ސްނެޕްޗެޓްގެ މެސެޖިންގް އަދި ވީޑިއޯ ޗެޓް ފީޗާސްތައް އެންމެ ފުރުތަމަ ބްރައުޒާރތަކަށް ލޯންޗުކުރީ މިއަހަރުގެ ޖުލައި މަހުގައެވެ. އެއީ ވަކިވަކި ސަރަހައްދުތަކަށާއި، ސްނެޕްޗްޓް ޕްލަސް ސަބްސްކްރިބަރުންނަށެވެ. ނަމަވެސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްނެޕްޗެޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ބްރައުޒާރއިން ޗެޓް ކުރެވޭނެއެވެ.
ސްނެޕްޗެޓްގެ ވެބް އިންޓަރފޭސް ބޭސިކް ނަމަވެސް އެއިން ފޮޓޯ ފޮނުވުމަށާއި އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރުމަށް ވަރަށް ފަސޭހަވާނެއެވެ. ކުންފުނީގެ ތަރުޖަމާނަކު ބުނެފައިވާގޮތުގައި ފަހަކަށްއައިސް ސްނެޕްޗެޓް ބޭނުންކުރާ ޔޫޒަރުންގެ މެދުގައި ވީޑިއޯ ކޯލް ކުރުން ވަނީ ވަރަށް މަގުބޫލުވެފައެވެ. އެހެންކަމުން ވެބް ވާޝަންގައި މި ފީޗާ ތައާރަފްކުރުމުން ވީޑިއޯ ކޯލްތަކުގެ ގަޑި އިތުރުވާނެއެވެ. ޑިމާންޑް ބޮޑުވެއްޖެނަމަ ސްނެޕްޗެޓްގެ އެހެން މައިގަނޑު ފީޗާސްތައްވެސް ވެބް އިންޓަރފޭސްއަށް އިތުރުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސްނެޕްޗެޓް އިން ވަނީ އައިއޯއެސް 16 ގެ ރިލީސްއާއެކު ލޮކް ސްކްރީން ވިޖެޓެއް ތައާރަފްކޮށްފައެވެ. މި ވިޖެޓްއިން ބޭނުން ޗެޓެއްގެ ޝޯޓްކަޓް އުފެއްދޭނެއެވެ.
މިހާރު ސްނެޕްޗެޓްގެ އެޕްގައިވެސް އާ ޝޯޓްކަޓްތަކެއް ހުންނާނެއެވެ. އެގޮތުން ޖަވާބު ނުދޭ ޗެޓްތަކަށް ހަނދާންކޮށްދޭ ނޮޓިފިކޭޝަންތަކާއި، ރަށްޓެހިންގެ އުފަންދުވަސް ހަނދާންކޮށްދޭ ރިމައިންޑާރސްތައްވެސް ހިމެނެއެވެ. ކުންފުނިން ބުނެފައިވާ ގޮތުގައި މި ފީޗާތައް ނުލިބޭ ޔޫޒަރުންނަށްވެސް ދުވަސްކޮޅަކުން މި ފީޗާސްތަކަށް އެކްސެސް ކުރެވޭނެއެވެ.
އިތުރަށް ކިޔާލުމަށް:
ފްރީލޭންސް ލިޔުންތެރިޔެއް