ކްރޯމް އެކްސްޓެންޝަން މެލްވެއާ ތަކެއް އަވަހަށް ޑިލީޓް ކުރޭ!

އަޙްމަދު ދާއޫދު 31 އޯގަސްޓު 2022

ގޫގަލް ކްރޯމް އެކްސްޓެންޝަންތަކުން އިތުރު ފީޗާތަކާއެކު ބްރައުޒިން ތަޖުރިބާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވެމުން ދާއިރު، މިދިޔަ އަހަރުތަކުގެ ތެރޭގައި ގެއްލުން ހުރި ގިނަ އެކްސްޓެންޝަންތަކެއް ވަނީ އުފެދިފަ އެވެ. ދާދިފަހުން ނެރުނު ސެކިއުރިޓީ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނުރައްކާތެރި އިތުރު ފަސް އެކްސްޓެންޝަނެއް ކްރޯމު ބްރައުޒާއިން ވަނީ ފެނިފައެވެ.

އޭގެ ތެރެއިން ބައެއް އެކްސްޓެންޝަން، އެއީ ގޫގުލް އިން ވެސް ފީޗާކޮށްފައިވާ އެކްސްޓެންޝަންތަކެކެވެ.

މެކާފީން ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ކްރޯމް ވެބް ސްޓޯރުގައި ލިބެން ހުރި ފަސް ނުރައްކާތެރި ބްރައުޒާ އެކްސްޓެންޝަންގެ ތަފްސީލު ހިމެނޭއިރު، އޭގެ ތެރޭގައި "ނެޓްފްލިކްސް ޕާޓީ" ގެ ދެ އެކްސްޓެންޝަން ކަމަށްވާ "ފްލިޕްޝޯޕް — ޕްރައިސް ޓްރެކަރ އެކްސްޓެންޝަން"، "ފުލް ޕޭޖް ސްކްރީންޝޮޓް ކެޕްޗާ — ސްކްރީންޝޮޓިން" އަދި "އޮޓޯބައި ފްލެޝް ސޭލްސް" ހިމެނެ އެވެ. އެއިން ކޮންމެ އެއްޗަކުން 20،000 އަށް ވުރެ ގިނަ ޑައުންލޯޑް ލިބިފައިވާއިރު، ޖުމްލަ 1،400،000 އަށް ވުރެ ގިނަ ޑައުންލޯޑް ލިބިފައިވެ އެވެ.

ކޮންމެ އެކްސްޓެންޝަނަކުން، ބްރައުޒާގައި ޕޭޖަށް އަންނަ ބަދަލުތަކަށް ބަލާއިރު، އާ ޕޭޖަކަށް ދާ ކޮންމެ ފަހަރަކު އެކްސްޓެންޝަނުން ޕޭޖްގެ ޔޫއާރްއެލް ރިމޯޓް ސަރވަރަކަށް ފޮނުވައި އެފިލިއޭޓް ރެވިއު ކޯޑް އިންޖެކްޓް ކުރެއެވެ. ގިނަ ސައިޓްތަކުގައި (ހައު-ޓު ގީކް ހިމެނޭ ގޮތަށް) ޝޮޕިން ވެބްސައިޓްތަކުގެ ލިންކްތަކުގައި އެފިލިއޭޓް ކޯޑް ހިމަނާފައިވާއިރު، އެފަދަ އެކްސްޓެންޝަންތަކަކީ އެއްގޮތަކަށްވެސް ތަކެތި ގަތުމާ ގުޅުން ހުރި އެއްޗެއް ނޫނެވެ.

އެފަދަ ލިންކުތަކުން ދަނީ ތިބާގެ ޑިވައިސްގައި ސިއްރުކުރެވިފައިވާ ބައެއް މައުލޫމާތުތައް ނެގިދާނެފަދަ ޕޭޖަކަށް ކޯޑް އިންޖެކްޓް ކުރަމުންނެވެ. އަދި ބައެއް އެކްސްޓެންޝަންތައް އިންސްޓޯލް ކުރިތާ 15 ދުވަސް ފަހުން އެފިލިއޭޓް ކޯޑް އިންޖެކްޓް ކުރަން ފެށުމަށް މަޑުކުރާ ކަމުގެ ހެކިތައް ވެސް މެކާފީއަށް ފެނިފައިވެ އެވެ.

ގޫގަލް އިން އަންނަނީ އާ މެނިފެސްޓް ވީ3 ސްޓޭންޑަޑާއެކު ނުބައި އެކްސްޓެންޝަންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ދުވަސްވީ މެނިފެސްޓް ވީ2 ޓެކްނޮލޮޖީއާ އަޅާބަލާއިރު، މެނިފެސްޓް ވީ3 އިން އެކްސްޓެންޝަންތަކަށް ވަދެވޭނީ ކޮން ޕޭޖްތަކެއްތޯ ބެލުމަށް މީހުންނަށް އިތުރު ކޮންޓްރޯލެއް ލިބިގެންދެއެވެ. މެނިފެސްޓް ވީ3 އިން ރިމޯޓްކޮށް ހޯސްޓް ކުރާ ކޯޑް ވެސް ބްލޮކް ކުރާއިރު، މިއީ މެކާފީން ރިޕޯޓްކުރާ ބައެއް (އެކަމަކު ހުރިހާ ސުލޫކެއް ނޫން) ހުއްޓުވޭނެ ކަމެކެވެ.

އޭގެ ފަހުން 800،000 އަށް ވުރެ ގިނަ ޔޫޒަރުން ތިބި ނެޓްފްލިކްސް ޕާޓީގެ އެންމެ މަގުބޫލު އެކްސްޓެންޝަން ވަނީ ކްރޯމް ވެބް ސްޓޯރުން ނައްތާލާފަ އެވެ. ބާކީ ހުރި އެޕްތައް އަދިވެސް ލައިވްކޮށް ހުރިއިރު، “ފުލް ޕޭޖް ސްކްރީންޝޮޓް ކެޕްޗާ” ގައި އަދިވެސް ސްޓޯރުގައި “ފީޗާޑް” ލޭބަލް ޖަހާފައިވެ އެވެ. އެއިން އެއްވެސް އެއްޗެއް އިންސްޓޯލްކޮށްފައި ހުރިނަމަ އެތަކެތި ތިބާގެ ޑިވައިސް އިން ނައްތާލެވިއްޖެކަން ޔަގީން ކުރައްވާށެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.