ވާޗުއަލް ރިއަލިޓީ ނުވަތަ ވީއާރް އަކީ ކޮމްޕިއުޓަރަކުން އުފައްދާ އާޓިފިޝަލް ދުނިޔެއެކެވެ. ވީއާރް ހެޑްސެޓެއްގައި ބޮލުގައި އަޅައިގެން މިފަދަ އާޓިފިޝަލް ދުނިޔެތަކަށް މީހުންނަށް ވަދެވިދާނެ އެވެ. ގެއިން ނުނިކުމެ ޖައްވީ އުޅަނދެއް އުދުއްސާލެވިދާނެ އެވެ. ރަހުމަތްތެރިންނާއެކު އެކި ކުޅިވަރު ކުޅެވިދާނެ އެވެ. ނުވަތަ އޭލިއަނުންގެ ސާޖަރީ އެއް ހެދިދާނެ އެވެ. ދޫންޏެއްގެ މަތީގައި އިނދެ ދުނިޔެ ބަލަން ބުރެއްޖަހާލެވިދާނެއެވެ.
ވާޗުއަލް ރިއަލިޓީ، ނުވަތަ ވީއާރް، މި ތަޖުރިބާތަކަކީ ހަގީގީ ތަޖުރިބާތަކެއް ކަމަށް ހީކޮށް ސިކުނޑިއަށް އޮޅުވާލުމަށް ހާއްސަ ޓެކްނޮލޮޖީއެއް ބޭނުން ކުރެއެވެ. ސްޓީރިއޯސްކޯޕީ ނަމަކަށް ކިޔާ ޓެކްނިކަކުން ކޮންމެ ލޮލަކަށް ތަންކޮޅެއް ތަފާތު ފޮޓޯއެއް ފޮނުވައެވެ. މިކަމުގެ ސަބަބުން ފުންމިނުގެ ވަހުމް އުފެއްދިދާނެއެވެ. ވީއާރު ހެޑްސެޓްގެ ސަބަބުން ހަގީގީ ދުނިޔޭގެ ލޯތައް ބްލޮކް ވެގެން ދެއެވެ. އަދި ސިމިއުލޭޓެޑް މާހައުލުގެ ވިއުތައް ވެސް ދައްކާލާ 3-ޑީ ސްޕޭސްއެއްގެ ތެރޭގައި އުޅޭކަމުގެ އިހްސާސް ލިބިގެންދެއެވެ. މޯޝަން ޓްރެކިން ގެ ސަބަބުން ވީއާރް ސިސްޓަމަކުން އެމީހެއްގެ ބޯ އަނބުރައިލާ އިރު ވާޗުއަލް ދުނިޔެއަކާ މެދު ޔޫޒާ ދެކޭ ގޮތް ބަދަލުކޮށްލުމުގެ ފުރުސަތު ލިބެ އެވެ. އަދި ހޭންޑްހޭންޑް ކޮންޓްރޯލަރބޭނުންކޮށްގެން ވީ.އާރު ގައި ހުންނަ އެއްޗެހިބޭނުންކޮށްގެން މުޢާމަލާތް ކުރެވިދާނެއެވެ. އަދި މިއަށް އެކި އަޑުތައް އިތުރުކޮށްލެވެއެވެ. މި އިފެކްޓް އާންމުކޮށް އުފައްދަނީ ލޮލުގެ ކުރިމަތީގައި ކުޑަ ސްކްރީނެއް ހުންނަ ހެޑް މައުންޓެޑް ޑިސްޕްލޭއެއް ހިމެނޭ ވީއާރް ހެޑްސެޓުތަކުން ނަމަވެސް ގިނަ ބޮޑެތި ސްކްރީންތައް ހިމެނޭ ގޮތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޮޓަރިތައް މެދުވެރިކޮށް ވެސް މި އިފެކްޓް އުފެއްދޭނެ އެވެ.
އެމެރިކާގެ ކޮމްޕިއުޓަރ ސައިންޓިސްޓެ އީވާން ސަދަލޭންޑާއި އޭނާގެ ދަރިވަރު ބޮބް ސްޕްރޫލް 1968 ވަނަ އަހަރު އުފެއްދި ވީއާރު ޑިވައިސް ސްވޯޑް އޮފް ޑެމޮކްލީސްއަކީ އެންމެ ފުރަތަމަ އުފެއްދި ވީއާރު ޑިވައިސްއެވެ.
ފުރަތަމަ ވީއާރް/ އޭއާރް ހެޑް މައުންޓެޑް ޑިސްޕްލޭ (ސްވޯޑް އޮފް ޑެމޮކްލީސް) އަކީ ކޮމްޕިއުޓަރަކާ ގުޅިފައިވާ ޑިސްޕްލޭއެކެވެ. މިޑިސްޕްލޭއަކީ ސީލިންގްގައި ހަރުކޮށްފައި އިންނަ ބަރު އަދި އަޅަން އުނދަގޫ ބިރުވެރިގޮތަކަށް އިންނަ ޑިވައިސްއެކެވެ. އަދި ބޭނުންކުރާ މީހާ ވެސް ޑިވައިސްގެ ތެރެއަށް ވައްދަން ޖެހޭނެ އެވެ. އޭރު ކޮމްޕިއުޓަރުން އުފެއްދި ގްރެފިކްސްއަކީ ވަރަށް އާދައިގެ ވަޔަރފްރޭމް ރޫމްތަކާއި އެއްޗެހިތަކެކެވެ.
މި ޓެކްނޮލޮޖީ އެކި ގޮތްތައް ތަރައްގީ ވަމުން އައިސް އޭގެ ފައިދާ މިއަދު އެތައް ބަޔަކަށް ލިބެއެވެ. މިއަދު ވީއާރްއަކީ ހަމައެކަނި މުނިފޫހިފިލުވަން ނުވަތަ ގޭމްކުޅެން ބޭނުން ކުރާ ޓެކްނޮލޮޖީއެއް ނޫނެވެ. މިޓެކްނޮލޮޖީއިން މީހާ ތަހައްމަލުކުރަމުން ދާ ތަދުގެ މިންވަރު ދަށްކޮށް ދޭން އެހީތެރިވެދެއެވެ. އަދި ބިރުވެރިކަން ތަހައްމަލުކުރަން ބޭނުންކުރެވިދާނެއެއްޗެއްވެސް މެއެވެ. ކުރިން އިހުސާސްނުވާ ބިރުވެރިކަމަކަށް ތައްޔާރުވެ، އެފަދަ ހާދިސާ ނުވަތަ ކަމެއް ސިމިއުލޭޓްކޮށް ހަގީގީ ދިރިއުޅުމުގައިއެ ބިރުވެރިކަން ތަހައްމަލު ކުރުމަށް މީސްތަކުންނަށް އެހީތެރިވެދޭނެ ކަމެކެވެ.
ސައިންޓިސްޓުންގެ އެކި ހޯދުންތަކުގައި މިޓެކްނޮލޮޖީ ބޭނުން ކުރެއެވެ.ނާސާގެ ސައިންޓިސްޓުންދަނީ ޖައްވީ ހޯދުންތަކުގައި އަދި ތަމްރީނުތަކާއި މެއިންޓެނެންސް ކަންކަމުގައިވެސް ވީއާރު ބޭނުންކުރަމުންނެވެ.
ނާސާގެ އެސްޓްރޮނޯޓުންއީސްއޭ އެކްސްޕެރިމެންޓެއްގައި ވާޗުއަލް ރިއަލިޓީ ބޭނުންކުރަނީ
ވީއާރްގައި ތާރީހީ ތަންތަނުގެ 3-ޑީ މޮޑެލް ތައް އުފެއްދުމަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގެއްލޭ އާސާރުތައް ހިފެހެއްޓިދާނެ ކަމެކެވެ. އަދި ވީއާރްގައި ނެތިގޮސްފައިވާ ޖަނަވާރުތައް އައުމަކީ ތާރީހު ދިރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވީއާރުގެ ބޭނުން މިލިޓަރީ ދާއިރާގައިވެެސް ބޭނުންކުރެއެވެ. ވީއާރުގެ ސަބަބުން ސިފައިންނަށް ރިއަލްޓައިމްކޮށް ހަނގުރާމައިގެ މައިދާނުގެ މާހައުލުތައް ތަޖުރިބާކޮށް، ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ.
މިހާރަކަށް އައިސް ވީއާރް އެންމެ ބޮޑަށް ލިމިޓްވެފައި ހުންނަނީ ލޮލުގެ ފެނުމާއި އަޑުތަކަށެވެ. އެކަމަކު ބައެއް ސައިންސްވެރިން މަސައްކަތް ކުރަނީ ވީއާރް އަށް ޓަޗް، ނުވަތަ ހާޕްޓިކް ސެންސޭޝަންސް އިތުރު ކުރުމަށެވެ.
މި ޓެކްނޮލޮޖީ އަގުހެޔޮވެ ފުޅާވަމުން އެބަދެއެވެ. ކުރިއަށް އޮތްތަނުގައި މި ޓެކްނޮލޮޖީއަށް އިތުރު އިނޮވޭޓިވް ބޭނުންތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވިދާނެއެވެ. އަދި ވާޗުއަލް ރިއަލިޓީގެ ފުރުޞަތުތަކުގެ ސަބަބުން މުއާމަލާތްކޮށް މަސައްކަތް ކުރާ އަސާސީ ގޮތެއް ކަމަށް ވެސް ވެދާނެ އެވެ. ހެޑްސެޓްގެ ބަދަލުގައި ލޮލުގައި އަޅާއައިނުން ވާރޗުއަލް ދުނިޔެއަށް ވަނުމަކީ މުސްތަގުބަލުގައި ވާނެކަމެއްކަމައް ބެލެވެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.