ގޫގަލްގެ ރޮބޮޓް ބަޓްލާރ ޓްރެއިންކުރީ ސޯޝަލް މީޑިއާއިން

ފާޠިމަތު އައިން ލަބީޤް 16 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރޮބަޓް ބަޓްލާރސްއަކީ ޕޮޕްކަލްޗާރގައި މުސްތަގުބަލު ތަސްވީރިކުރުމަށް ބޭނުންކުރާ ސްޓޭޕްލްއަކެވެ. އެކަމަކު ރޮބޮޓު ބަޓުލަރުން ހަގީގަތަކަށް ހެދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ވައިއާރޑްއާއި އެހެން ފަރާތްތަކުން މި ހަފްތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާގޮތުގައި ދިރާސާކުރާ ފަރާތްތަކުންވަނީ ރޮބޮޓް ބަޓްލާރސް ހަގީގަތަކަށް ހެދުމަށް ކުރިއަށް ފިޔަވަޅެއް އަޅާފައެވެ.

ގޫގަލްއިން ވަނީ ދާދި ފަހުން އަލްފަބެޓް އިންކްގެ ކޮމްޕެނީއެއް ކަމަށްވާ އެވްރީޑޭ ރޮބޮޓްސްއާއި ގުޅިގެން ކުރަމުންދާ ޕްރޮޖެކްޓުތައް ޝޯކޭސްކޮށްފައެވެ. އޮޕެން އޭއައިގެ ޖީޕީޓީ-3 ފަދަ ޗެޓް ބޮޓްތަކާއި ގޫގުލްގެ ޕެތްވޭސް ލެންގުއޭޖް މޮޑެލް ބޭނުންކޮށްގެން އެވްރީޑޭ ރޮބޮޓްސްއިން ދަނީ ޔުޒާރ އިންޕުޓް ޖަމާކޮށް އިންސާނުންނާއި އިންޓަރނެޓް ގުޅުވައިދެމުންނެވެ.

މިސާލަކަށް، ގޫގަލްގައި މަސައްކަތްކުރާ ސައިންޓިސްޓަކު އެވްރީޑޭ ރޮބޮޓޮސްގެ އެއް އަތް ހުރި ރޮބޮޓެއް ކަނެކްޓްކޮށްފައިވާ ލެޕްޓޮޕެއްގައި "އަހަރެން ބަނޑުހާވެއްޖެ" ޓައިޕްކުރިއެވެ. ދެން އެ ރޮބޮޓް އެ ޖުމްލައަށް ވިސްނާ، ކައިރީގައި ހުރި ކައުންޓާރ އިން ޗިޕްސް ޕެކެޓެއް ނަގާ، ސައިންޓިސްޓަށް އެ ޕެކްޓް ދިނެވެ. މިކަމުގައި އެންމެ ފާހަނގަކޮށްލެވޭ ކަމަކީ އެ ރޮބޮޓް އެގޮތަށް ކަންތައްކުރީ ކުރިން އެގޮތަށް ޕްރޮގްރާމްކޮށްފައިވާތީއެއް ނޫނެވެ. އެއީ ސޯޝަލް މީޑިއާއާއި ވިކިޕީޑީއާފަދަ ޑޭޓާބޭސްތައް ސްކޭންކޮށް، އެ ރޮބޮޓް ކުރި ކަމެކެވެ.

ޓައިޕްކުރެވިފައިވާ ކޮމާންޑްތަކަށް އަމަލުކުރުމަށް އަދިވެސް އިންސާނުންގެ އެހީ ބޭނުންވި ނަމަވެސް މިއީ ސްޓްރީމްލައިންޑް އަދި އެހީތެރި ރޮބޮޓުތައް ބިނާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ނިޒާމްގައި އަދިވެސް ކުޑަ މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން އިންޓަރނެޓް ސޯސިންގް އަށް ބިނާކޮށް ލެންގުއޭޖް މޮޑެލިންގް އިން ބައެއް ފަހަރު ދޮގު މައުލޫމާތު ލިބެއެވެ. "އަދި ފިކްސް ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. އެހެންކަމުން ކޮމާރޝަލްކޮށް ރޮބޮޓުތައް ވިއްކަން ފެށުމަށް އަދި ވަގުތުކޮޅެއް ނަގާނެ." ގޫގަލްގެ ރޮބޮޓިކްސް ރިސާރޗްގެ ސީނިއާރ ޑައިރެކްޓާރ ވަރަށް ފަހުން ވިދާޅުވިއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.