އޮރިޖިންގެ ބަދަލުގައި އީއޭ އިން އާ ޕީސީ އެޕެއް ނެރެން ފަށައި

އަޙްމަދު އަޙްސަން 15 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީއޭ އިން އެ ކުންފުނީގެ 'އޮރިޖިން' ޕީސީ ކްލައިންޓްގެ ބަދަލުގައި އާ އެޕްލިކޭޝަނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެފައިވާއިރު، މިހާރު ވަނީ ވިންޑޯޒް ބޭނުންކުރާ ފަރާތްތަކަށް އާ އެޕެއް ތަޢާރަފުކުރަން ފަށައިފައެވެ. ޕަބްލިޝަރު ބުނަނީ އޯޕަން ބީޓާ މަރުހަލާ ނިމުނު އީއޭ އެޕްލިކޭޝަނަކީ މިހާތަނަށް އެންމެ ހަލުވި އަދި އެންމެ ލުއި ޕީސީ ކްލައިންޓް ކަމަށެވެ.

އީއޭ އިން ސްޓްރީމްލައިންޑް ޑިޒައިނަކަށް ވައުދުވާއިރު ނެވިގޭޝަން ފަސޭހަވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ސްޓީމް، އެކްސްބޮކްސް އަދި ޕްލޭސްޓޭޝަން ފަދަ ޕްލެޓްފޯމްތަކަށް އީއޭ އެކައުންޓް ގުޅާލެވޭނެތީ މި އެޕްލިކޭޝަނުން ސޯޝަލް ފީޗާތައް ވެސް ރަނގަޅުވެފައިވާ ކަމަށް ބެލެވެއެވެ. އެއީ އެޕެކްސް ލެޖެންޑްސް އާއި ފީފާ 23 ފަދަ ކްރޮސް ޕްލޭ ސަޕޯޓާއެކު ކުޅޭ މެޗުތަކަށެވެ. އަދި ކަސްޓަމް އީއޭ އައިޑީއެއް ލިބިގެންދާނެ ކަމަށާއި އެ އައިޑީގެ ސަބަބުން އެހެން މީހުންނަށް ވެސް ތިމާ ދެނެގަންނަން ފަސޭހަވާނެ ކަމަށެވެ.

ޕަބްލިޝަރު ބުނީ ވަރަށް އަވަހަށް އޮރިޖިން ބޭނުންކުރާ ފަރާތްތަކަށް އާ އެޕްލިކޭޝަނަށް ބަދަލުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ބަދަލުވުމާއި އެކު ތިމާގެ ގޭމްތަކާއި ސޭވް ޑޭޓާ އާއި ފްރެންޑްސް ލިސްޓު ހިމެނޭ ގޮތަށް ހުރިހާ އެއްޗެހި ހުންނާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އާ ކްލައިންޓް މިވަގުތު ލިބެން ހުންނާނީ ވިންޑޯޒް ޕީސީއިން އެކަންޏެވެ. މެކްއޯއެސް ބޭނުންކުރާ ފަރާތްތަކަށް ކުޑަ ދުވަސްކޮޅަކަށް މަޑު ކުރަން ޖެހިދާނެ އަދި އެ ދުވަސް ތަކުގައި އޮރިޖިން ފޯ މެކް އެޕް ބޭނުން ކުރަމުން ގެންދެވިދާނެއެވެ. ނަމަވެސް މުސްތަގްބަލުގައި މެކްއޯއެސް ކްލައިންޓް އާއި ބެހޭގޮތުން ހިއްސާކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުންނާނެ ކަން އީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.