1 ޕާސްވޯޑް 8 އައިއޯއެސް ގައި ތައާރަފުކޮށްފި

ޢާއިޝަތު ޝައިހާ 17 އޯގަސްޓު 2022

އައިފޯންއާއި އައިޕެޑްގެ 1 ޕާސްވޯޑަށް ވަނީ ވަރަށް ބޮޑު އަދާހަމައެއް އައިއްސައެވެ. ދުވެއްޔާއި، އާ ހޯމްސްކްރީނެއްގެ އިތުރުން ބޭނުންގޮތަކަށް ބަދަލުކޮށްލުމުގެ އިޚްތިޔާރާއި އަދިވެސް އެހެނިހެން ކަންތައްތަކަށް އަމާޒުކޮށް، 1 ޕާސްވޯޑް 8 ވަނީ އައިފޯންއާއި އައިޕެޑް ބޭނުންކުރާ ފަރާތްތަކަށް 'އާ ތަޖުރިބާއެއްގެ' ގޮތުގައި އެ ފަރާތްތަކަށް ސިފަކޮށްދީފައެވެ.

މިއަދުގެ 1 ޕާސްވޯޑުގެ އަދާހަމައިގައި ފެނިގެން ދާނެ އެންމެ ބޮޑު އެއް ބަދަލަކީ މުޅިން އާ ހޯމް ސްކްރީނަކާއި އެކު އާ ބަދަލުކޮށްލުމުގެ އިޚްތިޔާރުތަކެވެ. މިހާރު 1 ޕާސްވޯޑުގެ ހޯމް ސްކްރީނުގައި ފެންނަ ތަކެތި ފަސޭހަކަމާއި އެކީ ފޮރުވައި، ނުވަތަ ފެންނަ ގޮތް ހަދައި، ނުވަތަ ބޭނުން ގޮތަކަށް ތަރުތީބު ކޮށްލެވޭނެއެވެ.

މީގެ ތެރޭގައި 1 ޕާސްވޯޑު ހޯމް ސްކްރީނުގައި ތަފާތު ދާއިރާތައް ހަރުކުރުމުގެ ޤާބިލުކަން ހިމެނެއެވެ.

ޕިންޑް ފީލްޑު (ހަރުކުރެވިފައިވާ ދާއިރާ) އަކީ ކޮބައި ހެއްޔެވެ؟ މިއީ 1 ޕާސްވޯޑު ހަގީގީ މާނައިގައި ތިމާގެ އެއްޗެއްގެ ގޮތުގައި ހެދޭނެ އެންމެ ފަސޭހަ ގޮތެވެ. 1 ޕާސްވޯޑުގައިވާ ތިމާ ބޭނުން ދާއިރާއެއް ހޯމް ސްކްރީނުގައި ހަރުކޮށްލުމުން އަވަހަށް އެ ބޭނުންކޮށްލެވޭނެ މަގެއް ހުޅުވިގެން ދެއެވެ. މިސާލެއްގެ ގޮތުގައި ބޭންކުގެ ރޫޓިންގ ނަމްބަރު ނުވަތަ ޓްވިޓާ ލޮގިންގ އަށް ވަން-ޓައިމް ކޯޑު ހިމެނެއެވެ.

ބޭނުން ގޮތަކަށް ބަދަލުކޮށްލުމުގެ އަމާޒު، އިންޓަފޭސްގެ އެންމެ ތިރީގައިވާ އާ ނެވިގޭޝަން ބާއާއި ހަމައަށް ގެންދެއެވެ. މި އާ ނެވިގޭޝަން ބާ މެދުވެރިކޮށް:

އަވަހަށް ހޯމް ސްކްރީނަށް ވަދެވޭ މަގެއް ފަހިކޮށްދިނުން: މިތާނގައި ފޭވަރިޓްސް، އެންމެ ފަހުގެ އައިޓަމްތައް، ނުވަތަ އަވަހަށް ހޯދާލަން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިލެވޭނެއެވެ.

ހުރިހާ އެކައުންޓުތަކަކުން ހުރިހާ އައިޓަމެއް ބޭނުންކޮށްލެވުން: ހުރިހާ ވޯލްޓުތަކަކާއި ހުރިހާ ޓެގުތަކެއް އެއް ތާކުން ހޯދައިލެވޭނެއެވެ.

ހުރިހާ އެއްޗެއް ހޯދާލުން: ހޯދާލުމަށް ބޭނުންކުރާ ފިތަށް ފިއްތާލުމުން ވަގުތުން ހޯދުމުގެ ދާއިރާ އަމާޒުވެގެން ދެއެވެ. ހަމައެކަނި ޖެހޭނީ އެ ބޭނުންވާ އެއްޗެއްގެ ނަން ލިޔެލާށެވެ.

ސަލާމަތްތެރިކަން އިތުރަށް ވަރުގަދަކުރުން: އެންމެ އޮބާލުމަކުން އާ ވޮޗްޓަވަރ ގެ ތަޖުރިބާ މޯބައިލް ފޯނުން ކޮށްލެވޭނެއެވެ.

އައިފޯނާއި އައިޕެޑަށް ޚާއްސަ އާ ވޮޗްޓަވަރ ގެ ފަރުމާގެ އަމާޒަކީ ކޮމްޕްރޮމައިޒް ވެފައިވާ ވެބްސައިޓަކަށް ނުވަތަ ޚިދުމަތަކަށް ތިމާގެ ޕާސްވޯޑު އިތުރަށް ސާފުކޮށްދިނުމެވެ. އާ އެކްޝަނަބަލް އެލާޓުތަކުގެ ސަބަބުން އަމިއްލަ ނަފްސު ރައްކާތެރިކޮށް ސެކިއުރިޓީ ސްކޯގެ ތެރެއަށް އިންޓެގްރޭޓްކުރުން ހަރުދަނާކޮށްދެއެވެ.

ހައިރާންވާން ޖެހޭ ކަމަކީ، 1 ޕާސްވޯޑް 8 ތައާރަފުކޮށްފައި ވަނީ އައިފޯނާއި އައިޕއެޑަށް އާ އެޕެއްގެ ގޮތުގައެވެ. އޭގެ މާނައަކީ 1 ޕާސްވޮޑުގެ ޚިދުމަތް އަދިވެސް ލިބެން ހުރި ނަމަވެސް އާ އަދާހަމައެއް އޮޓޯއިން އެޕަށް ނުލިބޭނެއެވެ. އަދާހަމަ ބޭނުންވާ ކަމުގައި ވާނަމަ ޖެހޭނީ އެޕް ސްޓޯރަށް ވަދެ 1 ޕާސްވޯޑް 8 އަޅާށެވެ.

އިތުރަށް ކިޔާލުމަށް:

އާދައިގެ ޕާސްވޯޑެއް ހެކުކުރަން އެންމެ ސިކުންތެއް!

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.