ގޫގަލްގެ ވެއަރަބަލްގެ ބޮޑު ރޭވުމުގައި ޓީވީ އިން ކަސްރަތުތައް

ޢާއިޝަތު ޝައިހާ 13 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްއިން އޭގެ ފުރަތަމަ ސްމާޓްވޮޗް އަދިވެސް ތައާރަފުކުރަން ޖެހިފައި ވާ ނަމަވެސް، ކުންފުނިން އޭގެ ވެއަރަބަލް ރޭވުންތަކުގެ ދެން އޮތް މަރުހަލާތަކާއި އެކީ މިހާރުވެސް ކުރިއަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ޕްރޮޓޮކޯލްގެ ރިޕޯޓަކާއި ހަވާލާދީ އެނގޭ ގޮތުގައި، ގޫގަލް އިން ދަނީ، އޭގެ އުފެއްދުންތަކުގެ އީކޯސިސްޓަމް ވަރުގަދަކުރުމަށްޓަކައި، ގޫގަލް ޓީވީއާއި އެންޑްރޮއިޑް ޓީވީއަށް ފިޓްނެސް ޓްރެކަރުތައް ލުމަށް ރާވަމުންނެވެ. ސުވާލަކީ މި ގޮންޖެހުމަށް ތާރީޚީ ވެއާ އޯއެސް ތައްޔާރުތޯއެވެ؟

ޝައްކުވާ ގޮތުގައި، ކުންފުނިން ވަނީ އޭގެ ޓީވީ ޕާޓްނަރުންނާއި އެކު ސިއްރު ބައްދަލުވުމެއް ބާއްވާ ރާވާފައި ރޭވުންތައް ހިއްސާކޮށްފައި ވާކަމަށް ޕްރޮޓޮކޯލް އިން ރިޕޯޓުކުރެއެވެ. ޚިޔާލަކީ ވެއާ އޯއެސް އަދި ފިޓްބިޓް ބޭނުންކުރާ ފަރާތްތަކުން ވަގުތުން އެފަރާތްތަކުގެ ހިތުގެ ވިންދު ހުރި މިނާއި އެންދި ކެލޮރީތަކުގެ މިންވަރު ސްކްރީނިން ބަލައިލުމެވެ. މި ރޭވުމުގެ ތެރޭގައި އިތުރު ފުރިހަމަކަމެއް ވާ ސްމާޓް ހޯމް ކޮންޓްރޯލްތައް ވެސް ހިމެނެއެވެ. މި ކަންތައްތަކަށް ވަގުތު ނަގާނެކަމަށް ބެލެވެއެވެ. ގޫގަލްގެ ފިޓްނެސް ރޭވުން 2023 ގެ ކުރިން ފެނިގެން ދިޔުން މުސްތަހީލެވެ. އަދި ސްމާޓް ހޯމްއާއި ގުޅޭ ކަންތައްތައް އޭގެ ޖެހިގެން އަންނަ އަހަރު ފެނިގެން ދިޔުން ގާތެވެ. މީގެ އެއް ސަބަބަކީ މިހުރިހާ ކަމެއް މަގުފަހިކުރުމަށްޓަކައި ގޫގަލްގެ ބައިވެރިން މިހާރަށް ވުރެ ވަރުގަދަ ސްމާޓް ޓީވީތަކާއި ސްޓްރީމްކުރާ ސާމާނު އުފައްދަން ޖެހޭނެއެވެ.

ކުރު މުއްދަތުގައި، ކުންފުނިން މަންސަތަކުގައި އޭގެ ވަޔަލެސް އޯޑިޔޯ އޮފާތައް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ. މީގެ ތެރޭގައި ނެސްޓް ސްޕީކަރުތައް ޓީވީއާއި އެކު ވަޔަލެސްކޮށް މަސައްކަތް ކުރެވޭ ގޮތް ހެދުމާއި، ހަމަ އެހެންމެ ބޭނުންކުރާ ފަރާތްތަކަށް ގޫގަލް ޓީވީ ޑިވައިސްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި އޭގެ ޕިކްސެލް ބަޑްތަކަށް ފާސްޓް ޕެއާ ގެނައުން ހިމެނެއެވެ.

މިހުރިހާ ވާހަކަތަކަކީ ކުރިން އިވިފައިވާ ވާހަކަތަކެއް ހެން ހީވާ ނަމަ މީގެ ސަބަބަކީ މި ރޭވުންތައް އެޕަލްއިން އޭގެ ފިޓްނަސް ޕްލަސް ޚިދުމަތްތަކަށާއި ސްމާޓް ހޯމް އޮފަރިންގ ތަކަށް ހަދާފައިވާ ގޮތާއި ދާދި އެއްގޮތް ވުމެވެ. އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އެޕަލް ޓީވީ، އައިފޯން ނުވަތަ އައިޕެޑްގައި މެޓްރިކްތައް ވަގުތުން ފެންނާނެހެން ވީޑިޔޯ ކަސްރަތު ކިލާސްތައް ނެގޭނެއެވެ. ހަމަ އެހެންމެ ތިމާ ބޭނުންވާ ކަމުގައި ވާނަމަ އެޕަލް ޓިވީ 4 ކޭ ގައި ހޯމްޕޮޑް ނުވަތަ ހޯމްޕޮޑް މިނީ ބޭނުންކޮށްގެން ހޯމް ތިއޭޓަރު ސެޓްއަޕްއެއް ހަދާލެވޭނެއެވެ. އަދި އެޕަލް ޓީވީ އާއި އެއާޕޮޑް ގުޅުވާލެވޭތާވެސް އެތައް ޒަމާނެއް ވެއްޖެއެވެ.

ވާގޮތަކީ އަބަދުވެސް އެޕަލްގައި ވަނީ އޭގެ ވަށައިގެން ފާރުތައް ރާނާފައިވާ ބަގީޗާއެއް ކަމުން، 'ހަމައެކަނި މަސައްކަތްކުރާ' ސާމާނުގެ ތަޞައްވުރެ އުފެއްދުމަށް ފަސޭހަވެގެން ދެއެވެ. އެޕަލް ވޮޗް ތަކުގެ ވައްތަރުތަކުގައި ކުދިކުދި ތަފާތުތައް ހުރި ކަމުގައި ވިޔަސް، ޖުމްލަ ގޮތެއްގައި، ހުރިހާ އެޕަލް ޑިވައިސްތަކެއްގައި އެއްވަރަކަށް ފިޓްނެސް ޕްލަސްގެ ތަޖުރިބާ ލިބިގެން ދެއެވެ. ގޫގަލް ޓީވީ ފިޓްނެސް ޓްރެކަރ ކުރިއަށް އަންނަން އޮތް ޕިކްސެލް ވޮޗް އާއި އެކަނި ގުޅާލެވިގެން ދިޔުމަކީ އެއް ކަމެވެ. ނަމަވެސް ކޮންމެ ވެއާ އޯއެސް އަކާއި ނުވަތަ ފިޓްބިޓް ޑިވައިސްއަކާއި ގުޅޭ ނަމަ، ގޫގަލް އިން ޖެހޭނީ ތަފާތު ޑިވައިސްތަކުގައި އެއްގޮތް ތަޖުރިބާ ހެދޭނެ ގޮތެއް ހޯދާށެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.