ބިންހެލުންތައް އައުމުގެ ކުރިން އެނގޭ ޓެކްނޮލޮޖީއެއް ހޯދައިފި

އަޙްމަދު ދާއޫދު 08 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބިންހެލުންތައް އައުމުގެ ކުރިން އޭގެ %80 ޞައްޙަކަމާއެކު ލަފާކުރެވޭނެ އައު ޓެކްނޮލޮޖީއެއް ދިރާސާވެރިން ހޯދައިފިއެވެ.

ދުނިޔޭގެ އަޔަނޯސްފިއާއަށް އަންނަ ބަދަލުތައް ދިރާސާކުރާ އިސްރާއީލުގެ ދިރާސާވެރިންނަށް %80 ޞައްޙަކަމާއެކު 48 ގަޑިއިރު ކުރިން ބިންހެލުން އަންނާނެ ކަމަށް ލަފާކުރެވޭނެ ގޮތެއް ހޯދިފައިވާކަން ހާމަކޮށްފައިވަނީ މެއި މަހު ޝާއިޢުކުރި ސައިންޓިފިކް ޖާނަލް ރިމޯޓް ސެންސިންގގައި ޝާއިޢުކުރި ޕީއާރް ރިވިއު ދިރާސާއެއްގައެވެ.

އެމީހުން އެކަން ހައްލުކުރީ ކިހިނެއް ހެއްޔެވެ؟

ޖައްވުގެ ހުސްކަމާ ދިމާވާ ޖައްވުގެ ސްލައިވަރ ކަމަށްވާ ދުނިޔޭގެ އަޔަނޯސްފިއާއަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެރިއެލް ޔުނިވަރސިޓީއާއި ސެންޓަރ ފޯ ރިސާޗް އެންޑް ޑިވެލޮޕްމަންޓް އީސްޓަރން ބްރާންޗްގެ ދިރާސާ ޓީމަށް ފާއިތުވި 20 އަހަރު ތެރޭގައި އައި ބޮޑެތި ބިންހެލުންތަކުގެ ކުރިން ކުރިމަތިވެފައިވާ ކަންކަން ވަޒަންކުރިއެވެ.

މި ދިރާސާވެރިން ބޮޑެތި ބިންހެލުންތައް މާނަކުރީ ބިންހެލުމެއްގެ ސެއިސްމިކް ހަރަކާތަށް ބަލައިގެން ބިންހެލުމުގެ މެގްނިޓިއުޑް ވަޒަންކުރާ މޮމެންޓް މެގްނިޓިއުޑް ސްކޭލްގައި މެގަވޮޓް 6 އަށް ވުރެ މައްޗަށް އަރާ ބިންހެލުމެވެ.

އެ ޓީމުން އުފެއްދި މި އުސޫލުން އެމީހުން މެޝިން ލާނިން ސަޕޯޓް ވެކްޓަރ މެޝިން (އެސްވީއެމް) ޓެކްނިކެއް ތަންފީޒުކޮށް، އޭގެ އިލެކްޓްރޯން ޗާޖް ޑެންސިޓީ ހޯދުމަށް އަޔަނޯސްފެރިކް ޓޯޓަލް އިލެކްޓްރޯން ކޮންޓެންޓްގެ ޖީޕީއެސް މެޕް ޑޭޓާއާ އެކު އެޕްލައި ކުރި އެވެ.

ހަނދާއި ދުނިޔޭގެ ޖައްވު (ކްރެޑިޓް: ނާސާ)

މި ކާމިޔާބު ދިރާސާގެ ތެރެއިން އެމީހުންނަށް ޔަޤީންކަމާއެކު އެނގުނީ ބިންހެލުމެއް އަންނާނެ ކަމަށް %80 ޞައްޙަކޮށް ލަފާކުރެވޭނެ ކަމާއި، މީގެ އިތުރުން ވަކި ސަރަހައްދަކަށް ބިންހެލުމެއް ނާންނާނެ ވަގުތު %85.7 ޞައްޙަކަމާއެކު ލަފާކުރެވޭނެކަމެވެ.

މި ދިރާސާ ހެދީ ކޮންބައެއް؟

މި ދިރާސާގައި އިސްކޮށް ތިއްބެވީ އެރިއެލް ޔުނިވާސިޓީ އާއި ސެންޓަރ ފޯ ރިސާޗް އެންޑް ޑިވެލޮޕްމަންޓް އީސްޓަން ބްރާންޗުގެ ޑރ.ޔޫވަލް ރެއުވާނީ އާއި ، ޑރ.ލީ-އަދު ގޮޓްލީބް އެވެ.

މި ދިރާސާއަށް ހަރަދުކޮށްފައިވަނީ އިސްރާއީލުގެ އެނާޖީ މިނިސްޓްރީ އާއި އިސްރާއީލް ސައިންސް ފައުންޑޭޝަނުންނެވެ.

މިދިރާސާގެ އޮރިޖިނަލް ޑޮކްސް ބެއްލެވުމަށް މިލިންކަށް ކްލިކް ކޮށްލައްވާ


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.