ވަގު ޕާސްވޯޑް ބޭނުންކޮށްގެން 25 މިލިއަން ޑޮލަރު ހޯދައިފި

ފާޠިމަތު އައިން ލަބީޤް 10 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓީ-މޮބައިލް ފިހާރައެއްގެ ކުރީގެ ވެރިޔެއް ކަމަށްވާ އާގިޝްތީ ހުދަވެރްޔަދަންގެ މައްޗަށްވަނީ 2014 ވަނަ އަހަރުގެ އޮގަސްޓްއިން ފެށިގެން ޖޫން 2019 އާއި ހަމައަށް ވަގު ކްރެޑެންޝިއަލްސް ބޭނުންކޮށްގެން ލައްކައެއްހާ ފޯނު އަންލޮކް ކުރިކަމުގެ ކުށް ސާބިތުވެފައެވެ. ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުގައި ވަގަށް އަނލޮކްކުރި ފޯންތަކުން ހުދަވެރްޔަދަންވަނީ 25 މިލިއަން ޑޮލަރު ހޯދާފައެވެ.

ހުދަވެރްޔަދަން ވަނީ ފޯނުތައް އަންލޮކްކުރަން ބޭނުންވާ ޓީ-މޮބައިލްގެ މުވައްޒަފުންގެ ކްރެޑެންޝިއަލްސްތައް ހޯދުމަށް ތަފާތު އެކި އުކުޅުތައް ބޭނުންކޮށްފައެވެ. ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން ބުނެފައިވާ ގޮތުގައި އޭނާވަނީ 50 އަށް ވުރެ ގިން މުވައްޒަފުންގެ ކްރެޑެންޝިއަލްސް ވަގަށްނަގާ، އެ ކްރެޑެންޝިއަލްސްތައް ބޭނުންކޮށްގެން ސްޕްރިންޓް އާއި އޭޓީއެންޓީ ގައި ތިބި ފޯނުތައް އަންލޮކްކޮށްފައެވެ.

ޑިއޯޖޭއިން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރު ހުދަވެރްޔަދަން، ޓޮޕް ޓިއާ ސޮލިއުޝަން އިންކް އޭ ކިޔާ ޓީ-މޮބައިލްގެ ފިހާރައެއްގެ ކޯއޯނަރަކަށްވިއެވެ. ނަމަވެސް 'ސަސްޕިޝިއަސް ބިހޭވިއަރ' ގެ ސަބަބުން އެ ކޮންޓްރެކްޓް ވަނީ އުވާލާފައެވެ. އަދި މި ފިހާރައިގެ އަނެއް ކޯއޯނަރ ކަމަށްވާ އަލެން ގަރޭބަގްލޫއަށް ވެސް ވަނީ ގަނޫނާއި ހިލާފަށް ކޮމްޕިއުޓާރ ސިސްޓަމްތައް ހުޅުވާކަމުގެ ތުހުމަތު ކުރެވިފައެވެ. ހުދަވެރްޔަދަން އޭނާގެ އަންލޮކިންގް ސާރވިސް މާކެޓްކުރީ ރަސްމީ ޓީ-މޮބައިލްގެ ސާރވިސްއެއްގެ ގޮތުގައެވެ.

ހުދްވެރްޔަދަން އާއި ގަރޭބަގްލޫ ވަނީ ފޯންތައް އަންލޮކްކޮށްގެން ލިބުނު ފައިސާ ބޭނުންކޮށްގެން ލޭންޑް ރޯވާއެއް، ރޮލެކްސްއެއް، އަދި 32000$ ގެ އޮޑަމާސް ޕިގެޓް ރޯޔަލް އޯކް ގަޑިއެއް ގަނެފައެވެ.

ހުދަވެރްޔަންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެގްރެވޭޓެޑް އައިޑެންޓިތީ ތެފްޓުގެ ތުހުމަތުގައި 2 އަހަރު އަދި ވައިއަރ ފްރައުޑް، މަނީ ލޯންޑަރިންގް އަދި ވެރިފަރާތުގެ ހުއްދަ ނުހޯދާ ކޮމްޕިއުޓަރުތައް ބޭނުންކުރުމުގެ ތުހުމަތުގައި 165 އަހަރު ހިމެނެއެވެ. މި ދައުވާތަކުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ އޮކްޓޯބަރ 17 އަށެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.