2އެފްއޭ އާއެކު ބައިނަންސް އެކައުންޓް ސެކިއުއަރ ކުރާނެގޮތް

އަޙްމަދު އަޙްސަން 02 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2އެފްއޭ އާއެކު ބައިނަންސް އެކައުންޓް ރައްކާތެރިކުރުމަށް ބޭނުންކުރެވިދާނެ ހުރިހާ ގޮތްތަކެއް މި ލިޔުމުގައި ހިމެނިފައިވާނެއެވެ. ބައިނަންސް އެކައުންޓް ރައްކާތެރި ނުކުރެވިއްޖެ ނަމަ ތިމާގެ ހުރިހާ ފައިސާއާއި އެސެޓްތައް ގެއްލި ނުވަތަ ވަގައް ނެގުމަކީ ހިނގައިދާނެވެ. ބައިނަންސް ބިލްޓް އިން 2އެފްއޭ ގެ ސަބަބުން މިއީ ކުރަން އުނދަގޫ ކަމެކެވެ.

ބައިނަންސް އެޕް މެދުވެރިކޮށް ބަޔޯމެޓްރިކް އަދި ފޯން ނަމްބަރާއެކު އެކައުންޓް ރައްކާތެރިކުރާނެ ގޮތް

ކުދި ޓްރާންސެކްޝަންތައް ތަންފީޒު ކުރުމަށް ހަމައެކަނި ބައިނަންސް ބޭނުން ކުރާނަމަ، ތިމާގެ އީމެއިލް އެޑްރެހާއި ފޯނު ނަމްބަރު ބޭނުންކޮށްގެން ބައިނަންސް ޓްރާންސެކްޝަންތައް ކަށަވަރު ކުރެވިދާނެއެވެ.

ބައިނަންސް ގައި ރަޖިސްޓަރީ ކުރާއިރު ތިމާ ދިން އީމެއިލް އެޑްރެހަކީ ޑިފޯލްޓް 2އެފްއޭ މެތަޑެވެ. އެކަމަކު އެސްއެމްއެސް ވެރިފިކޭޝަން ފަދަ އެހެން އޮތެންޓިކޭޝަން މެތަޑްތައް އިތުރު ކުރުމުން ސެކިއުރިޓީ ވަރުގަދަވެއެވެ.

ފޯން ނަމްބަރާއެކު ބައިނަންސް 2އެފްއޭ އެކްޓިވޭޓް ކުރާނެގޮތް

ތިމާގެ ބައިނަންސް 2އެފްއޭ އަށް އެސްއެމްއެސް އޮތެންޓިކޭޝަން އިތުރުކުރުމުގެ އިހްތިޔާރު އެޕްގެ ސެޓިންތަކުގައި އެބަހުއްޓެވެ.

1. މޯބައިލް އެޕްގެ އެންމެ މަތީ ވާތްފަރާތު ޕްރޮފައިލް އައިކަން އަށް ޓެޕް ކޮށްލާށެވެ.

2. ސެކިއުރިޓީއަށް ދާށެވެ.

3. ދެން، ޓެކްސްޓް މެސެޖް އަށް ޓެޕް ކޮށްލާށެވެ.

4. އެސް.އެމް.އެސް 2އެފްއޭ ބޭނުންކުރަން ފެށުމަށް ޓެކްސްޓް މެސެޖްގެ ކަނާތްފަރާތަށް ސްވިޗް އޮން ކޮށްލާށެވެ.

5. ކޮންޓެކްޓް ފީލްޑުގައި ފޯނު ނަންބަރު ދޭށެވެ.

6. އެސްއެމްއެސް އަދި އީމެއިލް އޮތެންޓިކޭޝަން ފީލްޑްތަކުގައި ކޯޑް ފޮނުވުމަށް ޓެޕް ކޮށްލާށެވެ.

7. މެސެޖިން އެޕް އަދި އީމެއިލް އިންބޮކްސް ޗެކް ކޮށްލާށެވެ. ދެން ތިމާއަށް ފޮނުވާ ސިއްރު ހަ ޑިޖިޓް ޖަހާށެވެ.

8. އެންމެ ފަހު ކަމަކަށް، ސަބްމިޓް ކުރުމަށް ޓެޕް ކޮށްލާށެވެ.

އެސްއެމްއެސް މެދުވެރިކޮށް ދެ ފިޔަވަހީގެ ސައްހަކަން ކަށަވަރުކުރުމުން، ބައިނަންސް މޮބައިލް ނުވަތަ ވެބް އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކަށް ސިއްރު ހަ ނަމްބަރުގެ ކޯޑެއް ތިމާގެ އީމެއިލް އެޑްރެހަށާއި ފޯނު ނަމްބަރަށް ފޮނުވާނެއެވެ.

ޓަޗް އައިޑީ ނުވަތަ ފޭސް އައިޑީ ބޭނުންކޮށްގެން ބައިނަންސް 2އެފްއޭ އެކްޓިވޭޓް ކުރާނެގޮތް

އެޕްއަށް ލޮގިން ވެލާއިރު ނުވަތަ ޓްރާންސެކްޝަނެއް އިތުރަށް ކަށަވަރު ކުރަން ޖެހިއްޖެ ހިނދެއްގައި ބައިނަންސް ބޭނުން ކުރަނީ ތިމާގެ ބަޔޯމެޓްރިކްސްއެވެ. ވީމާ، 2އެފްއޭއަށް މިކަން އިތުރުކުރުމުން ޔަގީންކުރެވެނީ އެ މުޢާމަލާތް ކުރާ ފަރާތަކީ އެކައުންޓުގެ ވެރިފަރާތް ކަމެވެ.

ބަޔޯމެޓްރިކްސް އާއެކު 2އެފްއޭ އެކްޓިވޭޓް ކުރާނެގޮތް

1. ޕްރޮފައިލް އައިކަން ޓެޕްކޮށް 'ސެކިޔުރިޓީ' އަށް ދާށެވެ.

2. 'ބަޔޯމެޓްރިކް' އަދި 'ސެކިއުރިޓީ ކީ' ޚިޔާރުކުރާށެވެ.

3. އާ އޮތެންޓިކޭޝަން އިތުރު ކުރުމަށް ޓެޕް ކޮށްލާށެވެ.

4. ޓަޗް އައިޑީ/ ފޭސް އައިޑީ ޚިޔާރުކުރައްވާށެވެ.

5. 'ގެޓް ކޯޑް' ޓެޕް ކުރައްވައި، އީމެއިލް ނުވަތަ ފޯނަށް ފޮނުވާ ވެރިފިކޭޝަން ކޯޑު ޖައްސަވާށެވެ.

6. ސަބްމިޓް ކުރުމަށް ޓެޕް ކޮށްލާށެވެ.

7. މޫނުގެ އައިޑީ ސްކޭން ކުރުމަށް ސީދާ މޫނާއި ދިމާލަށް ފޯނު ބަހައްޓާށެވެ. ނުވަތަ ޓަޗް އައިޑީ ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށް ފިންގަޕްރިންޓް ޕެނަލްގައި ޓެޕް ކޮށްލާށެވެ.

2އެފްއޭ އެޕެއް ބޭނުންކޮށްގެން ބައިނަންސް އެކައުންޓް ރައްކާތެރިކުރާނެގޮތް

2އެފްއޭ އެޕެއް ބޭނުން ކުރުމަކީ ތިމާގެ ބައިނަންސް އެކައުންޓް ރައްކާތެރިކުރުމަށް އެޅިދާނެ ރަނގަޅު އެއް ގޮތެވެ.

ބައިނަންސް މޯބައިލް ނުވަތަ ވެބް އެޕް މެދުވެރިކޮށް 2އެފްއޭ އެކްޓިވޭޓް ކުރެއްވޭނެއެވެ. ވެބް އެޕް މެތަޑަކީ ތިމާގެ މޯބައިލް ފޯނާއި ކޮމްޕިއުޓަރު ޝާމިލުވާ ގޮތަށް ދެވައްތަރެއްގެ ޕްރޮސެސްއެކެވެ.

ބައިނަންސް މެދުވެރިކޮށް އޮތެންޓިކޭޓަރ އެޕެއް އިންސްޓޯލް ކުރުން

ފުރަތަމަ ފިޔަވަޅަކީ ތިމާގެ ސްމާޓްފޯނުގައި ބައިނަންސް ސަޕޯޓްކުރާ 2އެފްއޭ އެޕެއް އިންސްޓޯލް ކުރުމެވެ. ބައިނަންސް އަކީ ގޫގުލް އޮތެންޓިކޭޓަރ އަދި ބައިނަންސް އޮތެންޓިކޭޓަރ ސަޕޯޓްކުރާ އެޕެކެވެ. އެޕް ސްޓޯރުން ނުވަތަ ޕްލޭ ސްޓޯރުން އެއިން ކޮންމެ އެއްޗެއް ވެސް އިންސްޓޯލް ކުރެވިދާނެއެވެ.

1. ބައިނަންސް މޯބައިލް އެޕް ހުޅުވައި، ޕްރޮފައިލް އައިކަން އަށް ޓެޕްކޮށް 'ސެކިޔުރިޓީ' އަށް ދާށެވެ.

2. ބައިނަންސް/ގޫގުލް އޮތެންޓިކޭޝަން ޓެޕް ކޮށްލާށެވެ.

3. އޮތެންޓިކޭޓަރ އެޕްގައި ޓޮގްލް ކޮށްލާށެވެ.

4. އޮތެންޓިކޭޓަރ ޑައުންލޯޑް ކުރައްވާ، މީގެން އެޕް ސްޓޯރ ނުވަތަ ޕްލޭ ސްޓޯރ އަށް ގެންގޮސްދޭ (ތިރީގައި މިވާ ލިންކުތައްވެސް ފެނިދާނެ).

5. އައިއޯއެސް ނުވަތަ އެންޑްރޮއިޑް އަށް އެޕް އިންސްޓޯލް ކޮށްލާށެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް އަށް ގޫގުލް އޮތެންޓިކޭޓާ މި ލިންކުތައްވެސް ޑައުންލޯޑް ކޮށްލެވޭނެއެވެ.

ޑެސްކްޓޮޕް ވެބް ބްރައުޒަރ މެދުވެރިކޮށް 2އެފްއޭ އެޕެއް ބޭނުންކޮށްގެން ބައިނަންސް ލިންކް ކުރާނެ ގޮތް

ކޮމްޕިއުޓަރުން ބައިނަންސް ވެބްސައިޓް މެދުވެރިކޮށް މޯބައިލް އެޕް އަށް 2އެފްއޭ ސެޓް ކުރެވިދާނެއެވެ. ވެބް އެޕް އިން ލިބޭ ހަމައެކަނި ފައިދާ އަކީ ފޯނު ގެއްލިއްޖެ ހާލަތެއްގައި އަދި އޮތެންޓިކޭޓާ އެޕް ރިކަވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ބެކަޕް ކީއެއް ދިނުމެވެ.

ފުރަތަމަ ފަށައިގަތުމަށް، ތިމާގެ ޕީސީ ނުވަތަ މެކް އިން ވެބް ބްރައުޒަރ މެދުވެރިކޮށް ބައިނަންސް އަށް ލޮގިން ވެލާށެވެ.

1. އެންމެ މަތީ ކަނާތްފަރާތުގައި ވާ ޕްރޮފައިލް އައިކަން އަށް ކްލިކް ކޮށްލާށެވެ.

2. ސެކިއުރިޓީއަށް ދާށެވެ.

3. ބައިނަންސް/ގޫގުލް އޮތެންޓިކޭޓަރގެ ކަނާތްފަރާތުގައިވާ 'އެނޭބަލް' އަށް ކްލިކް ކޮށްލާށެވެ.

4. ކުރިން ތިމާގެ މޯބައިލް ފޯނުގައި އިންސްޓޯލްކުރި އެޕްގެ މައްޗަށް ބިނާކޮށް، ބައިނަންސް އޮތެންޓިކޭޓަރ ނުވަތަ ގޫގުލް އޮތެންޓިކޭޓަރ ޚިޔާރުކުރާށެވެ.

5. ދެން 'ނެކްސްޓް' އަށް ކްލިކް ކޮށްލާށެވެ.

6. މިހާރު ފޯނުން އޮތެންޓިކޭޓަރ އެޕް ހުޅުވައި، 'ސްކޭން ކިއުއަރ ކޯޑު' އަށް ޓެޕް ކޮށްލާށެވެ. ދެން ކޮމްޕިއުޓަރުގެ ސްކްރީނުން ފެންނަން ކިއުއަރ ކޯޑު ސްކޭން ކޮށްލާށެވެ. އެހެން ގޮތަކަށް ބުނާނަމަ، ސެޓަޕް ކީއެއް އެންޓަރ ކުރުމަށް ކޮމްޕިއުޓަރު ސްކްރީނުން ފެންނަ ކިއުއަރ ކޯޑު ތިރީގައިވާ 16 ނަމްބަރު ގެ އޮތެންޓިކޭޝަން ކީ އެންޓަރ ކުރާށެވެ. އެއަށް ފަހު 'ކޮންޓިނިއު' އަށް ކްލިކް ކޮށްލާށެވެ.

7. ދެން ވެބް އެޕްގައި "ނެކްސްޓް" އަށް ކްލިކް ކޮށްލާށެވެ.

8. ކޮމްޕިއުޓަރުގެ ސްކްރީނުގައި ބެކަޕް ކީ ކޮޕީކޮށް، ރައްކާތެރި ލޮކޭޝަނަކަށް ޕޭސްޓް ކޮށްލާށެވެ. ރަނގަޅު ގޮތެއް އިޚުތިޔާރު ކުރުމަށް މިތަނުގައި ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރެވިދާނެއެވެ.

9. ދެން "ނެކްސްޓް" އަށް ކްލިކް ކޮށްލާށެވެ.

10. ބޭނުންވާ ހުރިހާ ފީލްޑެއްގެ ކޯޑް ހޯދުމަށް 'ގެޓް ކޯޑް' އަށް ކްލިކް ކޮށްލާށެވެ.

11. އީމެއިލް ވެރިފިކޭޝަން ކޯޑް ފީލްޑްގައި ތިމާގެ އީމެއިލް އިންބޮކްސްއަށް ފޮނުވާ 6 ނަމްބަރުކޯޑު އިންޕުޓް ކޮށްލާށެވެ.

12. އޮތެންޓިކޭޓަރ ކޯޑް ފީލްޑްގައި މޯބައިލް އޮތެންޓިކޭޝަން އެޕްގައި އިން 6 ނަމްބަރު އޯޓީޕީ ޖައްސަވާށެވެ.

13. އެންމެ ފަހު ކަމަކަށް، ނެކްސްޓް އަށް ކްލިކް ކޮށްލާށެވެ. ދެން އެނބުރި ސެކިއުރިޓީއަށް ދާށެވެ.

މޯބައިލް އެޕްގައި 2އެފްއޭ އެޕް ބައިނަންސް އެކައުންޓާއެކު ލިންކް ކުރާނެ ގޮތް

މޯބައިލް އެޕް މެދުވެރިކޮށް 2އެފްއޭ އެޕެއް ސެޓް ކުރުމަކީ ބެކަޕް ކީއެއް ނުދޭ ކަމަކަށް ވާތީ، ވެބް އޮޕްޝަން ފްލެކްސިބިލިޓީ އެއް ނުލިބެއެވެ. ނަމަވެސް ޑެސްކްޓޮޕް އަށް އެކްސެސް ނުލިބޭ ނަމަ މޯބައިލް އެޕްގައި 2 ފެކްޓާ އޮތެންޓިކޭޝަން ސެޓް ކުރުމަކީ މުހިންމު ކަމެކެވެ.

އޮތެންޓިކޭޓަރ އެޕެއް އިންސްޓޯލް ކުރުމަށްފަހު މޯބައިލް އެޕްގައި ތިމާގެ ބައިނަންސް އެކައުންޓް ހުޅުވާ، ދެން މި އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދާށެވެ.

1. ބައިނަންސް މޯބައިލް އެޕަށް އެނބުރި ގޮސް ލިންކް ޓެޕް ކޮށްލާށެވެ.

2. 'ސްކިޕް ޓިއުޓޯރިއަލް' އަށް ޓެޕް ކޮށްގެން ޓިއުޓޯރިއަލް ސެކްޝަން ސްކިޕް ކޮށްލާށެވެ.

3. ކިއުއާރު ކޯޑުގެ ތިރީގައި 16 ނަމްބަރުގެ ސިއްރު ކީ ކޮޕީ ކޮށްލާށެވެ.

4. ދެން 'ބައިންޑް' އަށް ޓެޕް ކޮށްލާށެވެ.

5. ކުރިން އިންސްޓޯލްކުރި އޮތެންޓިކޭޓަރ އެޕް (ގޫގުލް ނުވަތަ ބައިނަންސް އޮތެންޓިކޭޓަރ) ހުޅުވާލާށެވެ. ދެން އެހިސާބުން ފެށުމަށް ޓަކައި އޮތެންޓިކޭޓަރ އެޕްގައި އޮންސްކްރީން އިރުޝާދާއި އެއްގޮތަށް ކުރިއަށް ދާށެވެ.

6. ސެޓަޕް ކީ މެނުއަލްކޮށް އެންޓަރ ކުރުމަށް އިޚްތިޔާރު ކުރާށެވެ.

7. ދީފައިވާ ފީލްޑުގައި ކުރިން ބައިނަންސް އިން ކޮޕީކުރި ކޯޑު ޕޭސްޓް ކޮށްލާށެވެ.

8. ކުރިއަށް ގެންދިޔުމަށް ނުވަތަ އެޑް ކުރުމަށް (ގޫގުލް އޮތެންޓިކޭޓަރ އިން) ޓެޕް ކޮށްލާށެވެ.

9. އޮތެންޓިކޭޓަރ އެޕްގައި އެނބުރެމުންދާ ސަރކަލް ފެންނާނެއެވެ. އޭގެން ކޮންމެ ކޮމްޕްލީޓް ސަރކަލް އެއްގައި ތިމާގެ 2އެފްއޭ ބައިނަންސް އޮތެންޓިކޭޝަން ކޯޑް ބަދަލުވެގެންދެއެވެ.

10. ބައިނަންސް އެޕްގެ ތެރޭގައި، އެޕްލައިކުރެވޭ ހުރިހާ ފީލްޑެއްގެ ކޯޑް ފޮނުވުމަށް ޓެޕް ކޮށްލާށެވެ. މިހާރު ހުރި 2އެފްއޭ މެތަޑްތަކުން ފޮނުވާ 6 ނަމްބަރުކޯޑު ޕޭސްޓް ކުރައްވާ (އީމެއިލް ނުވަތަ ފޯން ނަމްބަރ).

11. އޮތެންޓިކޭޓަރ އެޕް ހުޅުވައި ސަރކަލް އެއް ފުރިހަމަ ކުރުމުގެ ކުރިން ހަ ނަމްބަރުގެ ކޯޑު ކޮޕީ ކޮށްލާށެވެ. ބައިނަންސްގައި އޮތެންޓިކޭޓަރ ކޯޑް ފީލްޑަށް ޕޭސްޓް ކޮށްލާށެވެ. މިއީ ބައިނަންސްގައި ދެން ހުރި ޓްރާންސެކްޝަންތައް އަބަދުވެސް ކަށަވަރު ކުރާނެ ގޮތެވެ.

12. އެންމެ ފަހު ކަމަކަށް، 'ސަބްމިޓް' އަށް ޓެޕް ކޮށްލާށެވެ.

2އެފްއޭ 'ސެކިއުރިޓީ ކީ ހާޑްވެއަރ' އާއި އެކު ބައިނަންސް އެކައުންޓް ރައްކާތެރިކުރާނެ ގޮތް

ސެކިއުރިޓީ ކީ ހާޑްވެއާ އަކީ ބައިނަންސް އަށް 2އެފްއޭގެ އެންމެ ރައްކާތެރި ގޮތެވެ. ތިމާގެ ބައިނަންސް އެކައުންޓަށް ސެކިއުރިޓީ ކީ ހާޑްވެއަރ އެއް ސެޓް ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ކޮމްޕިއުޓަރުން ވެބް މެދުވެރިކޮށެވެ.

އެކްސެސް ކީސް ރައްކާކުރަން އެކްސްޓާނަލް ސެކިއުރިޓީ ހާޑްވެއާތަކުގެ ތެރޭގައި 'ޔޫބައިކީ ސީރީޒް' އާއި 'ޓައިޓަން ސެކިއުރިޓީ ކީ' ފަދަ ސެކިއުރިޓީ ހާޑްވެއާ ހިމެނެ އެވެ. އެއީ ޔޫއެސްބީ ސްޓިކްސް ތިމާގެ ކޮމްޕިއުޓަރަށް ނުވަތަ އައިއޯއެސް ބޭނުން ކުރުން (ޔޫއެސްބީ-ސީ އިންޕުޓްތަކަށް ސަޕޯޓްކުރާ ކޮންޕިއުޓަރަށް).

ބައިނަންސް ރިކަމެންޑް ކުރަނީ ހާޑްވެއާ މެދުވެރިކޮށް އެކައުންޓް ސެކިއުއަރ ކުރާނަމަ މީގެތެރެއިން ޔޫބައިކީ ސީރީޒް އަށެވެ.

2އެފްއޭ އޮޕްޝަންގެ ގޮތުގައި އެކްސްޓާނަލް ސެކިއުރިޓީ ކީ ހާޑްވެއާ އެއް ބޭނުން ކުރާނެ ގޮތް

1. ކޮމްޕިއުޓަރުގެ ވެބް ބްރައުޒަރ މެދުވެރިކޮށް ތިމާގެ ބައިނަންސް އެކައުންޓަށް ލޮގިން ކުރާށެވެ.

2. މަތީ ކަނާތްފަރާތުގައި ވާ ޕްރޮފައިލް އައިކަން އަށް ކްލިކް ކޮށްލުމަށްފަހު ސެކިއުރިޓީއަށް ދާށެވެ.

3. 'ބަޔޯމެޓްރިކް އޮތެންޓިކޭޝަން/ސެކިއުރިޓީ ކީ' އެނޭބަލް ކޮށްލައްވާ، ނުވަތަ އޭގެ ބަދަލުގައި 'މެނޭޖް' އަށް ކްލިކް ކޮށްލާ — ކުރިން މޯބައިލް ޓަޗް ނުވަތަ ފޭސް އައިޑީ އެކްޓިވޭޓް ކޮށްފައިވާނަމަ.

4. ދެން 'އެޑް ނިއު އޮތެންޓިކޭޓަރ' އަށް ކްލިކް ކޮށްލާށެވެ.

5. ދީފައިވާ ވެރިފިކޭޝަން ފީލްޑްތަކުގައި ކޯޑް ހޯއްދަވާށެވެ.

6. ތިމާގެ އީމެއިލް އެޑްރެހަށް ފޮނުވާ ހަ ނަމްބަރުގެ ވެރިފިކޭޝަން ކޯޑް ދޭށެވެ. ދެން އޮތެންޓިކޭޓަރ އެޕް ބޭނުން ކުރާނަމަ އޭގެން ހަ ނަމްބަރުގެ ކޯޑު ޖަހާށެވެ.

7. އެލާޓް ބޮކްސް އިން، 'އެކްސްޓާނަލް ސެކިއުރިޓީ ކީ ނުވަތަ ބިލްޓް-އިން ސެންސަރ' އަށް ކްލިކް ކޮށްލާށެވެ.

8. ދެން، 'އޯކޭ' އަށް ކްލިކް ކޮށްލާށެވެ. ދެވަނަ ފަހަރަށް އަންގައިފިއްޔާ އަނެއްފަހަރު ވެސް 'އޯކޭ' އަށް ކްލިކް ކޮށްލާށެވެ. 60 ސިކުންތުގެ ތެރޭގައި މި ސްޓެޕްތައް ފުރިހަމަ ނުކުރެވިއްޖެ ނަމަ މުޅި ޕްރޯސަސް އަލުން ފަށަން ޖެހޭނެއެވެ.

9. މިހާރު ކޮމްޕިއުޓަރުގެ ޔޫއެސްބީ އަށް އެކްސްޓާނަލް ސެކިއުރިޓީ ކީ ހާޑްވެއާ އިންސަރޓް ކުރާށެވެ. ސެކިއުރިޓީ ކީ ސެޓް ކުރުމަށް އޮންސްކްރީން އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދާނީއެވެ.

10. ފިންގަރޕްރިންޓް ޖެހުމަށް ޓަކައި ސެކިއުރިޓީ ހާރޑްވެއަރ ގައި ޓަޗްކޮށް ބަޔޯމެޓްރިކް ދޭށެވެ. މިކަމުގެ ސަބަބުން ހާރޑްވެއަރ އެކްޓިވޭޓް ވެ، ތިމާގެ ބައިނަންސް އެކައުންޓަށް ލިންކް ކޮށްލާނެއެވެ.

11. އަންގައިފިނަމަ ބްރައުޒަރގައި 'އެލައު' އަށް ކްލިކް ކޮށްލާށެވެ.

12. 'ސީކްރެޓް ލޭބަލް ކީ' ފީލްޑުގައި ތިމާގެ ސެކިއުރިޓީ ކީއަށް ވަކި ނަމެއް ދޭށެވެ.

13. ދެން އެކައުންޓް ގެ ސައްހަކަން ބެލުމަށް އޮންސްކްރީން ގައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދާށެވެ.

14. އެންމެ ފަހު ކަމަކަށް، ސެކިއުރިޓީ ކީ ސެޓަޕް ފުރިހަމަ ކުރުމަށް 'ސަބްމިޓް' އަށް ކްލިކް ކޮށްލާށެވެ.

އަބަދުވެސް ކްރިޕްޓޯކަރަންސީ ރައްކާތެރިކުރާށެވެ.

ބައިނަންސް އަކީ ތިމާގެ އެކައުންޓް ރައްކާތެރިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ގިނަ އޮޕްޝަންތަކެއް ފޯރުކޮށްދޭ އެކްސްޗޭންޖެކެވެ. މިތަކެތި ލިބެނީ ކުޑަ އަގެއްގައި ނުވަތަ އެއްވެސް އަގެއް ނުނަގައިއެވެ. ނޫނީ ސެކިއުރިޓީ ކީ ހާޑްވެއާ އާ އެކު އިތުރަށް ވަރުގަދަ ކުރާނަމައެވެ. 2އެފްއޭ މެތަޑްސްގެ ކޮންމެ މެތަޑަކުން ވެސް ނުވަތަ އެއްކޮމްބިނޭޝަނަކުން އެކައުންޓް ރައްކާތެރިކުރެވިދާނެއެވެ. ނަމަވެސް މެތެޑްތަށް އެއްކުރުމުން އެކައުންޓްސެކިއުރިޓީ އިތުރަށް ވަރުގަދަވެ މަލްޓިލޭޔާރޑް ޕްރޮޓެކްޝަނެއް ފޯރުކޮށްދެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.