ޕާސްވޯޑްތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ވަރަށް ގިނަ ބަޔަކު ހަނދާން ނައްތާލަން ފަސޭހަ އަދި އެމީހުންނަށް މުހިންމު ލަފުޒުތައް ބޭނުން ކުރަން އިޚްތިޔާރު ކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ހިތާމައަކީ މިހެން ހެދުމުން ސައިބަރ ކްރިމިނަލްސް ފަސޭހައިން އެމީހުންގެ އެކައުންޓްތަކަށް ހެކް ކޮށްފާނެ ކަމެވެ.
ޕާސްވޯޑްތަކުގައި ކުދިންގެ ނަމާއި ފޯންނަމްބަރު ނުވަތަ ރަށުގެ އަދި ގޭގެ ނަން ބޭނުން ކުރާ މީހުންވެސް މަދެއްނޫނެވެ. ބިރުވެރި ކަމަކީ މިފަދަ ޕާސްވޯޑުތައް ހެކު ކުރަން އެއް ސިކުންތު ވަގުތު ނަގާތީ އެވެ.
އަދި ހުރިހާ ސައިޓެއްގައި އެއް ޕާސްވޯޑެއް އަލުން ބޭނުން ކުރަމުންދާނަމަ، އެއީ އިންސާނީ ތަބީއަތެއް ކަމުގައިވާނަމަ، އެއިން އެއް ސައިޓެއްގައި ޕާސްވޯޑު ހާމަވެ ނުވަތަ ލީކުވެއްޖެނަމަ އެއީ އަޅުގަނޑުމެންނަށް ނުރައްކާތެރިކަމެކެވެ. އެހެން ހުރިހާ ސައިޓުތަކެއްގައި ރައްކާ ކޮށްފައިހުރި މުހިންމު މައުލޫމާތަށް ވާނެގޮތަކާއިމެދު ވިސްނާލާށެވެ.
ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ހައިވްސިސްޓަމްސް އިން ހެކަރުންނަށް ޕާސްވޯރޑު ހޯދުމަށް ބްރޫޓު ފޯސް އެޓޭކް ކޮށްގެން ނަގާނެ ވަގުތު އަންގައިދޭ ރިޕޯރޓުގައި އެކި ދިގުމިނުގެ އަދި ކޮމްޕްލެކްސިޓީއަށް ބޭސްކޮށްގެން ހެކްކުރެވޭނެ ވަގުތު އެކުލަވާލައިފައިވެއެވެ.
ހަމައެކަނި އަކުރުތަކާއި ނަންބަރުތަކަށް ބަރޯސާވާ ކޮންމެ ޕާސްވޯޑެއް ވަގުތުން ހެކުކުރެވިދާނެ ކަމަށާއި، ނަންބަރުތަކާއި ބޮޑު އަދި ކުޑަ އަކުރުތަކާއި ނިޝާންތައް ހިމެނޭ ހަތް އަކުރުގެ ޕާސްވޯޑެއް ހެކަރަކަށް ނަގާނީ އެންމެ 31 ސިކުންތު ކަމަށް ހައިވްސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރަނގަޅު ޕާސްވޯޑްތައް އުފެއްދުމަށް އާންމު ގޮތަކީ އެ ޕާސްވޯޑްތައް ދިގުކޮށް، ރެންޑަމްކޮށް، އަކުރުތަކާއި އަދަދުތަކާއި ހީވެސް ނުކުރާ ނިޝާންތަކުގެ މައްޗަށް އެކުލަވާލުމެވެ. އަދި ބޭނުންކުރާ ކޮންމެ ކަމަކަށްވެސް ވަކި ޕާސްވޯޑެއް ބޭނުން ކޮށް އެއްވެސް އެހެން ފަރާތަކަށް ނުލިބޭނެގޮތަށް ރައްކާތެރިކަމާއި އެކު ގެންގުޅުމެވެ. އީމެއިލް އެކައުންޓު، ފޭސްބުކް، ބޭންކު، އަދިވެސް އެހެނިހެން ސައިޓުތަކަށްވެސް ވަންނަން ތަފާތު އަދި ދިގު ޕާސްވޯޑު ގެންގުޅުމަކީ އެންމެ ރައްކާތެރިގޮތެވެ.
ނަމަވެސް މިގޮތަށް ހަދާ ޕާސްވޯޑުތައް ހަނދާނުގައި ބެހެއްޓޭތަ؟ ޕާސްވޯޑު ހަނދާން ނެތިގެން އުޅެން ޖެހޭގޮތް ހަނދާން އެބަހުރި ހެއްޔެވެ؟ ބައެއް ފަހަރު އެކި ތަންތަނުގައި ޕާސްވޯޑު ލިޔެގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. މިގޮތަށް ލިޔެފައި ބެހެއްޓުމުން ފޯނު ނުވަތަ އެ ލިޔެފައި އޮތް ޑިވައިސްއަކަށް ވަދެވޭ ކޮންމެ މީހަކަށް ޕާސްވޯޑު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. ބައެއް ފަހަރު ބޭނުންކުރާ ބްރައުޒަރ ސަފާރީ، ގޫގަލް ކްރޯމް، އެޖް ގައި ޕާސްވޯޑު ސްޓޯރކޮށްގެން ގެންގުޅެއެވެ. މިހެން ހެދުމުން ޕާސްވޯޑު ހަނދާން ކުރުމާއި ބެލެހެއްޓުމަށް ފަސޭހަވެއެވެ. ފޯރމުތައް އޮޓޯފިލް ކުރުމާއި ބްރައުޒަރ ތަކުން ދޭ އެކި ޚިދުމަތްތަކަށް ފަސޭހަވެއެވެ. ނަމަވެސް މިގޮތަށް ބޭނުން ކުރުމުންވެސް ތިބާގެ ފޯނުން ނުވަތަ ކޮމްޕިއުޓަރ ބޭނުން ކުރާ ފަރާތަކަށް ޕާސްވޯޑު ލިިބުމުގެ ފުރުސަތު އޮވެއެވެ.
ވަރުގަދަ ޕާސްވޯޑެއް ބޭނުންވޭތަ؟
މިގޮތަށް ކޮންމެ ސައިޓަކަށް ވަކި ޕާސްވޯޑެއް ހަދާ ހަނދާނުގައި ބެހެއްޓޭނެތަ؟ ދެންއޮތީ މިކަން ކުރެވޭނެ ފަސޭހަ އަދި ރައްކާތެރިގޮތެއް ހޯދުމެވެ. ޕާސްވޯޑްލެސް ނުވަތަ ޕާސްވޯޑުގެ ބަދަލުގައި އެހެން ގޮތްގޮތުން މީހާ ކަށަވަރުކޮށް ޚިދުމަތް ދޭ ސައިޓުތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އަދިވެސް ހަމަ ގިނައީ ޕާސްވޯޑު ބޭނުންވާ ސައިޓުތަކެވެ. އެހެންކަމުން ޕާސްވޯޑުގެ ރައްކާތެރިކަމަށްޓަކައި ޕާސްވޯޑު މެނޭޖަރއެއް ބޭނުންކުރެވިދާނެއެވެ.
ޕާސްވޯޑު މެނޭޖަރ
ޕާސްވޯޑް މެނޭޖަރަކީ މޯބައިލް ޑިވައިސްއަކާއި ވެބްސައިޓްތަކާއި އެހެނިހެން ހިދުމަތްތަކުގައި ހުންނަ އެޕްތަކާއި އެކައުންޓްތަކަށް ވަނުމަށް ބޭނުންކުރާ ރައްކާތެރި ޕާސްވޯޑް ލޮގިން މައުލޫމާތު ރައްކާކުރާ އެންކްރިޕްޓް ކުރެވިފައިވާ ޑިޖިޓަލް ވޯލްޓެކެވެ.
ޕާސްވޯޑް މެނޭޖަރަކީ ޕާސްވޯޑްތައް އުފައްދައި ރައްކާތެރިކަމާއެކު ރައްކާކުރާ ވަސީލަތެކެވެ. ހުރިހާ އޮންލައިން އެކައުންޓްތަކެއްގައި އެއް ޕާސްވޯޑެއް ނުވަތަ މަދު ޕާސްވޯޑެއް ބޭނުންކުރުމުގެ ބަދަލުގައި، ޕާސްވޯޑް މެނޭޖަރަކަށް ކޮމްޕްލެކްސް އަދި ސެކިއުރިޓީ ޕާސްވޯޑް ކޮމްބިނޭޝަންތައް އުފެއްދިދާނެއެވެ.
ޕާސްވޯޑު މެނޭޖަރުގައި އެތައް ޕާސްވޯޑެއް ރައްކާކުރެވޭ އިރު މި ވަސީލަތް ބޭނުން ކުރުމަށް ހަނދާން ކުރަންޖެހެނީ ހަމައެކަނި އެންމެ މާސްޓަރ ޕާސްވޯޑެކެވެ. ގިނަ ޕާސްވޯޑު މެނޭޖަރ ތަކުގައި ސެކިއުރިޓީ ފަށަލަތަކެއް ފޯރުކޮށްދެއެވެ. ރައްކާތެރި މާސްޓަރ ޕާސްވޯޑެއް އޮތްކަން ޔަގީންކޮށް، މަލްޓި ފެކްޓަރ އޮތެންޓިކޭޝަން އެނެބަލް ކުރުމަކީ އެކައުންޓް ރައްކާތެރިކޮށް، ސިކުނޑިއަށް ރަނގަޅު ހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ.
ޕާސްވޯޑު މެނޭޖަރތައް ޕާސްވޯޑު މެނޭޖަރއެއް ޚިޔާރުކުރުމުގައި އެންމެ މުހިންމީ އިތުބާރުހިފޭ އަދި ރައްކާތެރި ވަސީލަތެއް ޚިޔާރުކުރުމެވެ. ގިނަ ޕާސްވޯޑު މެނޭޖަރ ތަކުގައި އައިއޯއެސް، އެންޑްރޮއިޑް، މެކްގެ އިތުރުން ގިނަ ބްރައުޒާ އެކްސްޓެންޝަންތައް ހިމެނޭގޮތައް ކީ ޕްލެޓްފޯމުތައް ސަޕޯޓުކުރެއެވެ.
1. ބިޓްވާޑެން
ބިޓްވާޑެން އޮޕަން ސޯސް ސޮފްޓްވެއާއެކެވެ. ބިޓްވާރޑެންގެ ހިލޭ ވާޝަންގައި ޕާސްވޯޑް މެނޭޖަރެއްގައި ބޭނުންވާ މައިގަނޑު ފީޗާސްތައް ލިބިގެންދާއިރު، ގިނަ ޑިވައިސްތަކުގެ މެދުގައި ބޭނުން ވަރަކަށް ޕާސްވޯޑް ސިންކް ކުރުމާއި، ސޮފްޓްވެއާ ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އަށް ސަޕޯޓް ދިނުމާއި، ދެމީހަކާ ދެމެދު ހިއްސާކުރުމުގެ ގާބިލްކަން ހިމެނެ އެވެ. ވަކިން ލޮގިންސް ތަކެއް ކުރާނެ އެވެ. މީގެ ޕްރިމިއަމް ޕްލޭން 10 ޑޮލަރަށް ލިބޭއިރު އޭގައި ޕްރީމިއަމް ޕާސްވޯޑް ސެކިއުރިޓީ އަދި މެނޭޖްމަންޓް ފީޗާސްތައް އަންލޮކް ކުރުމަށް އަންލޮކް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި އެޑްވާންސް 2އެފްއޭ އޮޕްޝަންސް އާއި ބިޓްވާޑަން އޮތެންޓިކޭޓަރ (ޓީއޯޓީޕީ) އާއި އެންކްރިޕްޓް ކޮށްފައިވާ ފައިލް އެޓޭޗްމަންޓްސް އާއި އެމަޖެންސީ އެކްސެސް އަދި އެހެނިހެން ފީޗާސް ހިމެނެ އެވެ.
ކޮންމެ ކޮމްޕިއުޓަރަކާއި ފޯނަކާ ޓެބްލެޓެއް ނުވަތަ ބްރައުޒާއަކާ އެކުވެސް ބިޓްވާޑެން ބޭނުން ކުރެވޭނެ އެވެ.
2. 1ޕާސްވޯޑް
ވިންޑޯޒް ޕީސީ، މެކް، ކްރޯމްބުކް، އައިފޯން، އައިޕެޑް، އެންޑްރޮއިޑް ޑިވައިސް، އަދި ބޮޑެތި ވެބް ބްރައުޒާތަކުގައި މަސައްކަތް ކުރާނެ ބޭނުން ކުރަން ފަސޭހަ، ޕޮލިޝްޑް އެޕްތަކެއް އެކުލެވިގެންވެ އެވެ. އޭގެ ވޮޗްޓަވަރ ފީޗާގެ ސަބަބުން ބަލިކަށި، އަލުން ބޭނުންކުރާ، ނުވަތަ ކޮމްޕްރޮމައިޒް ވެފައިވާ ޕާސްވޯޑްތައް ދެނެގަނެ ބަދަލުކުރުމަށް މަގުފަހިކޮށްދެއެވެ.
ސްޓްރޯންގް ބިޓްވާޑަން މާސްޓަރ ޕާސްވޯޑް އުފައްދައި އެހެން ހުރިހާ ޕާސްވޯޑެއް ޖެނެރޭޓްކޮށް ސްޓޯރ ކުރުމަށް 1ޕާސްވޯޑް އިން އެހީތެރިވެދެއެވެ.
1ޕާސްވޯޑް އިން ޓްރޫ ޓޫ ފެކްޓަރ އޮތެންޓިކޭޝަން އާއި އެންކްރިޕްޝަން ކެޕޭސިޓީސް ލިބިގެންދެއެވެ. އެއީ ޕާސްވޯޑްތައް ޑިކްރިޕްޓް ކުރުމަށް ބޭނުންކުރާ ހަމައެކަނި ގޮތަކީ ސިއްރު ކީއެއް އުފައްދާ އެއްޗެކެވެ. އެއީ އެހެން އެކައުންޓްތަކުގައި ޕާސްވޯޑެއް ބަލިކަށި ނުވަތަ ޑުޕްލިކޭޓް ވެއްޖެ ނަމަ އެލާޓް ކޮށްދީ ޕާސްވޯޑް ލީކް ވެފައިވާކަން އެނގޭނެ އެއްޗެކެވެ. 1ޕާސްވޯޑުން ކްރެޑެންޝަލަސް ކޮމްޕްރޮމައިޒް ވެފައިވާކަން އެނގޭނެއެވެ.
ތަފާތު އަދި ރައްކާތެރި ޕާސްވޯޑެއް ބޭނުންވާ ގިނަ ވެބްސައިޓްތަކެއް އެބަހުއްޓެވެ. މިއީ އެންމެ ގިނައިން ވަދެވޭ މަދު ވެބްސައިޓްތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މި ސައިޓްތަކަށް ވަކިވަކިން ލޮގިން ކޮށްފައި، ދުވަހުން ދުވަހަށް އެ ސައިޓްތައް ބޭނުން ކުރެއެވެ.
ޕާސްވޯޑް މެނޭޖަރ އަކަށް ކުއްލިއަކަށް ޕާސްވޯޑުތައް ބަދަލުކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ގިނަ ޕާސްވޯޑު މެނޭޖަރތަކުން ޕާސްވޯޑު އިމްޕޯރޓުކުރުމުގެ ފުރުސަތު ދެއެވެ. ޕާސްވޯރޑު މެނޭޖަރއެއް ބޭނުން ނުކުރި ނަމަވެސް ވަރުގަދަ ޕާސްވޯރޑެއް އިޚްތިޔާރުކޮށް މަލްޓިފެކްޓަރ އޯތެންޓިކޭޝަން ގެ ބޭނުން ފުރިހަަމަޔަށް ބޭނުން ކުރަންވާނެއެވެ.
އިތުރަށް ކިޔާލުމަށް
ޕާސްވޯޑާއި މުހިންމު މައުލޫމާތު ލީކުވެފައިވޭތޯ ބަލާނީ ކިހިނެއް؟
ޒާތީ އަދި ސިއްރު މަޢުލޫމާތާއި މެދު ރައްކާތެރިވޭ!
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.