ނާސާއިން ހަނދަށް ފޮނުވަން އުޅުނު ރޮކެޓް ފޮނުވޭގޮތެއް ނުވި

އަޙްމަދު ދާއޫދު 03 ސެޕްޓެމްބަރު 2022

ސެޕްޓެމްބަރު 3 ވަނަދުވަހަށް ޝެޑިއުލްކުރި ނާސާގެ އާޓިމިސް މޫން ރޮކެޓްގެ ދެވަނަ ދަތުރުވެސް ކުރިއަށް ނުގެންދެވި ރޮކެޓް އުދުއްސާލުން މަޑުޖައްސާލަން ޖެހިއްޖެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިންވަނީ ޖައްވީ އުޅަނދު (އާޓިމިސް މޫން ރޮކެޓް) ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް ހަނދަށް ފޮނުވުމަށް މަސައްކަތްކޮށްފައެވެ.

ނާސާގެ ސައިންސްވެރިންނާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޝަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ޖެހުނީ އާޓިމިސް ރޮކެޓްގެ ދެވަނަ ދަތުރު ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވަގުތު އައިސް ޖެހުނުއިރުވެސް ކޮންޓްރޯލަރުންނަށް ވެހިކަލްގައި ހައިޑްރޯޖަން ލީކުވުން ހުއްޓުވޭ ގޮތެއް ނުވުމުންނެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ނުވަތަ އަންގާރަ ދުވަހު ރޮކެޓް ފޮނުވާލުމުގެ އިތުރު ފުރުސަތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ސްޕޭސް ލޯންޗް ސިސްޓަމަކީ ނާސާއިން މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ރޮކެޓެވެ. މިއީ 50 އަހަރު ވަންދެން އެސްޓްރޮނޯޓުންނާއި އެމީހުންގެ ސާމާނު އަނބުރާ ހަނދުގެ ބިމަށް ފޮނުވުމަށް ފަރުމާކޮށްފައިވާ ރޮކެޓެކެވެ.

އެ އުޅަނދުގެ އަޑީގައި ހުންނަ ބޮޑު ހަތަރު އިންޖީނެއްގެ އެހީގައި އޭގެ ދުވެލި ބާރުސްޕީޑްގައި ފަށާއިރު، އެއީ ގާތްގަނޑަކަށް ތިން މިލިއަން ލީޓަރުގެ ސުޕަ ކޯލްޑް ލިކުއިޑް ހައިޑްރޯޖަން އާއި އޮކްސިޖަން ބޭނުންވާނެ ޕްރޮސީޖާއެކެވެ.

ނާސާގެ އެ އުޅަނދު މިއަދު (ހޮނިހިރު) ދުވަހު ދަތުރު ފެށުމަށް ހަމަޖެހިފައި ވާއިރު، ކޮންޓްރޯލަރުން ހެނދުނުގެ ވަގުތެއްގައި ރޮކެޓްގެ ހައިޑްރޯޖަން ޓޭންކް ފިލް ކުރުމަށް ކޮމާންޑަށް ފޮނުވުމުން އެލާމް އަޅައި، ގޭސް ލީކުވެފައިވާކަން އަންގައިދިނެވެ.

އެ މައްސަލަ ހޯދިފައިވަނީ އުޅަނދަށް ހައިޑްރޯޖަން ޕަމްޕް ކުރަމުން ދިޔަ ކަނެކްޝަނުންނެވެ. ނާސާގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮންޓްރޯލަރުން ގިނަ ފިކްސްތަކެއް ޓްރައި ކުރިއިރު، އޭގެ ތެރޭގައި ހާޑްވެއާ ހީޓްކުރުން އަވަސް ކުރުން ހިމެނެއެވެ. ކޮންޓްރޯލަރުން އުންމީދުކުރީ މިއީ ސީލް ރީސެޓް ވެދާނެ ކަމެއް ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ކާމިޔާބެއް ނުލިބުނު ކަމަށް ބުނެފައިވެއެވެ.

އާޓިމިސް މިޝަނަކީ ފަޅުވެރިންނާ ނުލައި ކުރާދަތުރެއް ނަމަވެސް ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ އިންސާނުންގެ ޖައްވީ އުދުހުމުގައި ރޮކެޓްގެ މުސްތަގުބަލުގައި އަދާކުރާނެ ދައުރުގެ މާނައަކީ އަދިވެސް އެ ރޮކެޓް އޮޕަރޭޓްކުރުމުގައި އިންތިހާއަށް ފަރުވާތެރިވާން ޖެހޭ ކަމެވެ.

"އަހަރެމެން ދާނީ ތައްޔާރު ވުމުން،" "އަހަރެމެން އޭގެ މަތީގައި ނުދާން، އަދި އިންސާނުން އޭގައި ދަތުރު ކުރުމުގެ ކުރިން އެއީ ރަނގަޅު ކަމެއްކަން ޔަގީން ކުރަން." އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނާސާއަށް އަނެއްކާވެސް ޓްރައި ކުރެވިދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މި ރޮކެޓްގައި ވަރަށް އަވަހަށް އިންސްޕެކްޓް ކުރަން ޖެހޭނެ ބެޓެރީ ސިސްޓަމްތަކެއް އެބަހުއްޓެވެ. އަދި އިތުރު މަސައްކަތްތަކެއް ކުރުމަށް އެ އުޅަނދު އަނބުރާ އިންޖިނިއަރިން އިމާރާތަށް ރޯލް ކުރަން ޖެހިދާނެއެވެ. އެހެން ވެއްޖެނަމަ، އަނެއްކާވެސް އޭގެ ދަތުރުތައް އޮކްޓޯބަރު މަހުގެ މެދުތެރެއަށް ލަސްކުރަން ޖެހިދާނެ އެވެ.

ނާސާގެ އެސްޓްރޮނޯޓް ޒޭނާ ކާޑްމަން ބުނީ އެންމެންގެ މާޔޫސްކަން އޭނާއަށް ވިސްނޭ ކަމަށާއި ނަމަވެސް ސުޕަ ކޯލްޑް ޕްރޮޕެލަންޓްތަކާއެކު މަސައްކަތް ކުރުމުގެ ގޮންޖެހުން ދެނެގަންނަން ޖެހޭ ކަމަށެވެ.

"މިކަހަލަ ކްރައިޖެނިކް ފިއުލްތަކަކީ ހަގީގަތުގައި ވެސް ހޭންޑްލް ކުރަން އުނދަގޫ އެއްޗެހި ކަމަށާއި އެހެންވީމަ ޕްރޮސެސްގެ ބަޔަކީ ހަމައެކަނި ރޮކެޓަށް ރަނގަޅަށް ވަންނަކަން ޔަގީން ކުރުން. މި މައްސަލައަކީ މީގެ ދުވަސްކޮޅެއް ކުރިން ފެނުނު ކަންކަމާ ތަފާތު މައްސަލައެއް ނޫން. އެކަމަކު ހަމަ މައްސަލަ ހައްލު ކުރަން ވަގުތު ހުސްވި." ލޯންޗް ވިންޑޯ ބަންދު ކުރުމުގެ ކުރިން،" ބީބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ރޮކެޓް ފޮނުވަން ކުރި މަސައްކަތް ޝެޑިއުލްކޮށްފައި އޮތީ ރާއްޖެ ގަޑިން 14:17 (19:17 ބީއެސްޓީ؛ 18:17 ޖީއެމްޓީ) އިން ފެށިގެން ދެ ގަޑިއިރުގެ ވިންޑޯއެއް ފެށުމަށެވެ.

100 މީޓަރު އުސްމިނުގެ މި އުޅަނދުގެ މަގުސަދަކީ އިންސާނުންގެ ރޭޓިން ކެޕްސޫލެއް ކަމަށްވާ އޮރިއަން ކިޔާ ކެޕްސޫލެއް ހަނދަށް ފޮނުވާލުމެވެ. 1972 ވަނަ އަހަރު އެމެރިކާއިން ހަދަން ބަޔަކު ދަތުރުކުރި ފަހުން އަދި މިހާތަނަށް އެފަދަ ޕްރޮޖެކްޓެއް ދުނިޔޭގެ އެއްވެސް ބަޔަކަށް ކާމިޔާބުވެފައެއް ނުވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.