ވިންޑޯޒް 11 ގެ ފުރަތަމަ ބޮޑު އަޕްޑޭޓް މިހާރު ލިބޭނެ

އަޙްމަދު އަޙްސަން 30 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިންޑޯޒް 11 މިދިޔަ އަހަރު ނެރެފައިވާއިރު، މިހާރު މައިކްރޮސޮފްޓުން ވަނީ ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމަށް ފުރަތަމަ ފަހަރަށް ކޮންމެވެސް ވަރެއްގެ ބޮޑު އަޕްޑޭޓެއް ނެރެފައެވެ. މި އަޕްގްރޭޑްތަކަކީ މީގެ ކުރިން މައިކްރޮސޮފްޓުން ގެނެސްފައިވާ ބައެއް ބޮޑެތި އޯއެސް ބަދަލުތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ އަޕްގްރޭޑްތަކެކެވެ. މި ހަފުތާގެ އިއުލާނެއްގައި ޗީފް ޕްރޮޑަކްޓް އޮފިސަރު ޕަނޯސް ޕަނާއީ ވިންޑޯޒް 11 އަށް "ވިންޑޯޒް ގެ އެންމެ ބޭނުންތެރި އަދި އެންމެ ރަނގަޅު ވާޝަން" ގެ ނަމުން ނަން ދީފައިވާ ކަމަށް ބަލައިގެން މައިކްރޮސޮފްޓަށް އެ ހުރިހާ އަޕްޑޭޓެއް ނުގެނެޔަސް ރަނގަޅުވާނެ ކަމުގެ އިހްސާސް ކުރެވިފައިވެއެވެ.

މައިކްރޮސޮފްޓް އިން ވަނީ ޑެސްކްޓޮޕް އޯއެސް އަށް އާ އެކްސެސިބިލިޓީ އަދި ސެކިއުރިޓީ ފީޗާސްތައް އެކުލަވާލާފައެވެ. އާ އެކްސެސިބިލިޓީ އެންހޭންސްމަންޓްތަކުގެ ސަބަބުން ލައިވް ކެޕްޝަންތައް އިތުރަށް ރަނގަޅުވެ، އިތުރު "ނެޗުރަލް" ސައުންޑިން އޮޓޮމޭޓެޑް ޓެކްސްޓް ޓު ސްޕީޗް ނެރޭޓަރުން އިތުރުވެގެން ދެއެވެ. އާ ފޯކަސް މޯޑަކީ ސްމާޓްފޯނަށް ޑޫ-ނޮޓް-ޑިސްޓާބް ފީޗާއެއް ގޮތަށް މަސައްކަތް ކުރާ، ހުރިހާ އޮންސްކްރީން ނޮޓިފިކޭޝަންތައް ވަކި މުއްދަތަކަށް ބްލޮކް ކޮށްލާ އަދި ވަކި މުއްދަތަކަށް މަސައްކަތް ކުރާ ގޮތަށް ހެދިފައިވާ މޯޑެކެވެ.

ސެކިއުރިޓީ ސައިޑްގައި، މައިކްރޮސޮފްޓުން ބުނަނީ ވަރަށް އަވަހަށް އައިޑެންޓިޓީ-ތެފްޓް އެލާޓްތައް ވިންޑޯޒް ޑިފެންޑަރ (މައިކްރޮސޮފްޓް 365 އޮފީސް ސުއިޓަށް ސަބްސްކްރައިބް ކުރާނަމަ) އިތުރު ކުރާނެ ކަމަށެވެ. 'މައިކްރޯސޮފްޓް ޑިފެންޑަރ ސްމާޓްސްކްރީން' އިން ވެބްސައިޓަކަށް ލޮގިން ވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ޑޭޓާ ބްރީޗެއް ވާނަމަ އެކަން އަންގައިދޭނެއެވެ.

މީގެ އިތުރުން ރަނގަޅު ވިންޑޯ ސްނެޕް ކުރުން ފަދަ ބައެއް ލޭއައުޓް އަދި ޔޫސަބިލިޓީ ބަދަލުތައް ވެސް އެބަހުރި ކަމަށާއި އޭގެ ސަބަބުން ސްކްރީންގެ އެކި ހިސާބުތަކަށް ވަކިވަކި ބްރައުޒާ ޓެބްތައް ސްނެޕް ކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ. ފޮޓޯތަކަށް ވެސް ބައެއް އާ އަޕްޑޭޓްތައް އެބަހުއްޓެވެ. ބައެއް މީހުން ބޮޑަށް ފޯކަސް ކުރަނީ މިހާރަށް ވުރެ ރަނގަޅު ވިޝުއަލް އެރޭންޖްމަންޓްތަކެއް އުފެއްދުމަށް ކަމަށާއި އަނެއްބައި މީހުން ދުވަސްވީ ފޮޓޯތައް ޑިސްޕްލޭ ކުރާނެ އާ ގޮތްތައް ހޯދާ ކަމަށާއި ބައެއް ފަހަރު ހަނދާން އާކުރަން ބޭނުން ނުވިޔަސް ހަނދާން އާކޮށްދެއެވެ.

މައިކްރޮސޮފްޓުން ވެސް ތިމާވެއްޓާއި ގުޅެމުން އަންނަ އިރު، އެ ކުންފުނިން ބުނީ މިހާރު ވަކި ވަކި ތަންތަނުގައި ވަކި ވަގުތެއްގައި ކަރަންޓް ބޭނުންކުރާ މިންވަރަށް ސިސްޓަމް އަޕްޑޭޓްތައް ޝެޑިއުލް ކުރެވިދާނެ ކަމަށާއި އެހެންކަމުން އިލެކްޓްރިކަލް ސިސްޓަމްތަކުން އޯގަނައިޒޭޝަނަށް ކުރާ ބުރަ ކުޑަވާނެ ކަމަށެވެ. ތަންކޮޅެއް މަދުން ކަރަންޓް ބޭނުން ކުރުމަށް ސްލީޕް އެންޑް ސްކްރީން އޮފް ސެޓިން ވެސް ވަނީ ބަދަލުކޮށްފައެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.