ކޮކްސް އަކީ އެންމެ އަވަސް އިންޓަނެޓް ޕްރޮވައިޑާރ

ފާޠިމަތު އައިން ލަބީޤް 02 ސެޕްޓެމްބަރު 2022

ޖުލައި މަހުގެ ފަހުކޮޅު ނެރުނު އޫކްލާ ސްޕީޑްޓެސްޓް އިންޓެލިޖެންސް ރިޕޯޓުގައިވާގޮތުން 2022 ގެ ދެވަނަ ކުއާޓާރގައި އެމެރިކާގެ އެންމެ އަވަސް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ޕްރޮވައިޑާރއަކީ ކޮކްްސް ކޮމިއުނިކޭޝަންއެވެ. ޓޮޕް ޕްރޮވައިޑަރެއްގެ ޝަރުތު ހަމަށްވުމަށްޓަކައި ކުންފުނިތަކުގެ ހިއްސާ އޫކްލާގެ ޓެސްޓް ސާމްޕްލްގައި %3 އަށް ވުރެ އިތުރުވާން ޖެހޭނެއެވެ.

ނަމަވެސް 2020 ވަނަ އަހަރު ފެށުނީއްސުރެ މި ލިސްޓުގެ އެއްވަނައިގައި އޮތީ ވެރިޒޯންއެވެ. އެހެންކަމުން ކޮކްސް ކޮމިއުނިކޭޝަންއިން މިފަހަރު ލިސްޓުގެ އެއްވަނައިން ޖާގަ ހޯދުމަކީ ހައިރާންކުރަނިވި ކަމަކެވެ. މި ރޭންކިންގް ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ ކަސްޓަމަރ ޑާޓާގެ މީންގެ ބަދަލުގައި އޫކްލާ މީޑިއަން ބޭނުންކުރަން ފެށުމެވެ. މީންގެ ބަދަލުގައި މީޑިއަން ބޭނުންކުރުމުން އަންނަ ތަފާތު ތިރީގައިވާ ފޮޓޯއިން ފެނިގެންދެއެވެ.

"އަޅުގަނޑުމެން މި ބަދަލު ތަންފީޒުކުރީ ނެޓްވޯރކްގެ ކޮންސިއުމަރުންގެ ތަޖުރިބާ ސަރީހަކޮށް ތަމްސީލުކުރުމަށް." އޫކްލާގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާރގައި ކޮޒްއިން އެއްވަނަ ހޯދީ 197 މެގަބިޓްސް ޕާރ ސެކަންޑް ގެ މީޑިއަން ޑައުންލޯޑް ސްޕީޑްގައެވެ. 184 އެމްބީޕީއެސް އާ އެކު އެކްސްފިނިޓީއިން ލިސްޓުގެ ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ 183 އެމްބީޕީއެސްއާއި އެކު ސްޕެކްޓްރަމްއެވެ. 171 އެމްބީޕީއެސް އާއިއެކު ވެރިޒޯންއަށް ލިބުނީ ލިސްޓުގެ ހަތަރުވަނައެވެ.

އެމެރިކާގެ އެންމެ އާބަދީ ބޮޑު ސަރަހައްދުތައްކަމަށްވާ އެރިޒޯނާ، ލަސް ވޭގަސް، ފީނިކްސް އަދި ސޭން ޑިއޭގޯ ގައިވެސް އެންމެ އަވަސް ފިކްސްޑް ބްރޯންޑްބޭންޑް ޕްރޮވައިޑާރގެ މަގާމް ހޯދީ ކޮޒްއެވެ.

ސްޕީޑް ޓެސްޓްގައި ކޮކްސް އެއްވަނަ ހޯދި ނަމަވެސް އަޕްލޯޑް ސްޕީޑް ޓެސްޓުގައި އެ ކުންފުނި ގަދަ 10 ގައި ވެސް ހިމެނިފައިނުވެއެވެ. ކޮކްސް ކޮމިއުނިކޭޝަންގެ މީޑިއަން އަޕްލޯޑް ސްޕީޑަކީ އެންމެ 11 އެމްބީޕީއެސްއެވެ. މިއީ އަޕްލޯޑް ސްޕީޑް ޓެސްޓުގެ އެންމެ މޮޅު 3 ކުންފުނިކަމަށްވާ ފްރޮންޓިއާރ (113 އެމްބީޕީއެސް)، ވެރިޒޯން (112 އެމްބީޕީއެސް) އަދި އޭޓީ އެންޑް ޓީ (112 އެމްބީޕީއެސް) އާއި އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ.

ނަމަވެސް އެއީ އެހާ ހައިރާންކުރަނިވި ކަމެއް ނޫނެވެ. ކޮކްސްގެ ކޭބަލް ކަނެކްޝަންތަކައް އޭޓީ އެންޑް ޓީ، ފްރޮންޓިއާރ އަދި ވެރިޒޯން ބޭނުންކުރާ ފައިބަރ އޮޕްޓިކް އިންޓަރނެޓް ކަނެކްޝަން އާއި ވާދަނުކުރެވޭނެއެވެ.

އޫކްލާއިން މުޅި އަހަރު ތެރޭގައި ރިޕޯޓުތައް ނެރެމުންދާއިރު މީޑިއަން ޕްރައިމެރީ ޕަފޯމެންސް މެޓްރިކެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން އާ ޓްރެންޑްތަކެއް އުފެދިދާނެތޯ ބެލުމަށް ވަރަށް ގިނަ ފަރާތްތަކުންވަނީ ޝައުގުވެރިކަން އުފެދިފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.