ޕަސަޑެނާ ކެލިފޯނިއާ (ދެކުނު ކެލިފޯނިއާގެ އަވަށެއް) ގައި ކުންފުންޏެއްގެ ސަބަބުން ހައި ޓެކް ރޮބޮޓެއް ބޭނުންކޮށްގެން ފްރެންޗް ފްރައިސްއާއި އަނިއަން ރިންގްސް ތައްޔާރު ކުރަމުން އެބަދެއެވެ.
މި ރޮބޮޓު (ފްލިޕީ 2) ތައްޔާރު ކޮށްފައިވާ ކުންފުނި ކަމުގައިވާ "މިސޯ ރޮބޮޓިކްސް އިންކް" އިން ރޮބޮޓް މިހާރު ރެސްޓޯރަންޓްތަކަށް ތައާރަފްކުރަން ފަށައިފި އެވެ.
އޮޓޯ ޕްލާންޓްތަކުގައި ހުންނަ ކަހަލަ ބޮޑު ރޮބޮޓިކް އާމްއެއް - ކެމެރާ އާއި އާޓިފިޝަލް އިންޓެލިޖެންސް އިން ޑައިރެކްޓްކޮށްގެން - ފްރީޒަރަކުން ފްރޯޒެން ފްރެންޗް ފްރައިސް އާއި އެހެނިހެން ކާނާ ނަގައި، ހޫނު ތެލުގެ ތެރެއަށް ވައްޓާލުމަށް ފަހު ރެޑީ ޓު ސާވް ޕްރޮޑަކްޓް ޓްރޭއަކަށް މި ރޮބޮޓުގެ އެހީގައި ޖަމާކުރެ އެވެ.
ފްލިޕްޕީ 2 އިން އެއްފަހަރާ ތަފާތު ރެސިޕީތަކާއެކު ގިނަ ކެއުންތަކެއް ތައްޔާރުކޮށް، ކޭޓަރިން ސްޓާފުން ބޭނުންވާ މިންވަރު ކުޑަކޮށް، ޑްރައިވް ތްރޫ ވިންޑޯތަކުގައި އޯޑަރު ޑެލިވަރީ އަވަސްކޮށްދޭނެ ކަމަށް މިސޯއިން ބުނެއެވެ.
"ރެސްޓޯރެންޓް ސިސްޓަމް މެދުވެރިކޮށް އޯޑަރެއް އައުމުން އޮޓޮމެޓިކުން ފްލިޕްޕީއަށް ދޭ އިރުޝާދުތައް ކަނޑާލަނީ،" މިސޯގެ ޗީފް އެގްޒެކެޓިވް މައިކް ބެލް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
" ... އެއީ ގިނަ އިންސާނުން ކުރާ މަސައްކަތަށްވުރެ އަވަހަށް ނުވަތަ އެއަށްވުރެ ރަނގަޅަށް، އިތުބާރު ހިފޭ އަދި އުފާވެރި ކަމެއް،" ބެލް ވިދާޅުވި އެވެ.
މިސޯ ވިދާޅުވީ ފްލިޕްޕީ ތަރައްގީ ކުރަން ފަސް އަހަރު ހޭދަވި ކަމަށާއި މިހާރު މި ރޮބޮޓު ކޮމާޝަލްކޮށް ލިބެން ހުންނާނެ ކަމަށެވެ.
މި ރޮބޮޓްގެ ނަމަށް ފްލިޕީ ދެވިފައިވަނީ ކުރިން ޑިޒައިން ކުރެވުނު ރޮބޮޓަކީ ބާގާ ފުށުން ޖެހުމަށް ތައްޔާރު ކުރެވުނު ރޮބޮޓަކަށްވާތީވެއެވެ.
ނަމަވެސް މިސޯގެ ޓީމުން އެ ރޮބޮޓު ހަދައި ނިމުމުން ފްރައި ސްޓޭޝަނުގައި، ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ރެސްޓޯރަންޓުތަކުން އުނދަގޫތަކާއި ކުރިމަތިލާން ހުރިކަން ހާމަވެގެންދިޔައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.