ދިވެހިބަހުން އެސްއެމްއެސް ފޮނުވާ ސައިބާ ސްކޭމެއް، ސަމާލުވޭ!

ޝުޖާޢަތު ރަޝީދު 06 ސެޕްޓެމްބަރު 2022

ގޫގަލް ޓްރާންސްލޭޓާގެ އެހީގައި އިނގިރޭސި ބަސް ދިވެހި ބަހަށް ބަދަލުކޮށްގެން، ސަރުކާރުގެ އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް (ފޭކު) މެސެޖުތަކެއް ދައުރުވަމުން އެބަދެއެވެ.

މި ސައިބާ ސްކޭމްގައި ފޮނުވަމުންދާ މެސެޖުތަކަކީ ފެނަކާގެ ނަމުގައި ސަބްސިޑަރީ ރަޖިސްޓާ ކުރުމަށާއި، މެޓް އޮފީހުގެ ނަމުގައި މޫސުމުގެ ހަބަރާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ފްރޯޑް ކޯލަށް ސަމާލުވުމަށް ބުނެ ލިންކު ދީފައި ފޮނުވަމުންދާ މެސެޖުތަކެކެވެ.

ބޮޑަށް ލަފާ ކުރެވެނީ މިއީ ގޫގަލް ޓްރާންސްލޭޓާ ފަދަ ޓޫލްއެއް ބޭނުންކޮށްގެން ޖައްސާ ސްކޭމްއެއް ގޮތުގައެވެ.

މި ސައިބާ ސްކޭމް ހާމަކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެ މުއައްސަސާގެ އޮފިޝަލް ޓްވިޓާ ހޭންޑަލްގައްޔާއި ފޭސްބުކްގައި ޕޯސްޓުކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިފަދަ ސައިބާ ސްކޭމްތަކުން ރައްކާތެރިވުމަށް އެއްވެސް ފަރާތަކުން ފޮނުވާ މެސެޖުގެ ލިންކަށް ނުފިތުމަކީ ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސައްޙަ މަޢުލޫމާތުތޯ ކަށަވަރު ކުރުމަށްފަހު، ޝައްކުވެވޭފަދަ މުޢާމަލާތެއްނަމަ މޯލްޑިވްސް ޕޮލިސްގެ އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލްގައި (https://police.gov.mv/crimereport) ރިޕޯޓު ކުރެވޭނެއެވެ. ނޫނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަންބަރު 3322111 އަށް ގުޅުއްވައި މިފަދަ ކްރައިމް ރިޕޯޓު ކުރެވޭނެއެވެ.

ސައިބާ ސްކޭމް މެސެޖެއް ގޮތުގައި ޝައްކުވާ މެސެޖުތަކަށް ބެލުމަށް މެސެޖު އައިސްފައިވަނީ ރަނގަޅު ނަންބަރަކުންތޯ ބަލައި، މެސެޖުތަކުގައި ލިޔެފައި ހުރި އެއްޗަކީ ސައްޙަ މަޢުލޫމާތުތޯ ކަށަވަރު ކުރާށެވެ.

އިތުރަށް ކިޔާލުމަށް:

މޯބައިލް ސެކިއުރިޓީ: ޑިވައިސްތަކަށް ވުރެއް ތޫނުފިލި ވާންޖެހޭ


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.