ގޫގަލް ވޮލެޓް ތަޢާރަފްކޮށްފި - އިންސްޓޯލް ކޮށް ސެޓަޕް ކުރުން

ހަސަން ޒަޔާން 07 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ވޮލެޓް މިވަނީ މިދިޔަ ހަފްތާގެ ފަހުކޮޅު ތަޢާރަފްކޮށްފައެވެ. މި އަރޓިކަލް ގައި އަޅުގަނޑު ހިމަނާލާނީ ގޫގުލް ވޮލެޓް އިންސްޓޮލް ކުރުމަށްފަހު ސެޓަޕް ކުރާނެ ގޮތުގެ ކުރު ތަފްސީލެކެވެ.

އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ގޫގަލް އިން ލިބެން ހުރި ޕޭމަންޓް އެޕްތައް ތަންކޮޅެއް ގިނައެވެ. މިގޮތުން ވޮލެޓް އެޕް ގެ ކުރިން ގޫގަލް ޕޭ، އަދި ޖީޕޭ މި ދެ އެޕަކީ ޓަޗްލެސް ޕޭމަންޓްސް އަށާއި އަދި ފައިނޭންޝަލް އިންފޯ ރައްކާކުރުމަށް ބޭނުން ކުރި މަޝްހޫރު ދެ އެޕެވެ.

ޖީޕޭ އަކީ ޕިއަރ ޓު ޕިއަރ ޕޭމަންޓްސް، ފައިނޭންޝަލް ހެލްތް، އަދި ބައެއް ރީޓެއިލަރުންގެ ފަރާތުން ޑީލްތަކާއި ޕްރޮމޯޝަންތައް ވެސް ދިނުމުގެ ބޭނުމުގައި އުފައްދާފައިވާ އެޕެކެވެ. މީގެ އިތުރުން ގޫގަލް ޕޭ އަކީ ހަމައެކަނި ބޭންކް ކާޑާއި އައިޑީ އާއި ވެކްސިން ރެކޯޑްސް އާއި މިފަދަ އެތައް އެއްޗެއް ރައްކާކުރަން އުފައްދާފައިވާ އެޕްއެކެވެ. އޭގެ މައްޗަށް، ރީޓެއިލް ލޮކޭޝަންތަކުގައި ޓެޕް-ޓު-ޕޭ ޔޫސް ކުރުމަށް "ޓެޕް-ޓު-ޕޭ" އެޕް ބޭނުން ކުރެވިދާނެ އެވެ.

ނަމަވެސް މިހާރު ގޫގަލް ވޮލެޓް މިވަނީ ގޫގުލް ޕޭ ގެ މައްޗަށް ވެރިވެ، އޭގެ ބަދަލުގައި އިތުރު ޒަމާނީ ފެޝަނެއްގައި އެ އެޕްގެ ފީޗަރތައް ތަރައްޤީ ކޮށް ހުށަހަޅާފައެވެ.

ގޫގުލް ވޮލެޓް މެދުވެރިކޮށް ޖީޕޭ އިން ކުރާ ކޮންމެ ކަމަކާއި އަދި އިތުރު ކަންކަން ވެސް ކުރެވޭނެއެވެ. މިސާލަކަށް ޓެޕް-ޓު-ޕޭ، ކަރޑްސް، ޓަރާންސެކްޝަން ހިސްޓްރީ އަދި ވެކްސިން އިންފޯރމޭޝަން/ރިކޯރޑްސް މިފަދަ ފީޗަރސް ތައް ވެސް ހިމެނެއެވެ.

ގޫގަލް ވޮލެޓް އިންސްޓޯލް ކުރުން

ގޫގަލް ވޮލެޓް އިންސްޓޯލް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ޑިވައިސްގައި ޖީޕޭ އިންސްޓޯލް ކޮށްފައި ވާނަމަ ގޫގުލް ވޮލެޓް ތިބާއަށް އަޕްޑޭޓެއްގެ ގޮތުގައި އަންނާނެއެވެ. އޭގެ މާނައަކީ އިންސްޓޯލް ކުރަން ޖެހޭނީ މެނުއަލްކޮށެވެ.

- އެންޑްރޮއިޑް ޑިވައިސްގައި، ގޫގުލް ޕްލޭ ސްޓޯރު އެޕް އަށް ދާށެވެ.

- ސާޗް ބާރގައި، ގޫގުލް ވޮލެޓް ޓައިޕްކޮށް، ސާޗް އައިކަންގައި ޓެޕްކޮށްލައްވާށެވެ.

- ނުވަތަ މި ލިންކް އަށް ފިއްތާލައްވާށެވެ.

- ގޫގަލް ވޮލެޓް އެޕްފެނުމުން ޓެޕް ކޮށްލާށެވެ.

ނޯޓް: މިހާރު އެޕް ލިސްޓިންގ އަކީ ބައެއް ރެކޮމެންޑޭޝަންތަކުގެ ދަށުން ފޮރުވިފައިވާ އެއްޗެއް ކަމަށް ފެނެއެވެ. ހޯދަން ތަންކޮޅެއް ގިނަ ގޮތްގޮތަށް ސްކްރޯލް ކުރަން ޖެހިދާނެ އެވެ.

- އިންސްޓޯލް ކުރުމަށް ޓެޕް ކޮށްލާށެވެ.

ފޮޓޯ ގައިޑް

އިންސްޓޯލް ކުރަން ފެށުމުން ގޫގަލް ވޮލެޓް ޑައުންލޯޑް ކުރަން ފަށާނެއެވެ. މިނެޓެއް ނުވަތަ އެއަށް ވުރެ ވެސް ގިނަ އިރު ގެ ތެރޭގައި އިންސްޓޯލް ވެ އެޕް ހުޅުވޭވަރު ވާނެއެވެ. ގޫގަލް ޕޭ މެދުވެރިކޮށް އެންޑްރޮއިޑް ފޯނަށް ކުރިން ވެސް ފައިސާ ދެއްކޭނެ ގޮތްތައް ގުޅުވާފައި ހުރި ނަމަ، ގޫގަލް ވޮލެޓް އިން އޮޓޮމެޓިކުން އެ މެތަޑްތައް ސިންކް ކުރާނެއެވެ.

ގޫގަލް ވޮލެޓް އެޕްގައި ވެސް ތިބާގެ ގޫގުލް އެކައުންޓަށް ގުޅައިގެން ތިބާގެ އެހެން ފާސްތައް ފެންނަން ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެންމެ ތިރީ ކަނާތް ފަރާތުގައި އެޑް އައިކަން ޓެޕް ކޮށްގެން އިތުރު ކުރެވިދާނެއެވެ.

ޖީޕޭ އިން ގޫގަލް ވޮލެޓަށް ބަދަލުވުން

- ގޫގަލް ޕްލޭ ސްޓޯރަށް ދާށެވެ.

- މަތީ ކަނާތް ފަރާތުގައި ވާ ޕްރޮފައިލް ފޮޓޯއަށް ޓެޕް ކޮށްލާށެވެ.

- "Manage apps & device" މި ބަޔަށް ދާށެވެ.

- "See details under Updates available" މި ބަޔަށް ދާށެވެ.

- ގޫގަލް ވޮލެޓް ލިސްޓްކޮށްފައި އޮތްތަން މިހާރު ފެންނަން ވާނެއެވެ. އެހެންކަމަށްވާނަމަ، އޭގެ އަރިމަތީވާ "އަޕްޑޭޓް" ބަޓަން އަށް ޓެޕް ކުރާށެވެ. މިހާ ހިސާބުން ގޫގަލް ވޮލެޓް އަށް އަޕްޑޭޓް ވެގެން ދާނެއެވެ.

ގޫގަލް ވޮލެޓް މި އެޕް އަކީ ޕޭމެންޓްސް އަދި ޓަރާންސެކްޝަންސް އަށް ވަރަށް މުހިއްމު އެޕް އަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރަމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.