އައި.އޯ.އެސް 16 އިގެ ބައެއް ފިޗާތަކުން ބެޓަރި ހުލިވަނީ

ޝުޖާޢަތު ރަޝީދު 03 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ ފަހުގެ އައި.އޯ.އެސް ސޮފްޓްވެއާ 16 އިގެ އަޕްޑޭޓަށް ފަހު ބެޓަރީ ޑްރެއިންވާކަމަށް ގިނަ ބަޔަކު ހާމަކުރަމުން ދެއެވެ.

މި އާޓިކަލްގައި އައިއޯއެސް 16 ގެ އާ ދެ ފީޗާއެއް ކަވަރުކުރާއިރު، މި ދެ ފީޗާއަކީ ވެސް އައިފޯންގެ ބެޓެރީ އެކި ޑިގްރީގައި ބޭނުންކުރާ ފީޗާތަކާއި ބެޓެރީގެ ދިރުން ދެމެހެއްޓުމަށް އެހީވުމުގެ ގޮތުން އެ ފީޗާތައް ނިއްވާލެވޭނެ ގޮތްތަކެވެ.

ލޮކް ސްކްރީން ވިޖެޓް

ލޮކް ސްކްރީނުގައި ވާ ހުރިހާ ވިޖެޓްތަކުން އެޕްލިކޭޝަންތައް އޮޓަމެޓިކުން ބެކްގްރައުންޑުގައި ދުވަން މަޖުބޫރުކޮށް، ކުޅިވަރުގެ ސްކޯ ނުވަތަ މޫސުން ފަދަ ވިޖެޓްތަކުން ދައްކާ މައުލޫމާތު އަޕްޑޭޓް ކުރުމަށް ޑޭޓާ އަބަދު ވެސް ގެނެސްދެ އެވެ. އަދި މިވިޖެޓްތަކުގެ ސަބަބުން އެޕްލިކޭޝަންތައް އަބަދުވެސް ބެކްގްރައުންޑްގައި ހިނގަމުންދާތީ، އެޕްލިކޭޝަންތަކުން އަބަދުވެސް ބެޓަރީ ބޭނުންކުރެއެވެ.

ލޮކް ސްކްރީނުން ހަމައެކަނި ވިޖެޓްތައް ނައްތާލަން ބޭނުންނަމަ ލޮކް ސްކްރީނަށް ދަމާލައި، ކަސްޓަމައިޒް އަށް ފިތާލުމަށްފަހު، ލޮކް ސްކްރީން އޮޕްޝަން އިޚްތިޔާރުކޮށް، ވިޖެޓް ބޮކްސްގައި ޓެޕްކުރުމަށްފަހު ކޮންމެ ވިޖެޓެއްގައި ވާ "—" ބަޓަންއަށް ފިތާލައި، ވިޖެޓް ނީންނަ ގޮތް ހަދާލެވޭނެއެވެ.

ހެޕްޓިކް ކީބޯޑްގެ ފީޑްބެކް އޮފްކޮށްލުން

އައިފޯންގެ ކީބޯޑުގައި ޓައިޕް ކުރާއިރު ވައިބްރޭޓް ކުރުމުގެ ގާބިލުކަން ދުވަހަކު ވެސް ލިބިފައި ނުވުމެވެ. ހަމައެކަނި ކްލިކް-ކްލެކް އަޑުތައް އަޑުއެހުމުގެ ބަދަލުގައި ހެޕްޓިކް ފީޑްބެކް އިން ކޮންމެ ކީއަކަށް ވައިބްރޭޝަނެއް ލިބި، ޓައިޕް ކުރާ ވަރަކަށް އިތުރަށް އިމަރސިވް އެކްސްޕީރިއަންސެއް ލިބިގެންދެއެވެ. އެޕަލް އިން ބުނި ގޮތުގައި މި ފީޗާގެ ސަބަބުން ބެޓެރީގެ ލައިފަށް ވެސް އަސަރު ކޮށްފާނެ އެވެ.

ކީބޯޑާ ބެހޭ ގޮތުން އެޕަލް ސަޕޯޓް ޕޭޖުގައި ވާ ގޮތުން ހެޕްޓިކް ފީޑްބެކް "އައިފޯންގެ ބެޓެރީ ލައިފަށް އަސަރުކޮށްފާނެ" އެވެ. ކީބޯޑް ފީޗާއިން ޑްރެއިން ކުރަނީ ކިހާ ވަރެއްގެ ބެޓެރީ ލައިފެއް ކަމެއް ވަކި ތަފްސީލެއް ދީފައި ނުވި ނަމަވެސް ބެޓެރީ ހިމާޔަތް ކުރަން ބޭނުންނަމަ އެންމެ ރަނގަޅީ މި ފީޗާ ޑިސޭބަލްކޮށްފައި ބެހެއްޓުމެވެ.

މިއީ ޑީފޯލްޓް ސެޓިންއެއް ނޫނެވެ. ނަމަވެސް މި ފީޗާ އިނޭބަލް ކުރެވިފައިވާނަމަ، ސެޓިންއަށް ގޮސް، ސައުންޑްސް އެންޑް ހެޕްޓިކްސް ނަގާލުމަށްފަހު ކީބޯޑް ފީޑްބެކްއަށް ފިތާލުމަށްފަހު ޓޮގުލްއިން އޮފް ކޮށްލާށެވެ.

އަދި މިހާތަނަށް ރިލީޒް ކޮށްފައި ނުވި ނަމަވެސް ލައިވް އެކްޓިވިޓީސް އާއި އައިކްލައުޑް ޝެއާޑް ފޮޓޯ ލައިބްރަރީ އަކީ އައި.އޯއެސް 16 ގެ ދެ ފީޗާއެއް ކަމަށާއި އޭގެ ސަބަބުންވެސް ބެޓެރީ ހުސްވެދާނެ ކަމަށް ލަފާ ކުރެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.