އިރުގެ އަލިންނާއި ފެނުން ސާފު ތެޔޮ އުފައްދާ ފްލޯޓިން 'އާޓިފިޝަލް ލީވްސް' ސައިންސްވެރިން އުފައްދައިފި އެވެ. މިއީ ކަނޑުމަތީގައި ބޮޑު ސްކޭލެއްގައި އޮޕަރޭޓް ކުރެވިދާނެ ބާވަތުގެ ފަތެއްކަން ހާމަކޮށްފައިވެއެވެ.
މިއީ ފޮޓޯސިންތަސިސްއިން އިންސްޕިރޭޝަން ނަގައި، ގަސްގަހާގެހި އިރުގެ އަލިކަމުގެ އެހީގައި ކާއެއްޗަކަށް ބަދަލުކުރާ ޕްރޮސަސްއަށް ބަލައިގެން ތައްޔާރުކޮށްފައިވާ އާޓިފިޝަލް ފަތެކެވެ. މި އާޓިފިޝަލް ފަތް ޑިޒައިންކޮށްފައިވަނީ ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ދިރާސާތައް ކުރާ ސައިންޓިސްޓުންގެ ޓީމަކުންނެވެ.
މިއީ އަގު ކުޑަކޮށް، ލުއިކޮށް ތައްޔާރުކުރެވިފައިވާ ފަތަކަށް ވުމުން ސާފު ފިއުލް އުފެއްދުމަށް މި ފަތްތައް ބޭނުން ކުރެވިދާނެ ކަމަށް އެމީހުންގެ ދިރާސާތަކުން ދައްކައެވެ.
މި ދިރާސާ ބޭރުގައި ކޯރެއްގައި ކުރުމުން ފާހަގަވެފައިވަނީ މި އާޓިފިޝަލް ފަތްތަކުން އިރުގެ ދޯދި ފިއުލްއަށް ބަދަލު ކުރެވިދާނެ ކަމެވެ. މިއީ ކެމްބްރިޖްއާއި އިރުމަތީ އިންގްލޭންޑާއި ދެމެދު އޮންނަ ރިވާކޭމްގައި ކުރެވުނު ދިރާސާއެކެވެ.
މިއީ ފެން މަތީގައި ފިއުލް އުފެއްދިދާނެކަން ދިރާސާއަކުންވެސް ދެއްކި ފުރަތަމަ ފަހަރެވެ. އިތުރަށް މިދިރާސާއިން ދައްކާ ގޮތުގައި މި އާޓިފިޝަލް ފަތްތައް ތަޣައްޔަރުވެފައިވާ ފެންކޯރުތަކާއި، ޕޯޓުތަކާއި ކަނޑާއި ގްލޯބަލް ޝިޕިން އިންޑަސްޓްރީއަށްވެސް ކޮންމެވެސް ހަމައެއްގެ ހައްލެއް ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
މިދިރާސާގެ ނަތީޖާތައް ހާމަކޮށްފައިވަނީ 2022 އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ނޭޗާ ޖާނަލްގައެވެ.
މިފަދަ ރިނިވަބަލް އެނާޖީ ޓެކްނޮލޮޖީއަކީ މިހާރަކަށް އައިސް އަގު ހެޔޮވެފައި، ފަސޭހައިން ލިބެން ހުންނަ ޓެކްނޮލޮޖީއަކަށް މިވަނީ ވެފައެވެ. ނަމަވެސް، ޝިޕިން އިންޝަސްޓްރީފަދަ އިންޑަސްޓްރީތަކަށް ޑީކާބޮނަޒް ކުރުމަކީ އުނދަގޫ ދިގު އަމުރެކެވެ.
ދުނިޔޭގެ ޓްރޭޑިން އިންޑަސްޓްރީގައި ގާތްގަނޑަކަށް 80 އިންސައްތައަކީ އަދިވެސް ކާގޯ ވެސެލްތަކުގައި ޓްރާންސްޕޯޓް ކުރާ ޓްރޭޑްތަކެވެ. މިއީ ފޮސިލް ފިއުލްގެ އެހީގައި ކުރިއަށް ގެންދާ ޓްރާންސްޕޯޓުތަކެވެ.
މި އިންޑަސްޓްރީގައި ހިނގާ ކަންތައްތަކުގެ ވާހަކަ ތަކަކީ ކްލައިމެޓް ކްރައިސިސްގެ މައުޟޫގައިވެސް ވާހަކަ ނުދެއްކޭ ވާހަކަތަކެވެ.
މި އާޓިފިޝަލް ފަތްތަކުގެ ޓެސްޓުތަކުން ދައްކާ ގޮތުގައި ފެން ހައިޑްރޯޖަންއާއި އޮކްސިޖަންއަށް ބައިކޮށްލެވިދާނެއެވެ. ނުވަތަ ސީއޯ2 ސިންގޭސްއަށް ދަށްކުރެވިދާނެއެވެ.
ކޮމާޝަލް އެޕްލިކޭޝަންތަކަށް ތައްޔާރުވުމުގެ ކުރިން އިތުރު ކުރިއރުންތަކެއް ހޯދަން ޖެހޭއިރު، ސައިންސްވެރިން ބުނަނީ މި ތަރައްގީގެ ސަބަބުން އެމީހުންގެ މަސައްކަތްތަކުގައި މުޅިން އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.