ދުވެފައިދާ މީހެއްގެ ދުވެލީގައި ހިނގާލެވޭ ބޫޓެއް އުފައްދައިފި

އަޙްމަދު ދާއޫދު 03 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުވެފައިދާ މީހަކާ އެއްވަރު ދުވެއްޔެއްގައި ހިނގާލެވޭ ބޫޓެއް ޓެކް ކުންފުންޏަކުން އުފައްދައިފިއެވެ.

މި ބޫޓް އުފެއްދި ރޮބޮޓިކްސް ކުންފުނިން ބުނާ ގޮތުގައި މިއީ ދުނިޔޭގައި މިހާތަނަށް އުފެއްދި މިފަދަ އެންމެ ދުވެލި ބާރު ބޫޓެވެ. މި ބޫޓުގައި ހިނގާފައިދާމީހަކަށް އާދައިގެ ހިނގުމެއްގައި ދާމީހަކަށްވުރެ ތިން ގުނަ ބާރަށް ހިނގާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މޫންވޯކަރސްގެ ނަމުން މަޝްހޫރު މި ބޫޓް ސްކޭޓެއް ފަދަ ގޮތަކަށް ސިފަވާއިރު، އާންމުކޮށް އާދައިގެ ބޫޓެއްގައި ހިނގާ މީހަކަށްވުރެ ބޮޑަށް ބެލެންސް ކުރަންޖެހެއެވެ.

ކުދިކުދި އިލެކްޓްރިކް މޯޓަރުތަކެއްގެ އެހީގައި ކުރިއަށްދާ މި ބޫޓް ފައިގައި އަޅުވާލުމުން އެ މޯޓަރުތަކުން ގަޑިއަކު 7 މޭލުގެ ބާރުމިނުގައި ކުރިއަށް ގެންދެއެވެ.

ޝިފްޓް ރޮބޮޓިކްސް އިން އުފައްދާފައިވާ މި ހިޔާލު މީގެ ފަސް އަހަރު ކުރިން އެ ކުންފުނީގެ ފައުންޑަރ ޒުންޖީ ޒާންގް އަށް އައީ އެއްވެސް ދުއްވާ އެއްޗަކަށް ނާރާ އޭނާގެ ވަޒީފާއަށް ނުވަތަ މަސައްކަތަށް ހިނގާފައި ދާން އޭނާ އަމިއްލައަށް ނިންމި ހިސާބުންނެވެ.

އޭނާގެ މި ޚިޔާލު ތަރައްޤީކޮށް ހަޤީޤތަކަށް ހެދުމަށް 'ޖެޓް ޕްރޮޕަލްޝަން' އިންޖިނިއަރެއްގެ އެހީއާއި ތަޖުރިބާ އޭނާ ވަނީ މި ބޫޓް އުފެއްދުމުގައި ބޭނުންކޮށްފައެވެ.

ޒާންގް އާއި އޭނާގެ ޓީމުން ވަނީ މޮޓޯ ކޮންޓްރޯލަރަކާއި ޕްރެސިޝަން ގިއާބޮކްސްއަކާއި ބެޓެރީ ޕެކެއް އުފައްދާ، އެ ހުރިހާ އެއްޗެސް 'މޫންވޯކަރސް' އަށް ފިޓްވާ ވަރަށް މިނިމައިޒް ކޮށްފައެވެ.

އެކަމަކު ހަގީގީ މި އީޖާދަކީ އާޓިފިޝަލް އިންޓެލިޖެންސް އެލްގޮރިޒަމްތައް ހިމަނައިގެން ޔޫޒަރެއްގެ ހިނގާބިނގާވެ އުޅޭ ގޮތް ތަހުލީލުކޮށް އެޑެޕްޓްކޮށް، މޫންވޯކަރސް އަށް ފިޓްވާގޮތަށް ފަރުމާ ކޮށްފައިވާ އީޖާދެކެވެ.

90 މިނެޓުގެ ތެރޭގައި ފުރިހަމައަށް ޗާޖު ކުރެވޭ މި ބޫޓުގެ ރޭންޖަކީ 6.5 މޭލެވެ.

އަންނަ އަހަރު މޫންވޯކަރސް ވިއްކަން ފަށާއިރު 1،399 ޑޮލަރު (1،213 ޕައުންޑް) އަށް އަރާނެ ކަމަށް ބެލެވުނު ނަމަވެސް މިހާތަނަށް 99،000 ޕައުންޑަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ޝިފްޓްގެ ކިކްސްޓާޓަރ ޕޭޖުން އަގުހެޔޮކޮށް މި ބޫޓް ލިބެން ހުންނާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.