މަލްވެއަރ އެޓޭކްތަކުގައި އެންމެ ގިނައިން ކޮޕީކުރާ ސޮފްޓްވެއާ

ފާޠިމަތު އައިން ލަބީޤް 08 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފަހަކަށް އައިސް ތްރެޓް އެކްޓާރސްއިން ދަނީ ސްކައިޕް، އެޑޮބޭ ރީޑާރ އަދި ވީއެލްސީ ޕްލެޔަރ ފަދަ އެޕްލިކޭޝަންތަކުގެ އައިކޮންތައް ކޮޕީކޮށް، ސޯޝަލް އިންޖިނިއަރިންގް ހަމަލާތައް ދެމުންނެވެ.

ވައިރަސް ޓޯޓަލްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ތްރެޓް އެކްޓާރސް އައިކޮން ކޮޕީކުރާ އެޕްތަކުގެ ތެރޭގައި 7-ޒިޕް، ޓީމް ވިއުއާ، މައިކްރޯސޮފްޓް އެޖް، ސްޓީމް، ޒޫމް، އަދި ވަޓްސްއެޕް ހިމެނެއެވެ.

"އަޅުގަނޑުމެންނަށް ހޯދުނު އެންމެ ފަސޭހަ އެއް ސޯޝަލް އިންޖިނިއަރިންގް ޓްރިކް އަކީ މެލްވެއަރ ސާމްޕަލްތައް އަސްލު ޕްރޮގްރާމެއްގެ ސިފައިގައި ފެންނަ ގޮތް ހެދުން." ވައިރަސް ޓޯޓަލްއިން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައިވެއެވެ. "މިފަދަ ސޯޝަލް އިންޖިނިއަރިންގް ހަމަލާތަކުގެ ޝިކާރައަކަށްވާ ފަރާތްތައް އޮޅުވާލަނީ އެޕްތަކުގެ އައިކޮންތައް އަސްލު އެޕްތަކުގެ އައިކޮންތަކާ ވީހާވެސް އެއްގޮތް ކޮށްގެނެ."

ތްރެޓް އެކްޓަރުން ޔޫޒަރުން އޮޅުވާލުމަށް ތަފާތު އެކި އުކުޅުތައް ބޭނުންކުރެއެވެ. އަދި މީހުން އޮޅުވާލުމުގެގޮތުން ތްރެޓް އެކްޓަރުން އަސްލު ޑޮމެއިންތަކުގެ ނާޖާއިޒު ފައިދާ ނަގައެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކޮށްފައިވާ ޑޮމެއިންތަކަކީ ޑިސްކޯޑް.ކޮމް، ސްކޮޔަރސްޕޭސް.ކޮމް، އެމަޒޯންއޯސް.ކޮމް، މީޑިޔާފަޔަރ.ކޮމް އަދި ކިއުކިއު.ކޮމް އެވެ.

އެލެކްސާގެ އެންމެ މޮޅު 1000 ވެބްސައިޓްތަކަށް ނިސްބަތްވާ 101 ޑޮމެއިންއަކުން 2.5 މިލިއަނަށް ވުރެ ގިނަ މަލްވެއަރ ހުރި ފައިލްތައް ޑައުންލޯޑު ކުރެވިފައިވާކަމަށް ވައިރަސް ޓޯޓަލްއިން ލަފާކުރެއެވެ.

ޑިސްކޯޑާއި ޓެލެގްރާމް އަކީ އަބަދުވެސް މަލްވެއަރ ހޯސްޓުކުރުމަށްޓަކައި މީހުން ބޭނުންކުރާ ދެ އެޕްއެވެ.

ވައިރަސް ޓޯޓަލް އިން ބުނެފައިވާގޮތުގައި ޖެނުއަރީ 2020 އިން ފެށިގެން ގޫގުލް ކްރޯމް، މެލްވެއާބައިޓްސް، ޒޫމް، ބްރޭވް، މޮޒިލާ ފަޔަރފޮކްސް، އަދި ޕްރޮޓޮން ވީޕީއެން ފަދަ މަޝްހޫރު ސޮފްޓްވެއާތަކުގެ އިންސްޓޯލަރތަކުގައި އަސްލު ސޮފްޓުވެއަރ ކޮޕީކޮށްފައިވާ 1816 މަލްވެއަރ ސާމްޕަލްތައް ހޯދިފައިވެއެވެ.

މިފަދަ ޑިސްޓްރިބިއުޝަން މެތަޑްތަކުގެ ސަބަބުން އަސްލު ސޮފްޓްވެއަރއެއްގެ އަޕްޑޭޓް ސާރވާއަށް ނުވަތަ ސޯސް ކޯޑަށް ހުއްދަނެތި ވަދެވޭނެވެ. އަދި ޓްރޯޖަން ބައިނަރީސްގެ ސިފައިގައި މެލްވެއަރ ވަގަށް ނަގަން ފަސޭހަވެ، ސަޕްލައި ޗެއިނަށް ހަމަލާއެއް ލިބުމަކީ ގާތްކަމެކެވެ.

"ތްރެޓް އެކްޓާރސް ބޭނުންކުރާ އުކުޅުތަކާ މެދު ވިސްނާލާއިރު ވަގަށް ނަގާ ސެޓްފިކެޓުތައް ނަހަމަ ގޮތުގައި ބޭނުންކުރެވޭނެ ވަރަށް ގިނަ ގޮތްތައް ވާކަން އެނގޭ. އަދި މިކަން ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ." ދިރާސާކުރާފަރާތްތަކުން ބުނެފައިވެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.