މިއަހަރުގެ އެންމެ މަޤުބޫލު ކޮމްޕިއުޓިން ޕްލެޓްފޯމްތައް

ޝުޖާޢަތު ރަޝީދު 03 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޒަމާނީ ޓެކްނޮލޮޖީ އިންސާނުންގެ އެދުން ވަގުތުން ފުއްދައިދޭ ގޮތަށް ކުރިއަރަމުން އަންނައިރު، ކަސްޓަމަރުން އަންނަނީ ޕްރޮޑަކްޓް ވިއްކާ ފަރާތްތައް ހޮވުމުގައި މައިގަނޑު ފީޗާއެއްގެ ގޮތުގައި ސްޕީޑަށް އިތުރު އަހަންމިއްޔަތުކަމެއް ދެމުންނެވެ.

ކުންފުނިތަކުގެ ސްޕީޑް އަވަސްކޮށް، އޮޕަރޭޝަންތައް ހަލުވި ދުވެލީގައި ނިންމުމަށް މަގުފަހިކޮށްދޭ ސޮފްޓްވެއާ ސޮލިއުޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭއިރު، މީގެ އަގު ވަޒަންކުރެވެނީ ދެވަނަ ކަމެއް ގޮތުގައެވެ. ރިލައިބިލިޓީއަކީ ފުރަތަމަ އިސްކަން ދެވޭ ކަމެވެ.

އެޖް ކޮމްޕިއުޓިންއަކީ ސޮފްޓްވެއާ ސިސްޓަމެއް ބޭނުންކޮށްގެން ޑޭޓާގެ ސޯސްއާ ގާތުން ޑޭޓާ ޕްރޮސެސްކޮށް ލޮކޭޝަން ބޭނުންކުރުމެވެ.

މި ސޮލިއުޝަނާއެކު ޑޭޓާ ޕްރޮސެސް ކުރުމުން ޑޭޓާ ސެންޓަރަކަށް ނުވަތަ ކްލައުޑަކަށް ފުރަތަމަ ޓްރާންސްފާ ކުރަން ޖެހުމާއި އަޅާބަލާއިރު ޑޭޓާ އެނަލައިޒް ކުރަން ނަގާ ވަގުތު ކުޑަކުރެވިދާނެ އެވެ. އެހެންކަމުން އެކަމުގެ ސަބަބުން ޑޭޓާ ފަހަތަށް ގެންދިއުމަށް ބޭނުންވާ ލެޓެންސީ ޓައިމް ކުރުވެގެން ދެއެވެ.

މިހާރު މާކެޓުގައި ހުރި ކޮމްޕިއުޓިން ޕްލެޓްފޯމްތަކަށް ބަލާނަމަ މި ފާހަގަކޮށްލަނީ އެންމެ ކުރީގައި އުޅޭ ޕްލެޓްފޯމްތަކެވެ.

އަޒޫރް ސްޓެކް އެޖް

އަޒޫރް ސްޓޭކް އެޖް އަކީ ޖަމްއިއްޔާތަކަށް އެ މީހުންގެ އެޕްލިކޭޝަންތަކާއި ޑޭޓާ ލޯކަލްކޮށް އެކްސެސްކޮށް، ބޭނުންކޮށް، އެނަލައިޒް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެއްގެ ގޮތުގައި ހާޑްވެއާ އެކެވެ.

ބޭނުންކުރާ ފަރާތްތަކަށް ކޮންޓެއިނަރައިޒްޑް އެޕްލިކޭޝަންތައް ހިންގޭނީ ޑޭޓާ ޖެނެރޭޓްކޮށް އެއްކުރާ އެޖް ލޮކޭޝަންގަ އެވެ. އެތަނުން ޑޭޓާ އެނަލައިޒްކޮށް، ޓްރާންސްފޯމްކޮށް، ފިލްޓަރކޮށް، ބޭނުންކުރާ ފަރާތްތަކަށް ކްލައުޑަށް ފޮނުވަން އިޚްތިޔާރުކުރާ ޑޭޓާ ކޮންޓްރޯލް ކުރެވޭނެއެވެ.

އަދި ކްލައުޑާއި އެޖް ލޮކޭޝަނާ ދެމެދު ފަސޭހައިން ޑޭޓާ ޓްރާންސްފާ ކުރުމަށް ކްލައުޑް ސްޓޯރޭޖް ގޭޓްވޭއެއްގެ ގޮތުގައި ވެސް އެ މީހުންގެ އެޖް ޑިވައިސް މަސައްކަތް ކުރެ އެވެ.

އަޒޫރުގެ އެޖް ސޮލިއުޝަނާ އެކު މަސައްކަތް ކުރުމުން އަޒޫރުގެ އެހެނިހެން އިންޓެގްރޭބަލް ޕްރޮޑަކްޓްތައް ބޭނުންކުރަން ފަސޭހަވެ، ޖަމިއްޔާތަކުން އެމީހުންގެ މެޝިން ލާނިން (އެމްއެލް) މޮޑެލްތައް އަޒޫރުގައި އުފައްދައި ތަމްރީނުކޮށް ކުއިކް ޑޭޓާ އެނަލިސިސް އާއި އިންސައިޓް އެކްސެސްގެ ފައިދާ ހޯދޭނެ އެވެ.

އަޒޫރުގެ އެޖް ޑިވައިސްތަކުގެ ގިނަ ވާޝަންތަކެއް އެމީހުންގެ އެޒޫރް ސްޓޭކް އެޖް ޕްރޯ ސީރީޒްގެ ތެރޭގައި ހިމެނޭ އިރު، ބޭނުންކުރާ ފަރާތްތަކާއި ޖަމިއްޔާތަކަށް އިތުރު އޮޕްޝަންތަކެއް ލިބިގެންދާއިރު، އެ ޑިވައިސްތަކުގެ ބޭނުންތަކަށް ފެތޭ ފަދަ ޓޫލްއެއް ލިބޭނެ އެވެ.

އެޗް.ޕީ.އީ އެޖްލައިން

އެޗް.ޕީ.އީ އެޖްލައިން އިން އެޖް ކޮމްޕިއުޓިންގ އާއި ޕްރޮސެސިންގ އަށް އެހީތެރިވެދެނީ އޭގެ ތަފާތު ކޮންވާރޖްޑް އެޖް ސިސްޓަމްތައް މެދުވެރިކޮށެވެ. މީގެ ސިސްޓަމްތަކުން އެޖް އޮޕަރޭޓިން އެންވަޔަރަންމަންޓަށް އޮޕްޓިމައިޒްކޮށްފައިވާ އައިޓީ ފަންކްޝަނަލިޓީ ފޯރުކޮށްދީ، އެޖް ސްޓޯރޭޖް، ކޮމްޕިއުޓިން އަދި މެނޭޖްމަންޓުން ފައިދާ ހޯދުމުގެ މަގު ފަހިކޮށްދެ އެވެ.

އެޗްޕީއީ އެޖްލައިން ކޮންވަރޖްޑް އެޖް ސިސްޓަމްތަކަކީ ޑިސްޓްރިބިއުޓެޑް ކޮންވަރޖްޑް އެޖް ކޮމްޕިއުޓް މޮޑެލެއްގެ ގޮތުގައި މަސައްކަތްކުރާ ސިސްޓަމްތަކަކަށްވުމުން އިންޓަނެޓް ކަނެކްޝަނަކާ ނުލައި ވެސް ރިއަލް ޓައިމްގައި އޮޕަރޭޝަންތަކާއި ޑޭޓާ މެނޭޖް ކުރެވޭނެ އެވެ.

މީގެ އިތުރުން އޯޕަން ސްޓޭންޑާޑްސް ބޭސްޑް އޮޕަރޭޝަންސް ޓެކްނޮލޮޖީ (އޯޓީ) ޑޭޓާ އެކުއިޒިޝަން އެންޑް ކޮންޓްރޯލް ޓެކްނޮލޮޖީތައް ސީދާ ބޭނުންކުރާ ފަރާތުގެ އޯގަނައިޒޭޝަނަލް އައިޓީ ސިސްޓަމާ ގުޅުވައި، ލެޓެންސީ ދަށްކޮށް، ޖާގަ ސަލާމަތްކުރުން ވެސް އެ ކުންފުނީގެ ސިސްޓަމްތަކުން ކުރެ އެވެ.

އެޗްޕީއީގައި ކަސްޓަމަރުންނަށް އިޚްތިޔާރު ކުރެވޭނެ ތަފާތު އެންޓަޕްރައިޒް ކްލާސް ކޮންވާޖްޑް އެޖް ސިސްޓަމް ޓޫލްސް ހުންނައިރު، ތަފާތު ޔޫސް ކޭސްތަކަށް އޮޕްޓިމައިޒްކޮށްފައިވާ ފީޗާތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެޗްޕީއީގެ އެޖްލައިން އޯޓީ ލިންކް ޕްލެޓްފޯމް ސޮފްޓްވެއާ ވެސް ހުށަހަޅައި، ޑޭޓާ ފްލޯ އާއި އިންޓަގްރޭޝަން މެނޭޖްމަންޓް ފަދަ ބޭނުންކުރާ ފަރާތްތަކުގެ އެޖް އެކްޓިވިޓީތަކަށް އެހީތެރިވެދެ އެވެ.

ކްލިއާބްލޭޑް

ކްލިއާބްލޭޑްގެ ޓެކްނޮލޮޖީއަކީ ޑިވައިސް ސެންސަރު ނުވަތަ އިވެންޓް ޑޭޓާ ގުޅައި، ބިލްޓް-އިން އިންޓަގްރޭޝަންތައް މެދުވެރިކޮށް ކްލައުޑް ޑޭޓާ ލޭކް، އެންޓަޕްރައިޒް ސިސްޓަމް ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓޫލްސް އަށް ގެންގޮސް އެޖް ޑޭޓާ ސްޓްރީމްލައިން ކުރުމަށް މަސައްކަތް ކުރާ ޓެކްނޮލޮޖީއެކެވެ.

އެ ސޮފްޓްވެއާ މެދުވެރިކޮށް ތާޑް-ޕާޓީ ސިސްޓަމްތަކަށް ޕްރީބިލްޓް ކަނެކްޝަންގެ އިތުރުން ރެސްޓް، އެމް.ކިއު.ޓީ.ޓީ އަދި ސޮކެޓް މެދުވެރިކޮށް ގުޅާލެވޭނެ އެވެ.

އެ ކުންފުނީގެ އެޖް ކޮމްޕިއުޓިން ޓެކްނޮލޮޖީގެ އަނެއް ކަމަކީ އޮފްލައިން ކޮންޓިނިއުޓީއެވެ.

އިންޓަނެޓް ކަނެކްޝަނެއް ގެއްލުނު ނަމަވެސް ހުރިހާ އެޖް ޑިވައިސްތަކަކުން ވެސް ރިއަލް ޓައިމް ބިހޭވިއާތައް ކުރިއަށް ގެންދެވިދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެކްލިޕްސް އައިއޯފޮގް

އެކްލިޕްސް ފައުންޑޭޝަންގެ އެކްލިޕްސް އައިއޯފޯގް އަކީ އެންޓަޕްރައިޒް ސްކޭލް ޑޭޓާ އާއި އެޕްލިކޭޝަންތައް އެޖްގައި ޕްރޮސެސް ކުރުމަށް ހާއްސަ އެޖް ކޮމްޕިއުޓިން ޕްލެޓްފޯމެކެވެ.

އެޖް ސެންޓްރިކް ކޮމްޕިއުޓް އާކިޓެކްޗާއަކާ އެކު އުފެއްދި ހިސާބުގައި ބޭނުންކުރާ މީހުންގެ ޑޭޓާ ޕްރޮސެސްކޮށްގެން، ބޭނުންކުރާ މީހުންނަށް އެމީހުންގެ ހުރިހާ ޑޭޓާއަކާއި އެޕްލިކޭޝަން ޕްރޮސެސްތަކަށް އިތުރު ފަންކްޝަނަލިޓީ އާއި އިތުރު ސެކިއުރިޓީއެއް ހޯދޭނެ އެވެ.

ގޫގަލް ޑިސްޓްރިބިއުޓެޑް ކްލައުޑް އެޖް

ގޫގުލް ޑިސްޓްރިބިއުޓެޑް ކްލައުޑް އެޖް ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޫގުލްގެ 140 އަށް ވުރެން ގިނަ ނެޓްވޯކް އެޖް ލޮކޭޝަންތަކުގެ ތެރެއިން އެއްވެސް ލޮކޭޝަނެއް ނުވަތަ އަމިއްލަ ލޯކަލައިޒްޑް، ކަސްޓަމަރ އޯންޑް އެޖް ލޮކޭޝަންތައް ބޭނުންކޮށްގެން، އެމީހުންގެ ވޯކްލޯޑް ބޭނުންތަކާއި ޝަރުތުތަކާ އެއްގޮތަށް ޑޭޓާ ބޭނުންކުރުމާއި ސްޓޯރޭޖް ދެމެހެއްޓޭނެ އެވެ.

ގޫގުލް އިން ކަސްޓަމަރުންގެ އޮޕަރޭޓަރުގެ އެޖް ނެޓްވޯކާއި ކަސްޓަމަރުންގެ ހިއްސާ އޮންނަ ޑޭޓާ ސެންޓަރުތަކުގައި ވެސް ގޫގުލް ޑިސްޓްރިބިއުޓެޑް ކްލައުޑްގެ ހިދުމަތްފޯރުކޮށްދެ އެވެ.

ގޫގަލް ޑިސްޓްރިބިއުޓެޑް ކްލައުޑް އެޖްގެ ޤާބިލުކަން ބޭނުންކޮށްގެން، ލޯކަލް ޑޭޓާ ޕްރޮސެސިންގ ހިންގައި، އޮން-ޕްރިމިސް މާހައުލުތައް ޒަމާނީ ކޮށް، ލޯ-ލެޓެންސީ އެޖް ކޮމްޕިއުޓް ވޯކްލޯޑްތައް ހިންގައި، ޕްރައިވެޓް 5ޖީ/އެލް.ޓީ.އީ ސޮލިއުޝަންތައް ޑިޕްލޮއިކުރެވޭނެއެވެ.

މި ސޮފްޓްވެއާއަކީ ކަސްޓަމަރުންގެ އަމިއްލަ މާހައުލުގެ ތެރެއިން އިތުރު އެކްސެސިބިލިޓީއެއް ލިބިގެންދާ، ތާޑް ޕާޓީގެ ހިދުމަތްތަކާ ވެސް ގުޅުވައިދޭ ސޮފްޓްވެއާއެކެވެ.

އަލެފް ޕްރައިވެޓް އެޖް

އަލެފްގެ އެޖް އޭޕީއައި ޕްލެޓްފޯމް މެދުވެރިކޮށް ޖަމިއްޔާތަކަށް މޮބައިލް ކަނެކްޝަން މެދުވެރިކޮށް އެ މީހުންގެ އެޕްލިކޭޝަންތައް އެޖްގައި މެނޭޖް ކުރެވޭނެ އެވެ. މީގެ އިތުރުން އޭޕީއައި ކަނެކްޝަންތަކާއި ފަޔާވޯލް ޕްރޮޓެކްޝަން ހިމެނޭ އަމިއްލަ ޕްރައިވެޓް މޮބައިލް އެލްޓީއީ ނެޓްވޯކްތައް ތަރައްގީ ކުރެވޭނެ އެވެ.

އޭޕީއައިގެ ސަބަބުން އިންޑަސްޓްރީ 4.0 އެޕްލިކޭޝަންތަކަށް މޯބައިލް ކަނެކްޓިވިޓީ މެނޭޖް ކުރެވޭނެ އެވެ. މީގެ އިތުރުން މޮބައިލް ނެޓްވޯކްތައް ހިދުމަތެއްގެ ގޮތުގައި އެޖްގައި ބެހެއްޓުމުން އޮން ސައިޓް މޮބައިލް ނެޓްވޯކް އިންސްޓޯލް ކުރުމަކާ ނުލައި ފަސޭހައިން ބޭނުންކުރެވޭނެ ޕްރައިވެޓް އެލްޓީއީ ނެޓްވޯކެއް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސިސްކޯ އެޖް ކޮމްޕިއުޓިން ސޮލިއުޝަން

ސިސްކޯ އިން ބޭނުންކުރާ ފަރާތްތަކަށް އަމިއްލަ އަށް ތަރައްގީކޮށްފައިވާ އެޖް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާގައި އެ މީހުންގެ ހިދުމަތްތައް ޑިޕްލޮއިކުރުމަށް ގިނަ އެޖް ކޮމްޕިއުޓިން ސޮލިއުޝަންތަކެއް ފޯރުކޮށްދެ އެވެ.

ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ވޯކްލޯޑްތަކަށް އެޖް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާއެއް ޑިޒައިން ކުރެވި، ނެޓްވޯކް ފަންކްޝަންތައް ވަކިކޮށް، ސޮފްޓްވެއާ ސެންޓްރިކް ސޮލިއުޝަންތައް ބޭނުންކޮށްގެން ވަސީލަތްތައް އޮޕްޓިމައިޒް ކުރެވޭނެ އެވެ.

މީގެ އިތުރުން، އެމީހުންގެ ފިކްސްޑް އެޖް އަދި މޮބައިލް ނެޓްވޯކްތަކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކުގައި އިތުރު އެފިޝަންސީއެއް ހޯދުމަށް 5-ޖީ ކޯރ ބޭސްޑް އިންފްރާސްޓްރަކްޗަރ ކަވަރޭޖް ހިއްސާކުރެވިދާނެއެވެ.

ސިސްކޯގެ އެޖް ކޮމްޕިއުޓިން މޮޑެލް އިން ފެންވަރު ރަނގަޅު ޑޭޓާ އާއި އެޕްލިކޭޝަން ޕާފޯމަންސް އެންޑް ސެކިއުރިޓީ ފޯރުކޮށްދެވޭނެ އެވެ.

ބޭނުންކުރާ ފަރާތްތަކުގެ ކޮމްޕިއުޓިން ކެޕޭސިޓީ އެޖްއަށް ބެހުމުން، ޑިވައިސްތަކަށް ލެޓެންސީ ދަށްވުމާއި، އެޖް އޮފްލޯޑިންއާ އެކު ނެޓްވޯކް އެފިޝިއެންސީ އިތުރުވެ، ޑޭޓާ ޓްރާންސްޕޯޓަށް ކުރާ ޚަރަދު ކުޑަވުމުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.