ވަޓްސްއެޕް ގްރޫޕްތަކަށް މިއަދުން ފެށިގެން އާ ފީޗާތަކެއް!

އަޙްމަދު ދާއޫދު 03 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕް އަޕްޑޭޓްގައި މިއަދުން ފެށިގެން ވަޓްސްއެޕް ގްރޫޕްތަކަށް އާ ފީޗާތަކެއް އިތުރުކޮށްފިއެވެ.

މެޓާ އިން ބުނާ ގޮތުގައި ވަޓްސްއެޕަށް އަންނަ އާ ކޮމިއުނިޓީސް ފީޗާތައް އުފެއްދީ އަވަށްތަކާއި މަސައްކަތު މާހައުލުގެ ޓީމުތަކާއި އެއް ސްކޫލެއްގައި ތިބި ބެލެނިވެރިންނަށް ވިސްނައިގެންނެވެ.

އަލަށް އިތުރުކުރި އާ ކޮމިއުނިޓީސް ފީޗާއެއްގެ ސަބަބުން މިހާރު ވަޓްސްއެޕް ގްރޫޕްތައް އެއް ފުރާޅެއްގެ ދަށުން އެއްކޮށްލެވޭނެ އެވެ. މާނައަކީ ޗެޓްކުރުމާއި، މެސެޖް ކުރުމުގައި ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެކަމެވެ. އަދި އެއްފަހަރާ އެތައް ގްރޫޕަކަށް މެސެޖެއް ފޮނުވާލުމަކީ މި ފީޗާގެ އެންމެ ޚާއްޞަ ސިފައެވެ.

މިއަދުން ފެށިގެން ޔޫޒަރުންނަށް ދޫކުރާ މި ޑިޒައިން ހުރިހާ ގްރޫޕްތަކެއްގެ އެންމެންނަށް އެއްފަހަރާ އަޕްޑޭޓް ފޮނުވޭއިރު، އަދިވެސް ވަކިވަކި ގްރޫޕްތަކުގެ ތެރޭގައި ކުދިކުދި މަޝްވަރާތައްވެސް ކުރެވޭނެއެވެ.

މިފީޗާއިން ކޮމިއުނިޓީތަކުގެ އެޑްމިންސް އަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އެއީ ހުރިހާ ސަބްގްރޫޕްތަކެއްގެ މުޅިން އެންމެންނަށް އިއުލާން މެސެޖުތައް އެއްފަހަރާ ފޮނުވޭނެ ގޮތްވުމެވެ.

ވަޓްސްއެޕަށް މި އަޕްޑޭޓް ގެނަޔަސް، މިހާރު ހުރި ޗެޓްތަކާއި ގްރޫޕްތަކުގައި ބޭނުންކުރާ އެންޑް ޓު އެންޑް އެންކްރިޕްޝަން އަދިވެސް އަމަލުކުރާނެ ކަމަށާއި، އެހެންކަމުން އެކަކު އަނެއްކަކަށް ފޮނުވާ މުއްދަތު ހަމަނުވާ މީމްތައްވެސް ބޭރުގެ އެއްވެސް މީހަކަށް ނުފެންނާނެ ކަމަށް ވަޓްސްއެޕްގެ ބެލެނިވެރި މެޓާއިން ބުނެއެވެ.

މެޓާގެ ވެރިޔާ މާކް ޒުކަބާގް ވައުދުވަނީ މި އަޕްޑޭޓުން ހަމައެކަނި "ގްރޫޕްތަކަށްވެސް ވަރަށް ރަނގަޅުވާނެ" ކަމަށެވެ. އަދި މިހާރު ގިނަވެގެން 32 މީހުންނަށް ވީޑިއޯ ކޯލް ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، މެޓާ އިން ބުނާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އިތުރު އަޕްޑޭޓްތަކެއް ނެރުމަށްދަނީ ތައްޔާރު ވަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.