އާދައިގެ ފިޓްނެސް ޓްރެކާ އަގުބޮޑު ސްމާޓްވޮޗަށްވުރެ ރަނގަޅު

ފާޠިމަތު އައިން ލަބީޤް 20 އޯގަސްޓު 2022

ފުރަތަމަ ފަހަރަށް ފިޓްނެސް ޓްރެކާރއެއް ގަންނަން ބަލާލާއިރު، ބްރޭންޑްތަކުގެ އަދަދު ގިނަވުމުގެ ސަބަބުން އެއްޗެއް އިހްތިޔާރުކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ.

ހިތުގެ ތެޅުން މޮނިޓަރ ކުރުން، ކެލޮރީ ގުނުން އަދި ކަސްރަތު ލޮގް ކުރުމަކީ ފިޓްނެސް ޓްރެކަރއެއްގައި ހުންނަން ޖެހޭ މުހިންމު ބައިތަކެކެވެ. ނަމަވެސް އަލަށް ފިޓްނެސް ޖާރނީއެއް ފަށާނަމަ ޖީޕީއެސް، ވީއޯ2 މެކްސް އަދި އިލެކްޓްރޯކާޑިއޯގްރާމް ސްކޭނަރ ފަދަ ފީޗާސްތައް ބޭނުންވާނެތޯއެވެ؟

ފިޓްނެސް ޓްރެކަރ ތަކުގައި އާ ފީޗާސްތައް ތައާރަފް ކުރަމުންދާވަރަކަށް އޭގެ އަގުތައްވެސް ދަނީ މައްޗަށެވެ. އެހެންކަމުން ފިޓްނެސް ޓްރެކަރއެއް ގަންނައިރު ބަލަންވާވަރަށް ރަނގަޅަށް ނުބެލުމުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ބޭކާރުގޮތުގައި ހޭދަކުރެވިދާނެއެވެ.

ގިނަ މީހުން ދެކޭ ގޮތުގައި ފިޓްނެސް ޓްރެކަރތަކުގައި ވަރަށް ގިނަ ފީޗާސްތައް ހުންނަންޖެހެއެވެ. ނަމަވެސް ބޭސިކް އެކްޓިވިޓީ ޓްރެކާރއެއް ހުރުމުން ހަގީގަތުގައި ފުދެއެވެ.

މިސާލަކަށް ހުއާވެއިގެ ބޭސިކް ފިޓްނެސް ޓްރެކާރތައް ކަމަށްވާ ހުއަވެއި ބޭންޑް 6 ނުވަތަ ފިޓްބިޓް އިންސްޕައިއަރ 2 އަށް ބަލައިލަމާ ހިނގާށެވެ. ހުއަވެއިގެ ފިޓްނެސް ޓްރެކާރތަކަކީ ވަރަށް އަގުހެޔޮ ޑިވައިސްތަކެކެވެ. ނަމަވެސް އޭގެއިން ހިތުގެ ތެޅުން މޮނިޓާރކޮށް، ކެލޮރީ އަންދާލެވޭ މިންވަރު ބެލޭނެއެވެ. އަދި ވޯކްއައުޓްގެ ރެކޯޑް ބެލެހެއްޓުމަށްވެސް މި ޑިވައިސް ބޭނުންކުރެވިދާނެއެވެ. އެހެންކަމުން މި ކުޑަ އިންވެސްޓްމެންޓް ވެގެން ދާނީ ވަރަށް ފައިދާހުރި އިންވެސްޓްމެންޓަކަށެވެ.

ޖާރނަލް އޮފް ޑައިއަބެޓީސް އިން ޝާއިރުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކާމިޔާބުގޮތުގައި ބަރުދަން ލުއިކުރުމަށް ޑައެޓް އާއި ކަސްރަތުގެ ރިކޯޑް ބެލެހެއްޓުން ވަރަށް މުހިންމެވެ. ފިޓްނެސް ޓްރެކާރއެއް ބޭނުންކޮށްގެން މިކަން ވަރަށް ފަސޭހައިން ވާނެއެވެ.

މީގެ އިތުރުން ފިޓްނެސް ޓްރެކާރ ފެން ބުއިމަށާއި، ހިނގާލަންދާން ހަނދާންކޮށްދެއެވެ. ގަވައިދުން ހަރަކާތްތެރިވުމަކީ ކަސްރަތުކުރާއިރު ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަލަށް ފިޓްނެސް ޓްރެކަރއެއް ގަންނަ ފަރާތްތަކުންވެސް އަގުހެޔޮ ބްރޭންޑެއްގެ ޑިވައިސްއެއް އިހްތިޔާރުކޮށްގެންވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވިދާނެއެވެ.

ކަސްރަތުކުރާއިރު ލިބޭ ކުރިއެރުން ރިކޯޑުކުރުމަށް އަގުހެޔޮ ޑިވައިސްއެއް ބޭނުންނަމަ އާދައިގެ ފިޓްނެސް ބޭންޑެއް ރަނގަޅުވާނެއެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވައިދުން ކަސްރަތުކޮށް، ސިއްހަތަށް ކުރިއެރުން ލިބިފައިވާނަމަ ދެން އިތުރު ފީޗާސް ހުންނަ އަގުބޮޑު ފިޓްނެސް ބޭންޑުތައް އިހްތިޔާރުކުރެވިދާނެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.