ސިމް ކާޑަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާމަލާތްކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމުގެ ގާބިލްކަން ލިބިގެންދެއެވެ. އަދި އެއީ ތިމާގެ ބޭންކް އެކައުންޓާއި ސޯޝަލް މީޑިއާ އާއި އެނޫންވެސް އަމިއްލަ ޒާތީ މަޢުލޫމާތު ތަކަށް އެކްސެސް ވެވޭ ގޭޓްވޭއެކެވެ. ފޯނު ވަގަށް ނަގައިފި ނަމަ، ކެރިއަރަށް ގުޅައިގެން އަވަހަށް ސިމް ކާޑު ބްލޮކް ކުރެވިދާނެއެވެ. ނަމަވެސް، އޭގެ ސަބަބުން ލިބޭ ގެއްލުން އިޙްސާސް ކުރެވޭނީ މާލަހުންނެވެ. ތިމާގެ ޑިވައިސްގައި ސިމް ކާޑް ސްލޮޓެއް އިންނަމަ އެންޑްރޮއިޑްގައި ސިމް ކާޑު ރައްކާތެރިކުރުމަށް ސެކިއުރިޓީގެ އިތުރު ލޭޔަރެއް އެޅިދާނެއެވެ.
ސިމް ކާޑް ލޮކް ފީޗާ އަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އެންޑްރޮއިޑް ފޯނުތަކުގައި ވެސް ހުންނަ ފީޗާ އެކެވެ. އެ ފިޗާ އެނޭބަލް ކުރުމަށްފަހު، ރީބޫޓް ކުރުމުން ނުވަތަ އެހެން ފޯނަކަށް ސިމް ބަދަލު ކުރުމުން ހަތަރު ނަމްބަރު ޕާސްކޯޑް ޖަހަން ޖެހޭނެއެވެ.
ސިމް ކާޑް ލޮކް ސެޓް ކުރާނެގޮތް
ސިމް ކާޑް ލޮކް ސެޓް ކުރުމަކީ އޮޕަރޭޓަރު ސެޓް ކުރާ ޑިފޯލްޓް ޕާސްކޯޑް އެންޓަރ ކުރަން ޖެހޭ ކަމެކެވެ. ގިނަ ހާލަތްތަކުގައި ޕާސްކޯޑަކީ 0000، 1111، ނުވަތަ 1234 އެވެ. ތިން ފަހަރަށްވުރެ ގިނައިން ނުބައިކޮށް ޕާސްކޯޑް ޖަހައިފި ނަމަ ސިމް ލޮކް ވެދާނެއެވެ. ސިމް ކާޑް ގަންނައިރު ކަވަރުގައި ނުވަތަ ފޮށީގައި އޮޕަރޭޓަރ ދީފައިވާ ޕާސްކޯޑް އިންނާނެއެވެ. ސިމް ކާޑު ބްލޮކް ވެއްޖެނަމަ އަންބްލޮކް ކުރުމަށް ކެރިއަރއަށް ގުޅަން ޖެހޭނެއެވެ.
1. ސެޓިންގ އަށް ގޮސް ސެކިއުރިޓީއަށް ދާށެވެ.
2. ދެން 'މޯ ސެކިއުރިޓީ ސެޓިންގ' އަށް ދާށެވެ.
3. 'ސިމް ކާޑު ލޮކް' އަށް ޓެޕް ކޮށްލާށެވެ.
4. ފުރަތަމަ ފަހަރަށް ސިމް ކާޑު ލޮކް އޮން ކުރާނަމަ ޑިފޯލްޓް ޕިން ޖަހާށެވެ.
5. އެނޭބަލް ކުރުމަށް ފަހު، ޑިފޯލްޓް ޕިން ބަދަލުކުރުމަށް ޓެޕް ކޮށްލާށެވެ.
6. ކުރީގެ ޕިން ޖެހުމަށްފަހު، އާ ޕިން ޖަހާ އަދި އޯކޭ އަށް ޓެޕް ކޮށްލާށެވެ. ކުރީގެ ޕިން ޖަހާއިރު އިތުރު ސަމާލުކަމެއް ދޭށެވެ. އެއީ ނުބައި ޕިން ތިން ފަހަރު އެންޓަރ ކުރުމުން ސިމް ބްލޮކް ކޮށްލާނެއެވެ.
7. މި ފީޗާ ޓެސްޓް ކުރުމަށް، ފޯނު ރީބޫޓް ކޮށްލާށެވެ.
އައިފޯނެއް ނުވަތަ އެންޑްރޮއިޑް ފޯނެއް ކަމުގައި ވިޔަސް، ސިމް އެހެން ފޯނަކަށް ބަދަލުކުރުމުން، އެ ސިމް އަންލޮކް ނުކުރާހާ ހިނދަކު ބޭނުން ނުކުރެވޭނެއެވެ. އެހެން ފޯނަކަށް ލޮކް ކޮށްފައިވާ ސިމް ލައްވައިފި ނަމަ ފެންނަ ގޮތް ތިރީގައި އެވަނީއެވެ.
ސިމް ލޮކް އެނޭބަލް ކުރުމުގެ ޕްރޮސެސް އެއް ފޯނުން އަނެއް ފޯނަށް ތަފާތު ވެދާނެއެވެ. ކޮންމެ ފޯނެއް އޮތް ކަމުގައި ވިޔަސް، ސިމް ލޮކް ހޯދުމަށް ސެޓިންއެޕަށް ގޮސް ސާޗް ބޮކްސް ބޭނުން ކުރާށެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް