ވަޓްސްއެޕް އާއި ދުރުހެލިވުމަށް ޓެލެގްރާމްގެ ބާނީ ގޮވާލައިފި

އަޙްމަދު ދާއޫދު 10 އޮކްޓޯބަރު 2022

ވަޓްސްއެޕް އަކީ ފާއިތުވެދިޔަ 13 އަހަރު ވަންދެން ޖާސޫސީ ވަސީލަތަކަށް ވެފައިވާ ނުރައްކާތެރި އެޕެއްކަމަށާއި، އެހެންކަމުން ވަޓްސްއެޕާއި އެންމެންވެސް ދުރުވާންޖެހޭކަމަށް ބުނެ ޓެލެގްރާމްގެ ބާނީ ޕަވެލް ޑޫރޯވް ޔޫޒަރުންނަށް އިންޒާރު ދެއްވައިފިއެވެ.

ފޯނު ހެކް ނުވުމަށް އެދޭ ކޮންމެ މީހަކުވެސް ވަޓްސްއެޕްގެ ބަދަލުގައި ކޮންމެވެސް އެހެން މެސެޖިން އެޕެއް ބޭނުން ކުރުމަށް ޓެލެގްރާމްގެ ބާނީ ވަނީ އިލްތިމާސްކޮށްފައެވެ.

ޕަވެލް ޑޫރޯވް އިޝާރާތް ކުރެއްވީ މިދިޔަ ހަފްތާގައި ވަޓްސްއެޕް އަށް ފެނުނު ސެކިއުރިޓީ ފްލޯއަކަށް އިޝާރާތް ކޮށްކަމަށާއި އެ ގޮތުން ކޮރަޕްޓް ވީޑިއޯއެއް ޑެލިވަރީ ކޮށްގެން ހެކަރަކަށް މީހެއްގެ ފޯނު ހައިޖެކް ކުރެވިދާނެކަމަށް އިންޑިޕެންޑެންޓް ނޫސް އެޖެންސީން ބުނެއެވެ.

ޕަވެލް ޑޫރޯވް އޭނާގެ ޓެލެގްރާމްގައި ލިޔެފައިވަނީ "ވަޓްސްއެޕް ސަބްސްކްރައިބަރުންގެ ފޯނުތަކުގައި ހުންނަ ހުރިހާ އެއްޗަކަށް ހެކަރުންނަށް ފުރިހަމައަށް އެކްސެސް ލިބިގެންދާނެ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނަށް އެނގޭނީ އެމީހުންގެ ޔޫޒަރުންގެ ސްމާޓްފޯނުގައި ހުރި ހުރިހާ އެއްޗަކަށް ހުރަސްއެޅޭ އާ ވަޓްސްއެޕް ބަގެއް... ކިތަންމެ މުއްސަނދި ނަމަވެސް ފޯނަށް ވަޓްސްއެޕް އިންސްޓޯލް ކޮށްފިނަމަ އެފޯނެއްގައި ހުންނަ ހުރިހާ ޑޭޓާއަކަށް އެކްސެސް ކުރެވޭނެ" ކަމަށެވެ.

އަމިއްލައަށް އަރުވާލެވިފައިވާ ރަޝިޔާގެ ޓެކް މެގްނޭޓް ބުނީ އެ ސެކިއުރިޓީ ހޯލްތަކަކީ ސަރުކާރުތަކަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ހެކަރުންނަށް އެންކްރިޕްޝަން އާއި އެހެނިހެން ސެކިއުރިޓީ ސޭފްގާޑްތަކުގެ ތެރެއިން ސަލާމަތްވުމަށް ފުރުސަތު ލިބޭ "ލޭޑް ލޫޕްހޯލްސް"އެއް ކަމަށެވެ. ޑޫރޯވް ކުރިން ވަނީ އެ ކުންފުނި ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވާހާ ހިނދަކު "ވަޓްސްއެޕް ދުވަހަކުވެސް ރައްކާތެރި ނުވާނެ" ކަމަށް ވިދާޅުވެފަ އެވެ.

700 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުންނާއި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 2 މިލިއަން ޔޫޒަރުން މެދުނުކެނޑި އިތުރުވަމުންދާ ޓެލެގްރާމަކީ ޕްރައިވެސީއަށް އިސްކަން ދޭ މަޝްހޫރު ޓެކް ޖަޔަންޓެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ބޭނުންކުރާނެ ކަމަށް ލަފާކުރެވޭ 2 ބިލިއަން މީހުންގެ ތެރެއިން އަދިވެސް އެއީ ވަރަށް ކުޑަ ބައެކެވެ. އެއީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ މެސެޖިން އެޕް ކަމަށާއި، ފޭސްބުކް މެސެންޖާ އާއި ޗައިނާގެ ވީޗެޓް ފިޔަވައި މި ދެ އެޕް ވެސް ވަޓްސްއެޕް ފަދައިން މެޓާ އިން ކޮންޓްރޯލް ކުރާ ކަމަށެވެ.

"އަހަރެން އެއްވެސް މީހަކަށް ޓެލެގްރާމް ބޭނުން ކުރުމަށް ޕްރެޝަރެއް ނުކުރަން... ޓެލެގްރާމް އިތުރަށް ޕްރޮމޯޓް ކުރުމުގެ ބޭނުމެއް ނެތް،" ޑޫރޯވް ބުންޏެވެ. “އިޚްތިޔާރުކުރާ ކޮންމެ މެސެޖިން ޕްރޮގްރާމެއް ބޭނުން ކުރެވިދާނެ، އެކަމަކު ވަޓްސްއެޕް ބޭނުންކުރުމުން ދުރުހެލިވޭ. ސަބަބަކީ އޭތި ޖާސޫސީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާތާ 13 އަހަރު ވެފައިވާތީ”. ޑޫރޯވްގެ މިތުހުމަތުތަކާ ގުޅިގެން ޖަވާބެއް ހޯދުމަށް އިންޑިޕެންޑެންޓުން ވަނީ ވަޓްސްއެޕް އާއި ގުޅާފައެވެ.

ވަޓްސްއެޕްގެ ބެލެނިވެރި ފަރާތް މެޓާއިން އެއަށް ރައްދެއް ނުދިން ނަމަވެސް ޢާއްމުކޮށް ބުނަމުންއަނަނީ އެއީ ހުސްވާހަކަ ތަކެއްކަމުގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.