވެއެވެ. ކެމެރާ ވަކިން ވިއްކާ މެނުފެކްޗަރާތަކުގެ ކެމެރާތަށްވެސް ދުވަހެއް ދުވަހެއް ދަނީ އިރުރުވަމުންނެވެ.
މޮބައިލް ޑިވައިސްތަކުގައި ހަރުކޮށްފައި ހުންނަ ކެމެރާގެ އެހީގައި އަހަރެމެންނަށް އިންޓަރެކްޝަން މިހާރު މިވަނީ ބަދަލުވެފައެވެ. މަގެއްގެ ނަން، ޕޯސްޓަރެއްގައި ލިޔެފައި ހުންނަ ތަކެތި ފަސޭހަކަމާއިއެކު ސްކޭންކޮށް ކިޔާލެވެއެވެ.
އާޓިފިޝަލް އިންޓަލިޖަންސް
2002 ވަނަ އަހަރު އާޓިފިޝަލް އިންޓަލިޖަންސަކީ ހަމަ އެކަނި ބޭނުން ކުރެވުނު މަޝްހޫރު ލަފުޒެކެވެ. އޭރު މިއީ ކޮމްޕިއުޓާ ސައިންސް ލެބް ތަކުގައި ރިސާޗް ކުރެވެމުން ދިޔަ ޓެކްނޮލޮޖީއެކެވެ.
މިހާރު އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި) އަކީ އެކި ކަންތައްތަކުގައި ބޭނުން ކުރެވޭ ޓެކްނޮލޮޖީއަކަށް މިވަނީ ވެފައެވެ.
ގިނަ އަލްގޯރިދަމްއަކީ މިހާރު އޭއައި-ޕަވާޑް ޕްރޮސަސްތަކުން ފެށިފައިވާ އަލްގޯރިދަމްތަކެވެ. މި ޓެކްނޮލޮޖީއަކީ އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.
ނަމަވެސް މިހާރުވެސް މި ޓެކްނޮލޮޖީ އަހަރެމެން ގެންގުޅޭ ގިނަ ޑިވައިސްތަކުގައްޔާއި ހިދުމަތްތަކުގައި ހިމަނާފައިވެއެވެ.
ވައިފައި
މިއީ މިހާރު އަހަރެމެން އެކަކު އަނެކަކަށް ގުޅުމަށް އެންމެ ގިނައިން ބޭނުންކުރާ ޓެކްނޮލޮޖީއެވެ. އެންމެ ފުރަތަމަ ވައިފައި އިންބިލްޓްކޮށް ކަނެކްޓް ކުރެވުނީ 1999 ވަނަ އަހަރު އެޕަލް އައިބުކްއެވެ.
މިހާރު އަހަރެމެން ވަޔަލެސް ޓެކްނޮލޮޖީގެ އެހީގައި އެތަކެއް ކަމެއް ކުރަމުއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ޓެކްނޮލޮޖީ ވެގެންދާނީ އިތުރަށް ކުރިއަރައި އެންމެންވެސް އަބަދުވެސް ބޭނުންކުރާ ޓެކްނޮލޮޖީއަކަށެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.