ކޮންސިއުމާރ އިލްކްޓްރޯނިކްސް މާކެޓްގައި ޗައިނާ އެއްވަނަ

ފާޠިމަތު އައިން ލަބީޤް 27 ސެޕްޓެމްބަރު 2022

ކޮންސިއުމާރ އިލެކްޓްރޯނިކްސް އުފެއްދުމާއި ވިއްކުމުގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ ޗައިނާ ހޯދައިފައިވަނީ އެ ގައުމުގެ އިނޮވޭޝަން ރަނގަޅުވުމާއި އަދި ކުންފުނިތަކުގެ ބްރޭންޑް ބިލްޑިންގް ކެޕޭސިޓީގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއިން އަންގާރަ ދުވަހު ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ އޮފިޝަލެއްކަމަށްވާ ޒޫ ވެންލީ ވިދާޅުވިގޮތުގައި ޗައިނާގައި ދުނިޔޭގެ ބޮޑެތި އިލެކްޓްރޯނިކް އުފެއްދުންތެރިންގެ މަރުކަޒުތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް ސެންޓާރތައް ގާއިމްވެފައިވުމުގެ ސަބަބުން ޗައިނާ އަކީ ކޮންސިއުމާރ އިލެކްޓްރޯނިކްސް އުފައްދާ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ގައުމެވެ.

މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއިން ޗައިނާގެ އޯޑިއޯ ވިޝުއަލް ޓެކްނޮލޮޖީއާއި ވާރޗުއަލް ރިއަލިޓީ އިންޑަސްޓްރީ ތަރައްގީކުރުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް ޒޫ ވިދާޅުވިއެވެ.

މިއާއެކު އިންފޮމޭޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ކޮންޓެންޓް، ކޮމްޕިއުޓިންގް، ސްޓޯރޭޖް އަދި ޑިސްޕްލޭ އިންޑަސްޓްރިއަލް ޗެއިންސް ފަދަ ކަންކަން އަޕްގްރޭޑް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޒޫ ވަނީ ވިދާޅުވެފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.