އެކްޓިވިޝަން ގެ އާމްދަނީ ރަނގަޅީ މޯބައިލް ބާޒާރުގައި

ރީޝަން 12 އޯގަސްޓު 2022

ކޮންސޯލަކާއި ޕީސީ ގޭމްތަކެއް އެއްކޮށްލުމުން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯބައިލް މާކެޓުން ކަމުގައި އެކްޓިވިޝަން އިން އާއްމުކުރި އެކުންފުނީގެ މާލީ ލިޔެކިއުންތަކުން ހަމަވެއްޖެއެވެ.

އެކްޓިވިޝަންގެ ކުއާޓަރލީ ރިޕޯޓުގައި މިދިޔަ ހަފްތާގައި ޝާއިއުކޮށްފައިވާއިރު، ޕީސީ، ކޮންސޯލް، އަދި މޯބައިލްގައި އެ ކުންފުނީގެ އެންމެ ބޮޑު ގޭމްތައް މާލީ ގޮތުން ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ޑައިބްލޯ އިމޯޓަލް، ކޯލް އޮފް ޑިއުޓީ މޮބައިލް، އަދި ކެންޑީ ކްރަޝް ސާގާ ފަދަ ގޭމްތަކުގެ ސަބަބުން، ހާލުގައި ޖެހިފައިވާ ކޯލް އޮފް ޑިއުޓީ ޕަބްލިޝަރަށް ފޯނު ގޭމްތަކުން ގިނަ ފައިސާތަކެއް ލިބެ އެވެ. ހަގީގަތުގައި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބައި އަށް ވުރެ ގިނައީ ކޮންސޯލް ނުވަތަ ޕީސީ ގޭމްތަކުން ނޫން މޯބައިލް ޓައިޓަލްތަކުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މުއްދަތުގައި އެކްޓިވިޝަނަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 51 ޕަސެންޓް ލިބިފައިވަނީ މޯބައިލް ގޭމްތަކުންނެވެ. އެއީ ޖުމްލަ 831 މިލިއަން ޑޮލަރުގެ މޯބައިލް ގޭމް އާމްދަނީ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ކޮންސޯލް ގޭމްތަކުން ގާތްގަނޑަކަށް 376 މިލިއަން ޑޮލަރު ލިބިފައިވާއިރު ޕީސީ ގޭމްތަކުން ލިބުނު އާމްދަނީ ތަންކޮޅެއް މަދު، 332 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެންމެ ފަހުން އިވެންޓްތަކާއި އީސްޕޯޓްސް އިން 105 މިލިއަން ޑޮލަރު ހޯދި އެވެ.

ރީޝަން

ރީޝަން

ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.