ޒާތީ މައުލޫމާތު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ގޫގަލް އާއި މެޓާ 71.9 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.
ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަން (ޕީއައިޕީސީ) އިން ބުދަ ދުވަހު ގޫގުލް އާއި މެޓާ ޕްލެޓްފޯމްތަކުން ޖުމްލަ 100 ބިލިއަން ވޮން (71.9 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
އެ ކޮމިޝަނުން ވަނީ ޕާސަނަލައިޒްޑް އިޝްތިހާރު ޑޭޓާ އެއްކުރުމާ ގުޅިގެން ކޮމިޝަނުން ދިން ފުރަތަމަ އަދަބުތަކުގައި ގޫގުލް އަށް 69.2 ބިލިއަން ވޮން އާއި މެޓާ ޕްލެޓްފޯމްސް އަށް 30.8 ބިލިއަން ވޮންގެ ޖޫރިމަނާ އާންމު ބައްދަލުވުމެއްގައި ފާސްކޮށްފަ އެވެ.
މި ޖޫރިމަނާއަކީ ޒާތީ މައުލޫމާތު ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު އަދަދެވެ.
ގޫގުލް އާއި މެޓާއަށް އަންގާފައިވަނީ އަމިއްލަ ޕްލެޓްފޯމްތަކުން ބޭރުގައި ވެބްސައިޓް ނުވަތަ އެޕްލިކޭޝަންތަކުގައި ޔޫޒަރުންގެ ސުލޫކުގެ ޑޭޓާ އެއްކުރަން ނުވަތަ ބޭނުން ކުރަންޏާ އެމީހުންގެ ޔޫޒަރުންނަށް ސާފުކޮށް ފަސޭހައިން އަންގައި ރުހުން ހޯދުމަށް ވެސް ޕީއައިޕީސީން އަމުރުކޮށްފަ އެވެ.
ވޮޗްޑޮގުން ބުނީ އެ ކުންފުނީގެ ތަހުގީގުން ކަށަވަރުވެފައިވާ ގޮތުގައި، ގޫގުލް އާއި މެޓާ އިން އެފަދަ ޑޭޓާ އެއްކުރުމަށް ނުވަތަ ތަހުލީލުކުރުމަށް ޔޫޒަރުންގެ އަމިއްލަ ޝައުގުވެރިކަން އަންދާޒާކޮށް އެ މައުލޫމާތު ބޭނުންކޮށްގެން ޕާސަނަލައިޒްޑް މައުލޫމާތު ދިނުމުގައި ސާފުކޮށް ޔޫޒަރުންނަށް އަންގާފައި ނުވާ ކަމަށެވެ.
ގޫގަލް އިން މަދުވެގެން 2016 ވަނަ އަހަރުން ފެށިގެން ޑިފޯލްޓް ސެޓިންގްއަކުން މިފަދަ ޑޭޓާ އެއްކުރުމަށް ނޭނގި ކޮރެއާގެ ޔޫޒަރުންނަށް ރުހުން ދިނުމަށް އަންގާފައިވާއިރު ފޭސްބުކްގެ އޮޕަރޭޓަރު މެޓާ އިން 2018 ވަނަ އަހަރުން ފެށިގެން އެކަން އަންގާފައި ނުވާ ކަމަށް ވޮޗްޑޮގުން ބުނެ އެވެ.
ނަތީޖާއެއްގެ ގޮތުން ކޮރެއާގައި ގޫގުލް ބޭނުންކުރާ މީހުންގެ 82 ޕަސެންޓަށް ވުރެ ގިނަ މީހުންނާއި މެޓާ ބޭނުންކުރާ މީހުންގެ 98 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ޔޫޒަރ ބިހޭވިއަރ ޑޭޓާ ގޫގުލް އާއި މެޓާ އިން ބޭރުގެ ޕްލެޓްފޯމްތަކުގައި އެމީހުންގެ ގަވާއިދާ ހިލާފަށް ޑޭޓާ އެއްކުރުމަށް ހުށަހެޅިފައިވާ ކަމަށް ޕީއައިޕީސީން ބުނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.